އާޝޫރާ ދުވަހުގެ އިތުރަށް މުޙައްރަމް މަހުގެ ކޮންމެ ދުވަހަކުވެސް ރޯދަހިފަންވީ!: ޝައިޚް ޝަފީޢު ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އާޝޫރާ ދުވަހުގެ އިތުރަށް މުޙައްރަމް މަހުގެ ކޮންމެ ދުވަހަކުވެސް ރޯދަހިފަންވީ!: ޝައިޚް ޝަފީޢު ޢަބްދުﷲ

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ ﷺَ : [أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ ؛ شَهْرُ اللَّهِ الْمُحَرَّمُ ، وَأَفْضَلُ الصَّلَاةِ بَعْدَ الْفَرِيضَةِ ؛ صَلَاةُ اللَّيْلِ]. رواه مسلم

މިއީ އަބޫހުރައިރާ (ރޢ) ރިވާ ކުރައްވަވާފައިވާ ޙަދީޘްއެކެވެ. މިހަދީޘްފުޅުގައި އެވަނީ ރަމަޟާން މަސް ފިޔަވައި ރޯދަ ހިފުން އެންމެ މާތް މަހަކީ މުޙައްރަމް މަސް ކަމަށެވެ. އަދި ފަރުޟު ނަމާދުތައް ނަގާފައި އެންމެ ފައިދާހުރި ނަމާދަކީ ރޭއަޅުކަމުގެ ގޮތުން ކުރާ ނަމާދެވެ.

މިޙަދީޘުން ލިބޭ ފައިދާއަކީ މުޙައްރަމް މަހުގަ މިހިފާ ރޯދައަކީ، ކޮންމެ ދުވަހަކު ރޯދަ ހިފިނަމަވެސް، އެމީހަކަށް ހިފޭވަރަކުން ހިފަމުން ދިއަ ނަމަވެސް އެއީ މުޞްތަޙައްބުވެގެންވާ ކަމެއް ކަމެވެ. އަދި މިފަދަ ދުވަސްތަކާ މައްސަރުތަކުގެ ބޭނުން މުސްލިމުން ހިފުމަކީ އެއީ އެމީހާގެ ދުނިޔަވީ ގޮތުންނާއި އުޚުރަވީ ގޮތުންވެސް އެމީހަކަށް ފައިދާކުރާނެ ކަމެއް ކަމެވެ.

--ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން