ކައިވެނި ރޫޅިއްޖެނަމަ ހިތާމަނުކުރާށެވެ! ޙައްޤުގަ ސާބިތުވުމުން އެކަންވާނީ އުފާވެރިކަމަށް ހުޅުވުނު ދޮރަކަށެވެ.!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ކައިވެނި ރޫޅިއްޖެނަމަ ހިތާމަނުކުރާށެވެ! ޙައްޤުގަ ސާބިތުވުމުން އެކަންވާނީ އުފާވެރިކަމަށް ހުޅުވުނު ދޮރަކަށެވެ.!

ކައިވެނިކުރަނީ މާމުއި ހަނދުގެ ދުވަސްތައް ފާއިތުވުމުން ކައިވެނި ރޫޅާލާކަށް ނޫނެވެ. ކައިވެނިކުރަންވާނީ ޢުމުރުދުވަހަށް އެކުގައި އުޅުމަށެވެ. އެހެންކަމުން ޒަވާޖީ ޙަޔާތުގައި މައްސަލައެއް ކުރިމަތިވެއްޖެނަމަ އެކަން ޙައްލުކޮށް އެކުގައި ދިރިއުޅެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. 

އެގޮތަށް މަސައްކަތްކުރަނިކޮށްވެސް ކައިވެނި ރޫޅިއްޖެނަމަ މާޔޫސްނުވާށެވެ. މި ބަސްކޮޅުން ޢިބްރަތް ޙާޞިލުކުރާށެވެ. 

"ގެއްލިގެން ގޮސްފައިވާ އެއްޗަކާއިމެދު (އަތުގައި އޮތް އެއްޗެއް ގެއްލިދިއުމުން) ހިތާމަ ނުކުރާށެވެ. އެއެއްޗެއް ނުގެއްލި އަތުގައި އޮތްނަމަ ހިތާމަކުރަންޖެހޭ މިންވަރު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. މިންވަރު ކުރެއްވި ގޮތަކާއި މެދު ރުހި ގަބޫލުވުމަކީ ޙަޔާތް ބާއްޖެވެރި ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަންތަކެވެ." 

ޔަޤީންކުރާށެވެ! ޙައްޤުމަގުގައި ތިމާ ހުއްޓައި ބައިވެރިޔާ ތިބާ ދޫކޮށްލައިފިނަމަ އޭނާއަށްވުރެ މާރަނގަޅު ބައިވެރިއަކު ﷲ ތަޢާލާ ދެއްވަވާނެތެވެ. އަދި އެ ބައިވެރިޔާ އެ ގެއްލުނީ މާރަނގަޅު ބައިވެރިއަކު ދެއްވެވުމަށެވެ. އަންހެނަކަށްނަމަ ފިރިއަކާއި ކައިވެނިކޮށްގެން ހުއްޓައި އޭނާއަށް ރަނގަޅު ފިރިއަކު ނުހޯދޭނެއެވެ. ވީމާ ކައިވެނި ރޫޅުން ވާނީ މާރަނގަލު ފިރިއަކު ލިބުމަށް ހުޅުވުނު ދޮރަށެވެ. 

ނަމަވެސް ވިސްނާށެވެ! ރަނގަޅު ފިރިއަކަށް އެދޭނަމަ ކައިވެނި ރޫޅުމަސްފަހު ޝައިޠޯނާގެ މަގު ޚިޔާރުނުކުރާށެވެ! ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތަކުގައި ސާބިތުވާށެވެ. ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން