ކަދުރުން ލިބޭ ފައިދާތައް އެނގޭ މިންވަރަކުން ގިނަ މައުލުމާތުތައް މިދަނީ ލިބެމުންނެވެ. އެގޮތުން މިހައިތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލާއިރު ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުމުން އެންމެ ގިނަ ބައަކު ސަލާމަތްކޮށްދިނުމުގައި ކަދުރު ވަނީ ދުނިޔޭގެ ރެކޯޑް ހޯދައިފައެވެ. މީގެ އިތުރުން ލޭމައްޗަށް ދިއުން ކޮންޓްރޯލްކުރަން އެހީތެރިވެއެވެ. ކޮލޮސްޓްރޯލް މަދުކުރަންވެސްމެއެވެ.
މާބަނޑު އަންހެނުން، ޚާއްޞަކޮށް ލޭމަދު އަންހެނުންނަށާއި ކުޑަކުދިންނަށް ބޭސްސިޓީގައި ބޭސް ލިޔާ އުޞޫލުން މިއަދު ޑޮކްޓަރުންނަށް ކަދުރު ލިޔަން ވަނީ މަޖުބޫރުވެފައެވެ. އެހައިވެސް ކަދުރުގެ ފައިދާ ބޮޑުކަމުންނެވެ. ކަދުރުން ލިބޭ ފައިދާގެ ތެރޭގައި ނާރުތަކުގެ ބާރުގަދަވުންވެސް ހިމެނެއެވެ.
ޑރ. ހެންރީ އޭނާގެ ބޮޑުބޭބެއަށް ފޮނުވި މެސެޖެއްގައި ލިޔެފައި އޮތެވެ. "ބޮޑުބޭބޭއެވެ. މާގިނަވައްތަރުގެ ބުއިންތައް ނުބުއިނަމަވެސް ހެނދުނު ހުސްބަނޑާހުރެ ބޭބެއަށް ފަސޭހަވަރަކަށް ކަދުރު ކައިބަލާށެވެ! ބަނޑުގެ މައްސަލަތަކާ ލޭގެ އްސަލަތައް ހަލުކޮށް ދިނުމުގެ އިތުރުން ބަނޑާއި އެހެން ތަންތަނުގައި ޖަހާފައިވާ ސަރުބީތައް ވިރުވައިދޭނެއެވެ."
ޑރ. ހެންރީ ވީމަ ރަސޫލާ ގެ ޙަދީޘްފުޅާއި ސުންނަތުގެ ވާހަކަ ދައްކަން ލަދުގަންނާނެއެވެ. އެ ޙަދީޘްފުޅުތަކުގެ އަޑު ޑރ. ހެންރީއަށް އަހަރެމެން އިއްވަމާ ހިނގާށެވެ!
- އުސްތާޛް މުޙައްމަދު އަޙްމަދު ސަލީމް