ﷲ އާމެދު ތިމާގެ ހިތުގަ ބިރުވެރިކަން އުފައްދަން ކުރެވިދާނެ ބައެއް ކަންކަން- 1

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 53ސ
ﷲ އާމެދު ތިމާގެ ހިތުގަ ބިރުވެރިކަން އުފައްދަން ކުރެވިދާނެ ބައެއް ކަންކަން- 1

މިހާރު އަޅުކަމުގެ ވާހަކަ ގިނަމީހުން ދައްކާއިރުގައި، މިއީ ޢާއްމު ގޮތެއްގައި ހަމަ މިދައްކަނީ، އަހަރެމެންނަށް އެނގިފަ ވެސް މިއޮންނަނީ ނަމާދު ކުރުމާއި، ޒަކާތް ދިނުމާއި، ރޯދަ ހިފުމާއި، މިބާވަތުގެ ކަންތައްތައް އިނގޭ! އަޅުކަންތައް އެބަހުރޭ އަހަރެމެންނަށް ހަމަ ނޭނގި ހުންނަ ވަރަށް ޘަވާބު ބޮޑު ބޮޑެތި އަޅުކަންތައް އިނގޭ.! 

އޭގެ ތެރެއިން އެއްކަމަކީ އެއީ الله سبْحَانهُ وَتَعالَى އަށް ބިރުގަތުން، ނުވަތަ ބިރުވެތިވުން. ﷲ އަށް ބިރުގަތުން. ކީރިތި ޤުރްއާނުގައި، الله سبْحَانهُ وَتَعالَى  އަންގަވާފަވޭ އަހަރެމެންނަށް، ﷲ އަށް ބިރުވެތި ވުމަށް، އެހެން ފަރާތްތަކަށް ބިރުވެތި ނުވުމަށް. އޭގެ މާނައަކީ ﷲ އަށް އަހަރެމެން ބިރުގަންނަ ވަރަށް އެގޮތަށް އެހެން ފަރާތްދެކެ ބިރު ނުގަތުން އިނގޭ! އެހެންވީމާ، ޢިލްމުވެރިން ބަޔާން ކުރައްވާފަވޭ (މީ) الله سبْحَانهُ وَتَعالَى  އަށްބިރުވެތި ވުމުގެ ގޮތުން އަހަރެމެން ކުރަންޖެހޭ ކަންތައްތައް. ކޮން ކަންތައްތަކެއް ކޮށްގެންތޯ ހިތަށް ބިރުވެރިކަން ވަންނާނީ، އިނގޭ! 

އޭގެ ތެރެއިން ހިމެނޭ ބައެއް ކަންކަމަށް ބަލާލާއިރުގައި އެންމެފުރަތަމަ ކަމަކަށް ބިރުވެތިވާން ބޭނުންވާމީހާ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، الله سبْحَانهُ وَتَعالَى  ދެނެގަތުން، معرفة ކޮށް ދެނެގަތުން، އެއީ ކޮންފަރާތެއްކަން ކިހާ ބާރުގަދަ ފަރާތެއްކަން، ކޮންކަހަލަ ސިފަތަކެއް ލިބިގެންވާ ފަރާތެއްކަން، އެހެންވީމާ ﷲ ދެނެގަނެވޭނެ ގޮތެއް އަހަރެމެންނަށް މިއޮންނަނީ  الله سبْحَانهُ وَتَعالَى އެއިލާހާބެހޭ ގޮތުން އަހަރެމެންނަށް އަންގަވާފައިވާ އެއްޗަކުން އަހަރެމެންނަށް ދެނެގަނެވޭނީ. މިހާރު ޢާއްމު ގޮތެއްގައި ﷲ ދެނެގަންނާނީ الله سبْحَانهُ وَتَعالَى  ގެ ނަންފުޅުތަކާއި، ސިފަފުޅުތަކުން. ނަންފުޅު ތަކާއި، ސިފަފުޅު ތަކުން ﷲ ދެނެގަނެވޭނީ އަހަރެމެންނަށް، އެއީ ކިހާވަރެއްގެ ކިހާ ބާރުގަދަ ކިހާ ކޮންކޮލިޓީތަކެއް ހުރި އިލާހެއް ކަން ދެނެގަނެވޭނީ އިނގޭ! އެއީ ފުރަތަމަ ކަންތައް މާނައަކީ: الله سبْحَانهُ وَتَعالَى معرفة ކޮށް ދެނެގަތުން. އެކަން ކުރެވޭނީ ﷲ ގެ ނަންފުޅުތަކާއި، ސިފަފުޅުތައް، ދަސްކޮށްގެންނޭ އިނގޭ!

ދެވަނަ ކަމަކަށް ކީރިތި ޤުރްއާން ކިޔެވުން ތަދައްބުރާ އެކުގައި. އެއީ  الله سبْحَانهُ وَتَعالَى  ދެނެގަނެވޭނެ الله سبْحَانهُ وَتَعالَى  ގެ ކަލާންފުޅު ވިސްނުމާއި، ފިކުރު ކުރުމާއި، އެކުގައި އޭގެ ތެރެއަށް ވަދެގެން އިނދެގެން ކިޔަވައިގެން. އޭގަ އެބުނާ، އާޔަތުގެ އެބުނާ އެއްޗަކާމެދު ވިސްނާ ފިކުރުކުރަމުން، އޭގެ މުރާދަކީ ކޮބައިތޯ، އޭގެން الله سبْحَانهُ وَتَعالَى  އަހަރެމެންނަށް ދެއްވަން ބޭނުންވެ ވޮޑިގެންވާ މެސެޖަކީ ކޮބައިތޯ؟ ތަދައްބުރާ އެކުގައި ކީރިތި ޤުރްއާން ކިޔެވުމާ، އަނެއްގޮތަށް ހަމަ ކީރިތި ޤުރްއާން ވިސްނާނުލާ ކިޔަވާލުމާ ވަރަށް ބޮޑު ތަފާތެއްވޭ، އުޑާބިމާހާ ދެމެދުގެ ތަފާތެއް، އެއީ ވަރަށް ބޮޑު ތަފާތެއް. މިހާރު ﷲ އާމެދު ބިރުވެތިކަން އުފެދޭގޮތަށް ޤުރްއާން ކިޔެވުމަކީ ޤުރްއާނުގަ އެކިޔަވާ އެއްޗެއްގެ މާނަ އެނގޭގޮތަށް އެއާއި މެދު ވިސްނާ ފިކުރު ކުރަމުން ކިޔެވުން. އެއީ އަޞްލު ބިރުވެތިކަން އުފެދޭ ގޮތަށް ޤުރްއާން ކިޔެވުމަކީ އިނގޭ! 

ތިންވަނަ ކަމަކީ ފާފަ ކުރުމުގެ ބޮޑުކަމާ ބިރުވެރިކަން ހިތްމައްޗަށް ގެނައުން. ފާފަ އަކީ އެއީ. ފާފަ ކުރުމަކީ އެއީ  الله سبْحَانهُ وَتَعالَى  ނުރުއްސަވާ ކަމެއްކަމާ ފާފައިގެ ބޮޑުކަން ހިތްމައްޗަށް ގެނައުން. ފާފައިގެ ބޮޑުކަން ހިތްމައްޗަށް ގެނެވިއްޖެނަމަ ﷲ އާއި މެދު އޭނާބިރުވެތިވާނެ. އެއީ ފާފަތަކަށް الله سبْحَانهُ وَتَعالَى ކަނޑައަޅުއްވާފަ އެހުރި އަދަބުތަކާމެދު ވިސްނާލީމަ އެނގޭނެ، އެފާފަތަކުގެ ބޮޑުކަން. މިސާލަކަށް: ބައެއްފާފަ ކުރާމީހުން ދީނުގަ އެއޮންނަނީ ސީދާ ހަމަ އެމީހުން މަރަން. މާނައަކީ: ދުނިޔެމަތީގައި ބަހައްޓަންވެސް ކަމުދާ ބައެއްނޫނޭ އެއީކީ، އެހާވަރު. މިސާލަކަށް ބަލަމާ ޤިޞާޞް އެ އޮންނަނީ މީހުންމެރުން. މީހުންމަރާ މީހުންނަށް އޮންނަނީ ޤިޞާޞް ހިފުން، އެމީހާ މަރާލުން. ކާވެނީގެ ރަހަލިބި ހުރެ ޒިނޭކުރާމީހާ އަށްވެސް މިއޮންނަނީ ރަޖަމު ކުރުން. ހަމަ މެރުން، އެހެންނު، މާނައަކީ، މިސާލަކަށް މީހަކު ދުނިޔޭގައި ބަހައްޓަން ހެޔޮނުވާވަރު ވާނީ އެއީ ކިހާބޮޑު ފާފައެއްވީމާ، އެހެންވީމާ އެފާފަތަކުގެ ބޮޑުކަން ހިތްމައްޗަށް ގެނައީމަވެސް ﷲ އަށް ބިރުވެތި ވެވޭނެ އަހަރެމެންނަށް. ފާފަތަކުގެ ބޮޑުކަމޭ މިބުނީ ފާފައިގެ ނުބައިކަން އަސްލު، ކިހާގޯސް ކަމެއްކަން ކިހާ ޙަރާމްކަން ބޮޑު ކަމެއްކަން އެއީ އިނގޭ. 

ދެން ހަމަ ﷲ އާމެދު ބިރުވެތިކަން އިތުރުކުރެވޭނެ އެއްގޮތަކީ އަހަރުމެންގެ ނަފްސް ތަކުގެ ދަރަޖަ އަހަރެމެން ބަލާލަންވީ. މާނައަކީ. އިންސާނާ މިއީ ކިހާވަރެއްގެމަޚްލޫޤެއްތޯ؟ މިސާލަކަށް ފުއްޕާފަ، ބޮޑާވެފަ، އުޅެވޭވަރު މަޚްލޫޤެއްތޯ މީ. އެއްވެސް އާރެއް ބާރެއް ހުރި މަޚްލޫޤެއްތޯ މިއީ އަސްލު. އަހަރެމެންގެ އަމިއްލަ ހިއްސުތަކާމެދު ވިސްނާލިޔަސް އަހަރެމެންނަށް ފެންނަނީ އެހިއްސު ތަކުގެ ނުކުޅުދުންތެރިކަން. ބައެއްފަހަރު ބައެއް ދޫނިސޫފާ ސޫތްޕާ، ނަޢަމް ސުޢުފިތައް ނޫނީ ޖަނަވާރު ތަކުގެ ހިއްސުތައްވެސް އިންސާނުންގެ ހިއްސު ތަކަށްވުރެ މާވަރުގަދަވެފަ އެބަހުރޭ އިނގޭ! 

އެކަމަކު ބަސްބުނުމުގަ އާއި، ޖަދަލު ކުރުމުގައާއި، ބޮޑާ ވުމުގައާއި، ކިބުރުވެރި ވުމުގައާއި، އިންކާރު ކުރުމުގައާއި، މިކަންކަމުގައި އިންސާނާ މިއުޅެނީ ޖަނަވާރުތަކަށްވުރެވެސް މާކުރީގަ، މާކުރީގަ. އެހެންވީމަ، މީހާގެ އަމިއްލަ ނަފްސުގެ ދެރަކަމާއި ނިކަމެތިކަމާ، ނަފްސަށް އޭނަގެ އަމިއްލަ ހަށިގަނޑުގެ ކޮންޓްރޯލް ވެސް އޭނަގެ ދަށުގަ ނޯންނަ މީހެއް މީ އިންސާނާއަކީ. އަމިއްލަ ހަށިގަނޑުގެ ކޮންޓްރޯލްވެސް ނޯންނަ މީހެކޭ އިންސާނާއަކީ. އޭނަގެ، މިސާލަކަށް އޭނަ ހަމަ ނު ރުންތެރިވެގެން ހުއްޓާ އޭނަ ބަލި އެބަވޭ. އެކަމާ ނުރުހުންތެރިވެގެން ހުއްޓާ، މިބުނީ ބަލިވާން ބޭނުމެއްނުވޭ އެއްވެސް މީހަކު، އެހެންނު! ކޮރޯނާ ވައިރަސް ޖެހިދާނެތީ ބިރުން މާސްކު އަޅައިގެން، ގައި ދުރުކޮށްގެން އަތް ދޮވެގެން ހުރިހާކަމެއް ކޮށްކޮށް ހުއްޓާވެސް ހަމަ ބަލި އެބަ ޖެހޭ. މާނައަކީ އެވަރުގެ ކަމަކުން ރައްކާތެރިވުމުގެ ބާރެއްވެސް އޭނަގެކިބައިގައި ނެތޭ، އެވަރުގެ ކަމަކުން ރައްކާތެރިވުމުގެ ބާރެއްވެސް. އެހެންވީމަ الله سبْحَانهُ وَتَعالَى އޭނައަށް ދެއްވާފައިއެވާ (މިއީ) ނިޢުމަތްތަކަކީ އެއީ ވަކި ޙުދޫދެއްގެ ތެރޭގައި އޭނައަށް ދެއްވާފައިވާ ނިޢުމަތްތަކެއް. އޭނަގެ ދެރަކަން، ނިކަމެތިކަން އިޙުސާސްވާން އޭނައަށް ޖެހޭވަރަށްހުރީ އޭނަގެ ހުރިހާކަމެއްވެސް. އެއްވެސް ޙާލެއްގައި ހިތަށް ބޮޑާކަމާ ކިބުރުވެރިކަން ވައްދާވަރު ބައެއް ނޫން އިންސާނުންނަކީ.

- މަސްދަރު: ނަޞޭޙަތް

މިއަދު އޮންލައިން