މުސްލިމުން ފުރަތަމަ އާޝޫރާ ރޯދަ ހިފީ ވާޖިބެއްގެ ގޮތުގަ-!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
މުސްލިމުން ފުރަތަމަ އާޝޫރާ ރޯދަ ހިފީ ވާޖިބެއްގެ ގޮތުގަ-!: ބިލާލް އައްސަދު

އާޝޫރާ ދުވަހުގެ ރޯދަ ނުހިފާ ދޫކޮށްނުލާށެވެ! ގަދަވެ ސަލާމަތުން ހުރި ނަމަ ކޮންމެ ގޮތަކުން ނަމަވެސް އެދުވަހުގެ ރޯދަ ހިފާށެވެ. ސުންނަތް ގޮތަކީ ކުރިއަށް ނުވަތަ ފަހަތަށް ދުވަހެއް އިތުރުކޮށްގެން ހިފުމެވެ.

އާޝޫރާ ދުވަހުގެ ރޯދަ މުސްލިމުން ފުރަތަމަ ހިފީ ވާޖިބު ރޯދައެއްގެ ގޮތުގައެވެ. ވާޖިބުކަން ކެނޑި ސުންނަތަކަށް ބަދަލުވީ ޖެހިގެން އައި އަހަރު ﷲ ތަޢާލާ ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރައްވެވުމުންނެވެ. ވީމާ މުސްލިމުން ފުރަތަމަ އާޝޫރާ ދުވަހުގެ ރޯދަހިފީ ވާޖިބު ރޯދައެއްގެ ގޮތުގައެވެ.

ރަސޫލް (ﷺ) ވަނީ އާޝޫރާ ދުވަސްތަކުގައި ރޯދަ ހިއްޕަވައިފައެވެ. އަދި ރަސޫލް (ﷺ) ރަމަޟާން މަސް ފިޔަވައި އެމެހެއްގައި އެންމެ ގިނައިން ރޯދަ ހިއްޕެވީ މުޙައްރަމް މަހުގައެވެ.

ވީމާ މި މަތިވެރި މައްސަރުގެ ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ހުރިހާ މުސްލިމުންނަށް ނަޞޭޙަތްތެރިވަމެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން