ﷲ އާމެދު ތިމާގެ ހިތުގަ ބިރުވެރިކަން އުފައްދަން ކުރެވިދާނެ ބައެއް ކަންކަން- 2

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 47ސ
ﷲ އާމެދު ތިމާގެ ހިތުގަ ބިރުވެރިކަން އުފައްދަން ކުރެވިދާނެ ބައެއް ކަންކަން- 2

ދެން ހަމަ އެގޮތަށް ބިރުވެތިކަމުގެ ވާހަކަ ދައްކާއިރު الله ތަޢާލާއާމެދު ބިރު ހިތަށް ވެއްދޭނެގޮތެއް އެއީ، މި ބިރުވެތިވުމުގެ މާތްކަމާ މަތިވެރިކަމާ، މިކަމުގެ ސަވާބާ ދަރުމައާ، ﷲ އަށް ބިރުވެތިވީ ބައެއް މީހުން އެމީހުންގެ ޢަމަލުތައް ބެހެއްޓިގޮތުގެ ވާހަކަ އަހަރުމެން ކީމަ. މިސާލަކަށް އަހަރުމެން އަޑުއަހާނެ ޔޫސުފް ޢަލައިހިއްސަލާމަށް ކުރިމަތިވި އިމްތިޙާނުގައި، އެކަލޭގެފާނު الله سبْحَانهُ وَتَعالَى އަށް ބިރުވެތި ވުމުގެ ސަބަބުން އެ އިމްތިޙާނުން އެކަލޭގެފާނު ސަލާމަތްކުރެއްވި ވާހަކަ، އެހެންނު! ފާހިޝު ޢަމަލެއް ކުރަން ދަޢުވަތު ދިނީމަ، ޔޫސުފް ޢަލައިހިއްސަލާމް ﷲ އަށް ބިރުވެތިވީ. ބިރުވެތިވީމަ الله سبْحَانهُ وَتَعالَى އެ ޢަމަލުން އެކަލޭގެފާނު ސަލާމަތްކުރެއްވީ. އެހެންވީމަ (މީ) ބިރުވެތި ވުމަކީ މީ އޭގެ އާޚިރު ނަތީޖާ ވަރަށް ފޮނި، ވަރަށް ސަވާބުބޮޑު، ވަރަށް ދަރުމަބޮޑު އަޅުކަމެއް މީ، الله سبْحَانهُ وَتَعالَى އަށް ބިރުވެތިވުމަކީ.

ދެންހަމަ މިގޮތަށް، ބިރުވެތިކަން ހިތަށް ވަންނާނެކަމެއް މީ، الله سبْحَانهُ وَتَعالَى އެބައެއް ހިތްޕަވާފައިވާ، ނުވަތަ އެބަޔަކަށް ޢަޛާބު ފޮނުއްވި ޤައުމުތަކުގެ ވާހަކަ ކިޔާލީމަވެސް ހިތަށް ބިރުވެރިކަން ވަންނާނެ. މިސާލަކަށް ކުރީގަ ހަލާކުކުރެއްވި ޤައުމުތަކުގެ ވާހަކަ. އެމީހުންނަށް ﷲ ތަޢާލާ ފޮނުއްވި ކޯފާގެ ވާހަކަ. އެހެންވީމަ ލޫޠުގެ ފާނުގެ ޤައުމަށް الله سبْحَانهُ وَتَعالَى އެ ފޮނުއްވި ޢަޛާބުގެ ވާހަކަ ކިޔައިފި މީހަކު ލާހިކެއްނޫން އޭނަ ދެވަނަ ފަހަރަށް، އެ ފާފައިގެ ތެރެއަށް އޭނަ ގެނބޭކަށް. އެ ޢަޛާބުގެ ބޮޑުކަމާ، އެމީހުންނަށް ވެގެންދިޔަ ގޮތާ، އެ ރަށަށް ވެގެންދިޔަ ގޮތާ އެއްޗެހި އޭނަގެ ހިތަށް ވަދެއްޖެއްޔާ ދެން އޭނަ އެފަދަ ފާފައަކާ ކައިރިވެސް ނުވާނެ. 

އެހެންވީމަ الله سبْحَانهُ وَتَعالَى ޤުރުއާނުގައި އެވާހަކަތައް ބަޔާންކުރައްވާފަވެސް މިވަނީ އަސްލު ޢިބުރަތަކަށް! ޢިބުރަތަކަށް. އެއްވެސް ޙާލެއްގައި ކިޔާލާ ސްޓޯރީތަކެއްގެ ގޮތުގާ ބަހައްޓައިގެން (މީ) އެންޓަޓެއިންމަންޓަށް ނޫނީ މުނިފޫހި ފިލުވާލަން ކިޔާލާ ސްޓޯރީތަކެއް ނޫން އެއީކީ. އެއީ ޢިބުރަތުން ފުރިގެންވާ ވާހަކަތަކެއް. އެ ވާހަކަތަކުގެ ބޭނުމަކީ، ﷲ ތަޢާލާ އެވާހަކަތައް ޤުރުއާނުގައި ބަޔާންކުރައްވާފައި އެވަނީ، އަހަރުމެން ބިރުގެންނެވުމަށް، އަހަރުމެން ބިރުގެންނެވުމަށް!

އަދި ހަމަ އެހެންމެ ބިރުވެތިކަން ހިތަށް ވަންނާނެ ގޮތެއް މި ޤިޔާމަތުގެ ވާހަކަތަކަކީ. ޤިޔާމަތްދުވަހު ކަންތައްތައް ވާނެ ގޮތާ ހިސާބު ބައްލަވާ ހިނދު ކަންތައްތައް ވާނެ ގޮތާ ޤިޔާމަތް ދުވަހުގެ موقف އެދުވަހުގެ ބިރުވެރިކަން، އެދުވަހު މީސްތަކުން އުޅޭނެ ޙާލު، ކީރިތި ޤުރުއާނުގަވެސް، އަދި ނަބިއްޔާ ﷺ ގެ ޙަދީޘް ފުޅުތަކުގަވެސް އައިސްފަވޭ އަހަރުމެންނަށް އެދުވަހުގެ ބިރުވެރިކަމުގެ ވާހަކަ. އެހެންވީމަ ޤިޔާމަތްދުވަހުގެ ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ބަޔާން ކުރައްވާފަ އެވަނީ އެދުވަހުގެ ބިރުވެރި ކަމުން ކިރުމައިމީހާ އޭނަ ކިރުދޭން އޮންނަ ދަރިފުޅުވެސް ދޫކޮށްލާފަ ފިލާނެ ދުވަސް އެއީ. މާބަނޑުމީހާ ބިރުން އޭނަގެ ދަރިފުޅު ބައިގެންދާނެ ނުވަތަ ދަރިފުޅު އޭނަގެ ރަޙިމުން ބޭރުވާނެ ދުވަސް އެއީ. އެދުވަހުގެ ބިރުވެރިކަމުގެ ވާހަކަ ނަބިއްޔާ ﷺ ދެންނެވީމާ ޢައިޝާގެފާނު ކުރެއްވި ސުވާލަކުން އަހަރުމެންނަށް އިނގޭ ބިރުވެރިކަން ހުންނާނެވަރު، އެދުވަހުގައި މީހުން ފޭރާމެއްނެތި ތިބޭއިރުވެސް އެދުވަހުގެ ބިރުވެރިކަމުން އެއްބަޔަކު އަނެއްބަޔަކަށް ނުބަލާނެއޭ، ބިރުވެރިކަމުން، އެއީ ބިރުވެރިކަން ހުންނާނެ ވަރު. މާނައަކީ އިންސާނާގެ ޠޮބީޢަތުގަ ހުންނަ ކަންކަންވެސް، އިންސާނާ ކުރާހިތްވާ ކަންކަންވެސް، އެދުވަހުގަ އޭނައަކަށް އެއްވެސް ފުރުޞަތެއް އޭގެން ކަމަކަށް ނޯންނާނޭ އޭނަގެއަމިއްލަ ނަފްސަށް އެވާ ބިރުވެތިކަން ފިޔަވާ. އެކަމާމެދު އޭނަ ކަންބޮޑުވެގެން އުޅޭނީ، އިނގޭ!

ދެންހަމަ އެގޮތަށް ހިތް ބިރުވެތި ކުރެވޭނެގޮތެއް އެއީ، ދަރުސްތަކާ ވަޢުޛުތަކާ ނަސޭޙަތްތަކާ، އެއްކަލަ ހިތަށް ސޮފްޓުކަން ނުވަތަ ހިތަށް (މީ) ހިތް މަޑުމޮޅިކޮށް މަޑުމައިތިރި ކުރާ ކަހަލަ ވާހަކަތަކާ ދަރުސްތަކާ (މީ) ވަޢުޛު ނަސޭޙަތްތައް އަޑުއެހުމަކީ، އިނގޭ! މީއީ ޢާއްމު ގޮތެއްގައި الله سبْحَانهُ وَتَعالَى އާ މެދު މީހާގެ ހިތުގައި ބިރުވެތިކަން އުފެދޭނެ ކަންކަމަކީ. އެހެންވީމަ މީގެތެރެއިންވެސް އެއްމެ ބޮޑު ކަމަކީ الله سبْحَانهُ وَتَعالَى އާމެދު ނުވަތަ الله سبْحَانهُ وَتَعالَى  އޭނާ މަޢުރިފާކޮށް ދެނެގަތުން. ﷲ އެއީ ކޮން އިލާހެއްކަމާ ﷲ ގެ ނަންފުޅުތަކާ ސިފަފުޅުތަކާ (ނަންފުޅުތަކާ ސިފަފުޅުތަކާ). އެހެންވީމަ ﷲ އެނގުން ބޮޑުވިވަރަކަށް މީހެއްގެ ބިރުވެތިކަން ބޮޑުވާނެ. ﷲ އާ މެދު އޭނަ ޖާހިލުވެފަ ވީވަރަކަށް ނުވަތަ ﷲ އާމެދު އޭނައަށް ޢިލްމެއް ލިބިގެން ނުވީވަރަކަށް ނުވަތަ ﷲ އާމެދު ލިބިގެންވާ ޢިލްމު މަދުވިވަރަކަށް އޭނަގެ ބިރުވެތިކަން މަދުވާނެ. 

ބިރުވެތިކަން އިތުރުކޮށްދޭ އެއްޗަކީ ޢިލްމު. (ބިރުވެތިކަން އިތުރުކޮށްދޭއެއްޗަކީ ޢިލްމު) އެހެންވީމަ ﷲ ތަޢާލާ ޤުރުއާނުގަވެސް ވަޙީކުރައްވަނީ "إنَّمَا يَخْشَ اللهَ مِنْ عِبَادِهِ الْعُلَماءُ " الله سبْحَانهُ وَتَعالَى ގެ އަޅުތަކުންކުރެ ﷲ އަށް އެއްމެބޮޑަށް ބިރުވެތިވާކަން ކަށަވަރުވީ ޢިލްމުގެ އަހުލުވެރިންނެވެ. އޭގެ މާނައަކީ ޢިލްމު އެނގޭ މީހުންނެވެ. (ޢިލްމު އެނގޭ މީހުންނެވެ). އެހެންވީމަ މި ބިރުވެތިކަން އުފައްދަންޏާ އަހަރުމެން ޖެހޭ މި ޢިލްމު އުނގެނެން، ﷲ އާ ބެހޭ ޢިލްމު، الله سبْحَانهُ وَتَعالَى  ނަންފުޅުތައް، الله سبْحَانهُ وَتَعالَى ގެ ސިފަފުޅުތައް، އޭރުން ހިތަށް ބިރުވެރިކަން ވަންނާނެ. 

މަސްދަރު: ނަޞޭޙަތް

މިއަދު އޮންލައިން