ސުވަރުގެ އެދޭމީހާ ކޮންމެހެން ހިފަހައްޓަންޖެހޭ 4 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސުވަރުގެ އެދޭމީހާ ކޮންމެހެން ހިފަހައްޓަންޖެހޭ 4 ކަމެއް!

ސުވަރުގެ އެދޭކަމަށް ބުނުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. ނަމަވެސް ސުވަރުގެ އެދިގެން ކުރަންޖެހޭ ކަންކަން ކުރުމާއި އެކަންކަމުގައި ދެމިހުރުން މިއޮންނަނީ ގިނަބައަކަށް ކުރަން ވަރަށް އުނދަގޫ ކަމަކަށްވެފައެވެ. 

މިގޮތުން މިފާހަގަކޮށްލަނީ ސުވަރުގެ އެދޭމީހާ އެކަންކަމުގައިސާބިތުވާންޖެހޭ 4 ކަމެކެވެ. 

1- ވީހާގިނައިން އަޅުކަންކުރުން 

ވީހާގިނައިން އަޅުކަންކުރުމަކީ ފަރުޟުތަކާއި ސުންނަތް އަޅުކަން ކުރަމުން ގެންދިއުމެވެ. ޤުރްއާން ކިޔެވުމާއި ޛިކުރުކުރުން ގިނަކުރުމެވެ. އަދި އެކަމެއް ކުރުމުން ޘަވާބު ދެއްވަވާނެ ވީހައި ގިނަ ޢަމަލުތައް ކުރަމުން ގެންދިއުމެވެ. 

2- ތިބާއަށް ނުބައިކޮށް ޢަމަލުކުރާ މީހުންނަށް މާފުކުރުން

3- ރުޅި ކޮންޓްރޯލްކުރުން

4- ޙަރާމްކުރެއްވެވި ހުރިހާ ކަންކަމުން ދުރުހެލިވެހުރުން 

މި ހަތަރު ކަމުގައި ސާބިތުވެހުރެއްޖެ މީހަކަށް ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ 

ވިސްނާލަން ޖެހޭ ކަމަކީ މި 4 ކަމަށް ބަލައިފިނަމަ ގިނަ ބައަކު ފުރަތަމަ ކަންތައް ކުރެއެވެ. ފަރުޟުތަކާއި ސުންނަތް އަޅުކަންކޮށް ޤުރްއާން ކިޔަވައި ޛިކުރުވެސް ކުރެއެވެ. އަދި އެކަމެއް ކުރުމުން ޘަވާބު ދެއްވަވާނެ އަމަލުތައްވެސް ކުރެއެވެ. 

ނަމަވެސް ފަހުން ބަޔާން މިކުރި 3 ކަންތަކުގައި ސާބިތުވެވެނީ މަދު މީހަކަށެވެ. އެމީހަކަށް ނުބައިކޮށް ޢަމަލުކުރާ މީހުންނަށް މާފުކުރުމާއި ރުޅި ކޮންޓްރޯލްކުރުމާއި ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަމުން ދުރުހެލިވެހުރެވެނީ މަދު މީހަކަށެވެ. 

ވީމާ މިއީ ހަމަކޮންމެ މީހަކުވެސް މިއަދު އިތުރަށް ވިސްނާލަންޖެހިފައިވާ ކަންކަމެވެ. 

- ބިލާލް އަސްއަދުގެ ދަރުސަކުން ާ

މިއަދު އޮންލައިން