ސުލައިމާންގެފާނުގެ ސިޔަރަތު- 11: ދެޔޯއިންނާ ޕަރީންނަށްވުރެ ބާރުގަދަ ބައަކާ ހަނގުރާމަކުރެއްވެވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 49ސ
ސުލައިމާންގެފާނުގެ ސިޔަރަތު- 11: ދެޔޯއިންނާ ޕަރީންނަށްވުރެ ބާރުގަދަ ބައަކާ ހަނގުރާމަކުރެއްވެވުން-

سُلَيْمَان عَلَيْهِ السَّلام  ޝަހަރު ޞައިދޫނާއި ހަގުރާމަޔަށް ވަޑައިގަތުން

سُلَيْمَان عَلَيْهِ السَّلام ސަމަންދޫން ދެޔޯއާއި، ސުވާލުކުރެއްވިއެވެ. ކަލޭދުށް އެންމެބޮޑު  عجائب ކަމަކީ ކޮބައިހޭ؟

ސަމަންދޫން ދެންނެވިއެވެ.  نبى الله އެވެ.  مغرب ކަނޑުގެ އައްސޭރީގައިވާ ވަރަށް عجائب ޝަހަރެއް އަޅުގަޑު ދުށީމެވެ. އެ ޝަހަރުގެ ވަށައިގެން ހިލައިގެ ނުހަނު ގަދަފަދަ ފާރެއްލައިފައި ވެއެވެ. އެފާރުގެ އުސްމިނަކީ ސަތޭކަ ގަޒެވެ. އަދިއެފާރުގެ އެތެރޭގައި ބާރަ ބުރުޒު ވެއެވެ. އަދި ކޮންމެ ބުރުޒެއްގައި ނައްގާރާ އަކާއި ދިދައެއް ވެއެވެ. އަދި ފާރުގެ އެތެރޭގައި ވަރަށް ތަނަވަސް ބޮޑު ميدان އެއް ވެއެވެ. އެ ميدان ގައި ވަރަށް ރީތި ފުރިހަމަ عمارات އެއްވެއެވެ. އެތަން ހަދާފައިވަނީ މަރުމަރު ހިލައިންނެވެ. އަދި އެ عمارات އާއި ގުޅިގެން އުސް މުންނާރެއް ވެއެވެ. އެމުންނާރުގެ މަތީގައި ހިލައިން ހަދާފައިވާ ދެސިންގާ އާއި އަދިފުރިހަމަ އިންސާނެއްގެ ސިފާގައި ރަނުން ހަދާފައިވާ ބުދެއް ވެއެވެ. އަދި މިނޫންވެސް ގިނަ ޢަދަދެއްގެ ބުދު އެމުންނާރުގެ މަތީގައި ވެއެވެ. މިތަކެތި ފެނުމުން އަޅުގަނޑުގެ ހިތް ޝައްކު ވެއްޖެއެވެ. 

ދެން އަޅުގަނޑު އެދިމާޔަކަށް ހިގައިގެންފީމެވެ. ތަންކޮޅަކަށް ހިގާލިތަނާ ވަރަށް ބޮޑު ގަނޑުވަރެއް ކުރިމަތިން ފެންނަން ފަށައިފި އެވެ. އަޅުގަޑު އެތަނަށް ގޮސް خبر ބަލައިލައިފީމެވެ. އޭރު އެއްފުރާ ވަރެއްގެ ވަރަށްރީތި ކަނީޒުންތަކެއް އެގަނޑުވަރުގެ ތެރޭގައިވާ ގޮނޑިތަކެއްގައި އިށީދެގެންތިއްބެވެ. އެކަނީޒުންގެ މެދުގައި ބަހައްޓާފައި ހުރި تختއެއް ގައި ސާދަވިލޭރޭގެ ހަނދުފަދަ ފުރިހަމަ ރަސްދަރިކަނބަލަކު އިންނެވިއެވެ. އަދި އެކަމަނާގެ އަރިހުގައި ބަހައްޓާފައިވާ تخت އެއްގައި ޕަރީއެއްފަދަ އަންހެން ބޭފުޅަކުވެސް އިންނެވިއެވެ. 

ދެގަޑި އެއްހާއިރުގެ ފަހުން މިދެންނެވި ރީތި ފުރިހަމަ ޝަހެޒާދީ تختން ތެދުވެ ވަޑައިގެން އެއްފަރާތަކަށް ވަޑައި ގަންނަވައިފި އެވެ. ދެން މިކަނީޒުން އެކުއްޖެއްގެ ކޮޓަރިއަކަށް އެކުއްޖަކު ދިއުމަށްޓަކައި ހިނގައިގެންފިއެވެ. އެހިނދު އަޅުގަޑު އެތަނުން ކަނީޒަކާއި سؤال ކޮށްލައިފީމެވެ. މިޝަހަރުގެ ނަމަކީ ކޮބައިހޭ؟ އަދި تخت ގައި ދެންމެ އެތިއްބެވީ ކޮންދެބޭފުޅުންނެއްހޭ؟ އެބުދު ތަކާއި މުންނާރާއި މުންނާރުގެ މަތީގައިވާ ދެސިންގާ އާއި އަދި އިންސާނީ ސޫރާގައިވާ ރަނުގެ ބުދާއި  މިތަކެއްޗަކީ ކޮން ބޭނުމަކަށްޓަކައި ހަދާފައިވާ އެއްޗެއްހޭ؟ 

އަޅުގަނޑު މި سؤال ކުރުމުން އެކަނީޒު ބުންޏެވެ. ކަލެއަކީ ކާކުހޭ؟ ކަލެއަކީ މި ޝަހަރުގެ އަހުލުވެރިއެއްނޫންހޭ؟ އަޅުގަނޑު  جواب ދިނީމެވެ. އަހަރެންނަކީ މި ޝަހަރާއި ވަރަށް ދުރުގައި ދިރިއުޅޭ މީހެކެވެ. މިޝަހަރުގެ އަހުލުވެރިއެއް ނޫނީމެވެ. އަޅުގަނޑު މިހެންބުނީމާ އޭނާބުންޏެވެ. މިޝަހަރު ނޫން އެހެންތަނެއް އޮންނަކަމެއް އަހަރެން ނުދަންނަމެވެ. މިހެންބުނެފައި އެކަނީޒު ބުންޏެވެ. މި ޝަހަރުގެ ނަމަކީ  صيدون އެވެ. އެ تخت ގައި ތިއްބެވި ދެބޭފުޅުންގެ ތެރެއިން ރަސްދަރިކަނބަލަކީ އަހަރެމެންގެ ރަސްގެފާނުގެ ދަރިކަނބަލުންނެވެ. އެކަމަނާ ފިޔަވައި ދެން އެއިންނެވީ ރަސްގެފާނުގެ އަނބިކަބަލުންނެވެ. އަދި މިރަށް  طُلَسم އެއްގެ ގޮތަށް ތައްޔާރު ކޮށްފައިވަނީ މިބޭނުމަށް ޓަކައެވެ. 

މަގުފޭރޭ މީހުންނާއި ދުޝްމަނުން މިޝަހަރަށް ކުރިމަތިލައިގެން އަންނަނީވިއްޔާ ޝަހަރާއި ވަކިހިސާބަކަށް ކައިރިވުމާއެކު އެބުދުތަކާއި نقارة ތަކުން އަޑުތައް އިވެންފަށައެވެ. 

ދެން ޝަހަރާއި ދިމާޔަށް ދުޝްމަނުންގެ ބަޔަކު ކުރިމަތިލައިގެން އަންނަނީކަން މިޝަހަރުގެ ރަސްގެފާނަށް އެނގިވަޑައިގެންފާނެ އެވެ. ދެން މިޝަހަރުގެ ހަނގުރާމަވެރިން ފޮނުވައިގެން އެބަޔަކު ނުވަތަ އެމީހަކު قتل ކޮށްލައެވެ. މުންނާރުގެ މަތީގައިވާ ރަނުގެ ބުދަކީ އަހަރެމެންނަށް އެކިއެކި دعوتދޭ داعىއެވެ. އަޅުކަމުގެ ވަގުތުޖެހުމާއިއެކު އެބުދު އެކަން އެންގުމަށްޓަކައި ގޮވާ ހަޅޭލާހަދައެވެ. ދެން އަހަރެމެން އެންމެން އެކުގައި ރަސްގެފާނުގެ އަރިހަށްގޮސް އެރަސްގެފާނަށް ސަޖިދަ ކުރަމެވެ. އެދެސިންގާ އަކީ އިންސާފުކުރާ  حاكم ންނެވެ. އަނިޔާކުރާ މީހާއާއި، އަނިޔާ ލިބުނު މީހާ އާއި، ދެމީހުންގެ މަސްއަލާ ބައްލަވާ ރަސްގެފާނު تحقيق ކުރެއްވުމަށްފަހު އެދެމީހުން ފޮނުވަނީ އެދެ ސިންގާގެ ގާތަށެވެ. ދެން އެދެމީހުންގެ ތެރެއިން حقނޫން ގޮތުގައި ހުރިމީހާގެ މަސްގަނޑު އެދެސިންގާ ފަޅާ ކުދިކުދި ކޮށްލައެވެ. މިހެންވެ މިޝަހަރުގެ އަހުލުވެރިންނަކަށް ބޭނުންހާ ގޮތަކަށް އުޅޭކަށެއް ނުކެރެއެވެ. ދެން ކަނީޒު މިދެއްކި ވާހަކަތަކާއި އަދި އަޅުގަނޑަށް މިފެނުނު ކަންތައްތަކުން ނުހަނުބޮޑަށް  حيران ވާންޖެހުނެވެ. 

ޝަހަރު صيدون ގެ  حقيقي حادثة ފެށުނީއްސުރެ ނިޔަލަށް سُلَيْمَان عَلَيْهِ السَّلام ގެ އަރިހުގައި سمندون ދެންނެވުމަށްފަހު سليمان ގެފާނު އެކަލޭގެފާނުގެ ލަޝްކަރަށް ވިދާޅުވި އެވެ. ޝަހަރު صيدون އާއި ހަނގުރާމައަށް ދާން ބޭނުމެވެ. އެވަގުތު ދެޔޯއިންނާއި ޕަރީން އަދި އިންސާނުން އެކަލޭގެފާނުގެ އަމުރުފުޅަށް އައިސް جمع ވެއްޖެއެވެ. އެއަށްފަހު ވަޔަށް حكم ކުރެއްވުމާއި އެކު ނުހަނު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކަލޭގެފާނުގެ  تخت صيدان އާއި ހަމަޔަށް ފޯރުކޮށްފިއެވެ. 

سليمان ގެފާނުގެ تخت ދުރުދުރުން ފެންނަ ފެނުމާއި އެކު އެމުންނާރާއި ބުރުޖު ތަކުން ގޮވައި إعلان ކުރަން ފަށައިފި އެވެ. އެހިނދު  صيدون ގެ أهل ވެރިންނަށް އެބައިމީހުންނާއި ދުޝްމަންބަޔަކު އަންނަނީ ކަން އެނގިއްޖެ އެވެ. ދެން އެޝަހަރުގެ ހަނގުރާމަވެރިން ހަތިޔާރުތައް ތައްޔާރުކޮށްގެން ހަނގުރާމަ ކުރުމަށްޓަކައި ޝަހަރުގެ ބޭރަށް  ނުކުމެއްޖެ އެވެ. 

އެމީހުންނަށް ޖައްވުގެ ތެރެއިން ފެންނަނީ ބޮޑު تخت އެއް (ލަޝްކަރަކައިގެން) ވައިގެތެރޭގައި ދަތުރުކުރަމުން އަންނަތަނެވެ. މިތަން ފެނުމުން ޝަހަރުގެ އަހުލުވެރިން އެކަކު އަނެކަކަށް ބުނަން ފެށިއެވެ. 

އަހަރެމެން މިއަދާއި ހަމަޔަށް ދުވަހަކުވެސް ވައިގެ ތެރޭގައި ދަތުރު ކުރައްވާ ރަސްކަލަކު ނުދެކެމެވެ. އަދި އެފަދަ ރަސްކަލެއްގެ ވާހަކަވެސް އަހަރެމެންނަށް އިވިފައެއް ނުވެއެވެ. މިވާނީ ވަރަށް މާތް  عزّت ތެރި ރަސްކަލަކަށެވެ. 

ދެޝަހަރުގެ އެންމެން ހަނގުރާމައިގެ ميدان އަށް جمع ވެއްޖެއެވެ. އެވަގުތު سُلَيْمَان عَلَيْهِ السَّلام ދެޔޯއިންނަށް ވިދާޅުވިއެވެ. كافرންނާއި ހަނގުރާމަކުރުމަށް އެންމެފުރަތަމަ ތިޔަބައިމީހުން ميدان އަށް ނުކުންނާށެވެ. ދެން ހުރިހާ ދެޔޯއިން އެޝަހަރުގެ މީހުންނާއި ހަނގުރާމަކުރަން ފަށައިފިއެވެ. ކުޑަ ހިނދުކޮޅަކު ހަނގުރާމަ ހިނގުމަށްފަހު  صيدون ގެ އަހުލުވެރިންނަށް ދެޔޯއިންގެ ކިބައިން فتح ލިބެމުން އަންނަން ފަށައިފިއެވެ. 

سليمان ގެފާނަށް މިތަން ފެނިވަޑައިގެންނެވުމުން ޕަރީންނަށް حكم  ކުރެއްވި އެވެ. ދެން ތިޔަބައިމީހުން ميدان އަށް ނުކުންނާށެވެ. މިމީހުންވެސް ޝަހަރުގެ އަހުލުވެރިންގެ އަތުން ބަލިވާން ފަށައިފި އެވެ. އޭގެ ފަހުގައި އިންސާނުންނަށް حكم ކުރެއްވިއެވެ. އެހިނދު އިންސާނުންނާއި ޕަރީންނާއި އަދި ދެޔޯއިން ގުޅިގެން ޝަހަރުގެ އަހުލުވެރިންނާއި  حملة  ދީ އެމީހުން ބަލިކޮށްލައިފި އެވެ. 

ޝަހަރުގެ އަހުލުވެރިން ބަލިވުމާއިއެކު އެމީހުންގެ ރަސްގެފާނު عنكبود سليمان ގެ ފާނުގެ ކުރިފުޅު މައްޗަށް ހަނގުރާމައަށް ނުކުމެއްޖެއެވެ. އެހިނދު  سليمان ގެފާނު ވަޔަށް  حكم  ކުރެއްވުމާއި އެކު ރަސްގެފާނުގެ ލޯފުޅު ވެލިން ފުރާލައިފި އެވެ. އަދި އެމުޑުދާރު ރަސްގެފާނު ލޯފުޅު އަނދިރި ވެއްޖެއެވެ. އެވަގުތު ސިންގާ އައިސް އެރަސްގެފާނުގެ އިސްތަށިފުޅު ކަނދުރާއާއި ވަކިކޮށްލައިފި އެވެ. ބައެއް މީހުން ބުނަނީ ގޮށްފުޅަނގީގެ ބައިގަނޑެއް އައިސް ރަސްގެފާނުގެ ދެލޯފުޅު މުޅިން ކައި ހުސްކޮށްލީ ކަމުގައެވެ. ކޮންމެއަކަސް އެރަސްގެފާނު جهنّم އަށް واصل ވެއްޖެއެވެ. ދެން ބާކީތިބި އެރަސްގެފާނުގެ ލަޝްކަރުގެ މީސްތަކުން قتل ކޮށް އެމީހުންގެ ހަށިތައް ކޯރަށް އަޅާލެއްވީއެވެ. 

عنكبودގެ ދަރިކަނބަލުންނަކީ ވަރަށް ފުރިހަމަ ބޭފުޅެކެވެ. އެކަމަނާއާއި އެކަމަނާގެ ކަނީޒުން سليمان ގެ ފާނުގެ އަރިހުގައި ގެންދެވިއެވެ. صيدون ން ފުރާވަޑައިގެންނެވީ މުޅި ޝަހަރު ވީރާނާ ކޮށްލެއްވުމަށް ފަހުއެވެ. 

 

--އަދި ނުނިމޭ

މިއަދު އޮންލައިން