ފައިތިލަތައް އެއްތަނެއްގައި ހަރުނުލާ ހެލިގެންދާ ގިޔާމަތްދުވަހުގައި, ފައިތިލަ ޘާބިތުކޮށްދެއްވާނެ ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ފައިތިލަތައް އެއްތަނެއްގައި ހަރުނުލާ ހެލިގެންދާ ގިޔާމަތްދުވަހުގައި, ފައިތިލަ ޘާބިތުކޮށްދެއްވާނެ ޢަމަލު-

ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "މީހެއްގެ ޙާޖަތެއް ފުއްދައިދިނުމަށްޓަކައި ހިނގާފައި ދިއަމީހާ, ފައިތިލަތައް އެއްތަނެއްގައި ހަރުނުލާ ހެލިގެންދާ ގިޔާމަތްދުވަހުގައި, އެފަދަ މީހާގެ ފައިތިލަ ޘާބިތުކޮށްދެއްވާނެއެވެ."

މާތް الله މުދަލުގެ ތަނަވަސްކަން ދެއްވާފައިވާ ފަރާތްތަކުން ފަގީރު މިސްކީނުންގެ މަތިން ހަނދާންކޮށް އޭނާ އަށް ދެއްވަވާފައިވާ މުދަލުން އެބައިމީހުންނަށް އެހީތެރިކަން ފޯރުކޮށްދީ މުދަލުން އަދާކުރަން ޖެހޭ الله ގެ ހައްގު އަދާކުރަން ޖެހެއެވެ. 

އެކަންކުރުމުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް މާމަތިވެރިއެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސްމެއެވެ. ﷲ ތަޢާލާގެ މަގުގައި ހޭދަކުރަން އަނގަވާފައިއެވަނީ ތިބާގެ މުދަލެއް ނޫނެވެ. އެކަލާނގެ ދެއްވެވި ތަކެއްޗެވެ. 

މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން