ޙައްޤު ގޮތުގައި ﷲ ތަޢާލާއަށް ލަދުވެތިވުމަކީ ކޮބައިކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޙައްޤު ގޮތުގައި ﷲ ތަޢާލާއަށް ލަދުވެތިވުމަކީ ކޮބައިކަން އެނގޭހެއްޔެވެ؟

ރަސޫލާ ﷺ ޙަދީޘް ކުރެއްވެވިއެވެ.

ތިޔަބައިމީހުން ޙައްގުގޮތުގައި الله އަށް ލަދުވެތިވާށެވެ. 

ޞަޙާބީން ދެންނެވިއެވެ. 

الله ގެ ރަސޫލާ އެވެ. ހަމަކަށަވަރުން އަޅުގަޑުމެން الله އަށް ލަދުވެތިވަމެވެ. الله އަށް ޙަމްދު ކުރަމެވެ.

ޙަދީޘް ކުރެއްވިއެވެ.

އެޔެއް ނޫނެވެ. އެހެންނަމަވެސް ޙައްގު ގޮތުގައި الله އަށް ލަދުވެތިވުމަކީ ތިބާގެ ބޮލާއި އެޔާއި ގުޅިފައިވާ ގުނަވަންތައް ރައްކާތެރި ކުރުމެވެ. އަދި ބަނޑާއި ބަނޑާއި ގުޅިފައިވާ ގުނަވަންތައް ރައްކާތެރިކުރުމެވެ. އަދި މަރުވެ ގޮސް ފަނާވާނެކަން ހަނދާން ކުރުމެވެ. އާޚިރަތް އެދޭމީހާ ދުނިޔޭގެ ޒީނަތްތެރިކަން ދޫކޮށްލާށެވެ. އެފަދައިން ކަންތައް ކޮށްފިމީހާ ޙައްގު ގޮތުގައި الله އަށް ލަދުވެތި ވެއްޖެއެވެ.

(ބޮލާއި ގުޅިފައިވާ ގުނަވަންތަކަކީ ލޮލާއި ކަންފަތާއި ދުލެވެ. ބަނޑާއި ގުޅިފައިވާ ގުނަވަންތަކަކީ ހިތާއި, ދެއަތާއި ދެފަޔާއި, ފޮރުވިފައިވާ ގުނަވަނެވެ.)

- ޑރ، މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން