ދަރިއަކު ލިބުމުން ކުރަންވީ ދުޢާ އާ ދޭންވީ ޖަވާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ދަރިއަކު ލިބުމުން ކުރަންވީ ދުޢާ އާ ދޭންވީ ޖަވާބު!

މީހަކަށް ދަރިއަކު ލިބުމުން ތަހުނިޔާގެ މެސެޖެއް ފޮނުވާލުމަކުން އަދި ހަދިޔާއެއް ދިނުމަކުން ނުފުދެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި މިހާރު އާދަވެފައި މިވަނީ ދަރިއަކު ލިބިއްޖެ ނަމަ ތަހުނިޔާގެ މެސެޖެއް ފޮނުވައިލުމެވެ. ބައެއް ފަހަރު ހަދިޔާ ވެސް ދެއެވެ. 

ނަމަވެސް އެއީ އަދި އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. ކުރަންވީ ހެޔޮ ދުޢާއެވެ. ދުޢާކޮށްދިން މީހާއަށް ޖަވާބުވެސް ދޭންވާނެއެވެ. ﷲ ތަޢާލާ ނިޢްމަތް ދެއްވެވުމުން ޝުކުރުވެރިވުމާއި ދުޢާ ކުރުމުގެ މުހިންމު އާދައަކީ ދިރުވައި އާލާކުރަން ޖެހިފައިވާ ވަރަށް މުހިންމު ކަމެކެވެ. 

ދަރިޔަކުލިބޭމީހާއަށް ކިޔަންޖެހޭ ތަހުނިޔާ

"باَرَكَ اللهُ لَكَ فِيْ الْمَوْهُوْبِ لَكَ, وَشَكَرْتَ الْوَاهِبَ, وَبَلَغَ أَشُدَّهُ, وَرُزِقْتَ بِرَّهُ"

"ތިބާއަށް ލިބުނު ދަރިފުޅުގެ ކިބައިގައި މާތްﷲ ތިބާއަށް ބަރަކާތްލައްވާށިއެވެ! އަދި ( އެދަރިފުޅު ތިބާއަށް) ދެއްވިފަރާތަށް ތިބާ ޝުކުރުއަދާކުރާހުށިކަމެވެ. އަދި އެކުއްޖާ ޒުވާންއުމުރާ ހަމައަށް ފޯރާހުށިއެވެ! އަދި އެކުއްޖާ ހެޔޮކޮށްހިތުމުގެ ތައުފީޤު ތިބާއަށް ދެވޭހުށިއެވެ!"

ދަރިފުޅު ލިބުނު މީހާ އޭނާއަށް ތަހުނިޔާ ކީ މީހާއަށް ދޭންވީ ޖަވާބު

“باَرَكَ اللهُ لَكَ وَباَرَكَ عَلَيْكَ, وَجَزَاكَ اللهُ خَيْرًا, وَرَزَقَكَ اللهُ مِثْلَهُ, وَأَجْزَާلَ ثَوَابَكَ”

"މާތްﷲ ތިބާއަށް ބަރަކާތްލައްވާށިއެވެ! އަދި ތިބާގެ މައްޗަށް ބަރަކާތްލައްވާށިއެވެ! އަދި މާތްﷲ ތިބާއަށް ހެޔޮޖަޒާދެއްވާށިއެވެ! އަދި މާތްﷲ ތިބާއަށްވެސް އެފަދަ ދަރިއަކު ދެއްވާށިއެވެ! އަދި ތިބާގެ ޘަވާބު ގިނަކޮށްދެއްވާށިއެވެ"!

މަރާޖިޢް:

الأذكار للنّووي

صحيح الأذكار للنّووي  لسليم الهلالي 

- އައްޝައިޙް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން