މިއަހަރުގެ އާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. މިހިނގާ އޮގަސްޓްމަހުން މަހުން އެއީ 18 ވަނަ ދުވަހެވެ. ވީމާ އޮތީ މިމަހުގެ 18 ވަނަ ދުވަހާއި 17 ވަނަ ދުވަހު ނުވަތަ 18 ވަނަ ދުވަހާއި 19 ވަނަ ދުވަހު ރޯދަ ހިފުމެވެ.
19 ވަނީ ބުރާސްފަތި ދުވަހެވެ. ބުރާސްފަތި ދުވަހަކީވެސް ސުންނަތް ރޯދަ ހިފުން އޮތް ދުވަހެކެވެ. ރަމަޟާން މަހުގެ ހިފާ ފަރުޟު ރޯދަ ފިޔަވައި އެންމެ އިތުރުކަންބޮޑުވެގެންވަނީ މުޙައްރަމް މަހު ހިފާ ރާދަކަން ޙަދީޘްފުޅުން އެނގެން އެބަ އޮތެވެ. ވީމާ މިމަހުގެ 17، 18، އަދި 19 މި 3 ދުވަހު ވެސް ރޯދަ ހިފަން މަސައްކަތްކުރަމާތޯއެވެ!
ޢާޝޫރާ ދުވަހާއި އަދި ވިދިގެން އެއްދުވަހު ރޯދަ ހިފުމުގެ ފައިދާ:
"އާޝޫރާ ދުވަހާއިއެކު އެއިގެ ކުރީ ދުވަސް ނުވަތަ ފަހު ދުވަހު ރޯދަ ހިފަން މަސައްކަތް ކުރައްވާށެވެ. އެއިރުން ފާއިތުވި އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެ ކަމަށް ރަސޫލް (ﷺ)ވަނީ ޙަދިޘްފުޅު ކުރައްވަވައިފައެވެ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް