ހިލޭ މާސްކް ލިބޭ ޕްރޮމޯޝަންއާއެކު މޮލްފިކްސް ނެޕީއަށް ބޮޑުތަނުން ތަރުހީބު އިތުރުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ހިލޭ މާސްކް ލިބޭ ޕްރޮމޯޝަންއާއެކު މޮލްފިކްސް ނެޕީއަށް ބޮޑުތަނުން ތަރުހީބު އިތުރުވެއްޖެ!

ރެޑްވޭވުން ކުރިއަށް ގެންދާ ހިލޭ މާސްކް ލިބޭ މޮލްފިކްސްގެ ޕްރޮމޯޝަނާއެކު، މޮލްފިކްސް ނެޕީއަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ރެޑްވޭވް ކުންފުނިން ބުނެފިއެވެ. ބައްލަވައިގަންނަވާ މޮލްފިކްސްގެ ކޮންމެ ނެޕީ ބޮނޑިއަކާއެކު އެވޮނީ ބްރޭންޑްގެ ޑިސްޕޯސެބަލް 10 މާސްކް ހިމެނޭ ޕެކެއް ލިބިގެންދާ މި ޕްރޮމޯޝަން ރެޑްވޭވްގެ ހުރިހާ ސުޕަރމާކެޓް ފިހާރަތަކެއްގައި މިހާރުވެސް ކުރިއަށް ގެންދެއެވެ.

މޮލްފިކްސް ބްރޭންޑަކީ މަދު ދުވަސްކޮޅެއްގެ ތެރޭ ކަސްޓަމަރުންގެ މެދުގައި މަޤްބޫލުވެގެން ދިޔަ، އޭގައި އެކުލެވިގެންވާ އެލޯވެރާ އަދި ކެމޮމައިލް އެކްސްޓްރެކްޓްސްގެ އިތުރުން "އެނެޓޮމިކް" ފިޓްގެ ސަބަބުން ތުއްތު ދަރިފުޅުގެ ހަންގަނޑަށް އަރާމު އަދި ލީކްވުމުން ދުރު ނެޕީއެކެވެ. އަދި ނެޕީ ތެތްވާ މިންވަރު އަންގައިދޭ އިންޑިކޭޓަރއެއްގެ އޭގައި ހިމެނޭ މި ނެޕީ ފާހަގަވެގެންދަނީ ބާޒާރުގައި ހުރި އެހެން ބްރޭންޑްތަކަށްވުރެ އަގު ހެޔޮ އަދި ކޮލިޓީ އެހާމެ ރަނގަޅު ނެޕީއެއްގެ ގޮތުގައެވެ.

ރެޑްވޭވްގެ އަމާޒަކީ ކޮލިޓީ ރަނގަޅު ތަކެތި އެންމެ ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުންކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ މުދާ އެންމެ ހެޔޮއަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރެޑްވޭވުން މައުލޫމާތުދެއެވެ.

 

މިއަދު އޮންލައިން