ސައުތު އެފްރިކާގެ މަޝްހޫރު ބްރޭންޑްތަކުން ރެޑްވޭވްގެ ރެކުތައް މާބޮޑަށް ފުރިހަމަކޮށްލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ސައުތު އެފްރިކާގެ މަޝްހޫރު ބްރޭންޑްތަކުން ރެޑްވޭވްގެ ރެކުތައް މާބޮޑަށް ފުރިހަމަކޮށްލައިފި!

މުދަލުގެ ފެންވަރާ މުދަލުގެ އަގުތަކުން ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ރާއްޖޭގެ އެންމެ ބޮޑު ސުޕަރމާކެޓް "ރެޑްވޭވް" އިން އަނެއްކާވެސް މުޅިން އާ ބްރޭންޑްތަކެއް ތަޢާރަފްކޮށް ފިހާރަތަކުގައި ވިއްކަން ފަށައިފިއެވެ.

އެގޮތުން މިފަހަރު ތައާރަފްކޮށްފައިވަނީ ސައުތު އެފްރިކާގެ ވަރަށް ހާއްސަ، ރާއްޖޭގެ ކަސްޓަމަރުން ބޭނުންވާނެ ފަދަ ބްރޭންޑުތަކެކެވެ. އެމަރުކާތަކުގެ ތަފާތު ލުއި ކާނާއާއި، ޑެއިރީ އަދި ސޯސްގެ ބާވަތްތަކުން ރެޑްވޭވްގެ ރެކުތައް ފަޅުފިލާފައިވާއިރު، ފާހަގަކޮށްލެވެނީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައްވެސް މިފަހަރު ތައާރަފްކޮށްފައިވާކަމެވެ.

އެގޮތުން ދުނިޔޭގައި ނަންހިނގާ ޑޮރީޓޯސް، ލޭސް އަދި ސައުތުއެފްރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އޯމާ ރަސްކު ފަދަ ބްރޭންޑްތަކުގެ އެކި ކަހަލަ ލުއިކާނާގެ އިތުރުން، "އެނަރގޭޑް" ސްޕޯރޓްސް ޑްރިންކްވެސް މިހާރު ރެޑްވޭވުން ލިބެން އެބަހުއްޓެވެ.

މީގެ އިތުރުންވެސް ޔަމްޔަމް ޕީނަޓް ބަޓަރ، ފަސްޓް ޗޮއިސްގެ ޑެއިރީގެ ބާވަތްތަކާއި، މަނޯލީސް މަންޗީސްގެ އެކި ކަހަލަ ނަޓްސް އަދި ޑްރައިޑް ފްރުޓްސްވެސް ލިބެން އެބަހުއްޓެވެ. އަދި މީގެ އިތުރުންވެސް ސްކޫލްކުދިންގެ އިންޓަރވަލް އަށް ބޭނުންވާނެފަދަ، ބުއިންތަކާއި، ޔޯގަޓް އަދި ފްލޭވާރޑް މިލްކް ވެސް މިހާރު ލިބެން އެބަހުއްޓެވެ.

ރެޑްވޭވް އިން ބުނަނީ އެކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮލިޓީ ރަނގަޅު މޮޅު ބްރޭންޑްތަކެއް ރާއްޖޭގެ މާރކެޓަށް ހެޔޮއަގެއްގައި ތައާރަފްކުރުން ކަމަށެވެ. އަދި ވީހާވެސް ގިނަ ކަސްޓަމަރުން ސައުތު އެފްރިކާ މިބްރޭންޑް ތަކުގެ އަޖުމަ ބައްލަވައިލެއްވުމަށް އެދޭ ކަމަށެވެ.

 

މިއަދު އޮންލައިން