ސުލައިމާންގެފާނުގެ ސިޔަރަތު 12: ޢިޝްޤުގެ އަވާގަ ޖެހިވަޑައިގަތުމާ ގަނޑުވަރުކޮޅުގަ ބުދަށް އަޅުކަންކުރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 40ސ
ސުލައިމާންގެފާނުގެ ސިޔަރަތު 12: ޢިޝްޤުގެ އަވާގަ ޖެހިވަޑައިގަތުމާ ގަނޑުވަރުކޮޅުގަ ބުދަށް އަޅުކަންކުރުން

ހިތާމައާއި مصيبة ގައި سُلَيْمَان عَلَيْهِ السَّلام  ހައްޔަރުވެ ވަޑައިގަތުން

سُلَيْمَان عَلَيْهِ السَّلام  ޝަހަރު صيدون އިން ފުރާވަޑައިގެން ދަތުރުފުޅު ކުރެއްވުމުގެ ތެރޭގައި عنكبود ގެ ދަރިކަނބަލުންނަށް ވިދާޅުވިއެވެ. "ކަމަނާ إيمان ވެ  إسلام دين އަށްވެދެވަޑައި ގަންނަވާށެވެ. 

އެކަމަނާ ދެންނެވިއެވެ. سليمانގެ ފާނެވެ! އަޅުގަނޑާއި އަޅުގަނޑުގެ ބައްޕައާއި ބައްދަލުކޮށް ދެއްވާށެވެ. އޭރުން އަޅުގަނޑު  إسلام ވެދާނަމެވެ. حضرت سليمان عليه السلام ވިދާޅުވި އެވެ. ކަމަނާގެ ބައްޕަ  قتل ކޮށްލައިފީމެވެ. ދެން ކަމަނާއާއި ބައްދަލު ކުރާނީ ކިހިނަކުންތޯ އެވެ. 

އެންމެފަހުން އެކަމަނާ މާބޮޑަށް އެކަމަށް އެދިވަޑައިގެން ޝަކުވާ ކުރައްވަން ފެއްޓެވީމާ އެކަމަނާގެ ބައްޕަގެ އިސްތަށިފުޅު ގެންނަވާ އެކަމަނާ އަށް ދައްކަވައިފި އެވެ. އެވަގުތު އެކަމަނާ ހޭފުޅު ނެތިއްޖެއެވެ. ދެން ކުޑައިރުކޮޅަކަށްފަހު ހޭފުޅު އަރާއިގެން ކީރިތި ކުރައްވަން ފައްޓަވައިފި އެވެ. 

سليمان ގެފާނު އެކަމަނާއަށް ވިސްނައި ދެއްވުމުން އެންމެފަހުން އެކަމަނާ إسلام ވުމުގެ شرف حاصل ކުރައްވައިފި އެވެ. ދެން سليمان ގެފާނު އެކަމަނާ އާއި ކައިވެނިފުޅު ބައްލަވައިގަތެވެ.

އެއްދުވަހަކު  إبليس لعين އިންސާނެއްގެ ސިފާގައި އެކަމަނާ އާއި ބައްދަލުކޮށް ދަންނަވައިފިއެވެ. އޭ! ރީތި شهزادى އެވެ. ކަމަނާގެ ބައްޕާފުޅުގެ ސިފާގައި ބުދެއް ހައްދަވައިގެން އެއަށް އަޅުކަން ނުކުރައްވައި ތިޔަހުންނަވަނީ ކީއްވެގެން ތޯއެވެ؟ އޭރުން ކަމަނާގެ ބައްޕާފުޅުގެ حيات ގައި ކަމަނާދެކެ އުފާފުޅުވާ ފަދައިން ކަމަނާގެ ބައްޕާފުޅުގެ روح ކަމަނާޔާއި ދޭތެރޭ އުފާފުޅު ކުރައްވާނެއެވެ. އެކަމަކު خبردار އެވެ. މިވާހަކަ އެއްގޮތަކަށް ވެސް سليمانގެ ފާނަށް ދަންނަވައިގެން ނުވާނެއެވެ. އަދި މިކަން ވާނީ ސިއްރު ކުރައްވާށެވެ. 

ދެން އެކަމަނާޔަށް شيطان އުނގަންނައިދިން ގޮތުގެމަތިން އެކަމަނާގެ ބައްޕާފުޅުގެ ސިފާއިގައި ބުދެއް ހައްދަވައިގެން ގަނޑުވަރު ތެރޭގައި ސިއްރުން އެޔަށް އަޅުކަން ކުރައްވަން ފައްޓަވައިފި އެވެ. އަދި މިކަމުން އެކަމަނާގެ ހިތްޕުޅު ހަމަޖައްސަވަމުން ގެންދަވައެވެ. އަދި މިގޮތުގައި ސާޅީސް ދުވަސް ވޭތުވެ ހިނގައްޖެއެވެ. އަދި އެހެން رواية އެއްގައި މިގޮތަށްވެސް بيان ކުރައްވާފައި ވެއެވެ. سُلَيْمَان عَلَيْهِ السَّلام އެކަމަނާޔަށް ވިދާޅުވި އެވެ. އެކަމަނާ إيمان ވެ إسلام دين قبول ކުރައްވާށެވެ. އޭރުން އަހަރެން ކަމަނާ އާއި ކައިވެނި ކުރާނަމެވެ. އެކަމަނާ جواب ގައި ދެންނެވިއެވެ. 

އަޅުގަނޑު شرط އެއްގެ މަތިން إسلام ވެދާނަމެވެ. އަދި ކަލޭގެފާނުގެ ކައިވެނިފުޅުވެސް قبول ކޮށްފާނަމެވެ. އެ شرط އަކީ އަޅުގަނޑުގެ ބައްޕަގެ ސޫރަ ހަދައި އަޅުގަނޑުގެ ގާތުގައި ބެހެއްޓުމެވެ. 

އެتصويرއަށް އަޅުކަން ކުރުމުން އަޅުގަނޑުގެ ހިތަށް އުފާވެރިކަން ލިބި ހިތުގައިވާ ހިތާމަ ފިލައިގެން ހިނގައިދާނެއެވެ. މިހެންވެ މިކަމަށް އަމުރު ފުޅު ދެއްވުމެވެ. 

ފަހެ އެޒަމާނުގައި تصوير ކުރެހުމާއި ބުދު ހެދުމަކީ شرعى ގޮތުން منع ކުރައްވާފައިވާ ކަމެއްނޫނެވެ. މިހެންވެ. سليمان ގެފާނު އެކަމަނާ އަށް ހުއްދަ ދެއްވީ އެކަމަނާގެ ބައްޕާފުޅުގެ تصوير އެއް ކުރެހުމަށެވެ. އެއަށް އަޅުކަން ކުރައްވާ ކަށެއްނޫނެވެ. ދެން އެކަމަނާ ބައްޕާފުޅުގެ ސިފާގައި ބުދެއް ހައްދަވައިގެން ވަރަށް ސިއްރު ގޮތެއްގައި އެއަށް އަޅުކަން ކުރައްވަން ފައްޓަވައިފިއެވެ. 

މިކަމުގެ ސަބަބުން سليمان ގެފާނު އެތައް ދުވަސްތަކެއް ވަންދެން مصيبة ގައިއުޅުއްވަން ޖެހިވަޑައިގެންނެވިކަމަށް ބުނެވެއެވެ. އަދި އެކަލޭގެފާނަށް ދެއްވާފައިވާ ބޮޑު ވެރިކަމުން عزل ކުރެއްވި އެވެ. އަދި އެހެން ރިވާޔަތެއްގައި ވެއެވެ. عنكبودގެ ދަރިކަނބަލުން سليمان ގެފާނަށް ދެންނެވިއެވެ. މިއަދަކީ قربانى عيد ދުވަހެވެ. ކޮންމެވެސް އެއްޗެއް ވާނީ قربان ކުރައްވަން ނޫންތޯއެވެ. قربان ކުރުމަށް އަޅުގަނޑަށް ގޮއްފުޅަތްގެއް ހޯއްދަވައި ދެއްވާށެވެ. ގޮއްފުޅަނގި قربان ކުރުމުގައި ثواب އެކުލެވިގެން ވެއެވެ. سليمان ގެފާނު ވިދާޅުވިއެވެ. ގޮއްފުޅަތްގަކު މަހެއް ނުހުންނާނެ އެވެ. އެކަތިލުމުގައި އޮތީ ކޮން ފައިދާ އެއްތޯއެވެ. جمل قربان ކުރައްވާށެވެ. ثواب ހުރީ އެފަދަ އެއްޗެއް ކަތިލުމުންނެވެ. 

އެކަމަނާ ދެންނެވިއެވެ. އަޅުގަނޑު ކަތިލާނީ ގޮއްފުޅަތްގެކެވެ. އެކަމަނާ ގޮއްފުޅަނގި قربان ކުރެއްވުމުގެ ބޭނުންފުޅަކީ سليمان ގެފާނު شهر صيدون އަށް ވަޑައިގެން އެކަމަނާގެ ބައްޕާފުޅާއި ހަނގުރާމަކުރެއްވި ވަގުތު ގޮއްފުޅަނގި ވަނީ އެކަމަނާގެ ބައްޕާފުޅުގެ ލޯފުޅު ކާލައިފަ އެވެ. އެހެންވެ އެކަމުގެ حسدވެރިކަން އެކަމަނާގެ ހިތްޕުޅުގައި އޮވެއެވެ. އަދި އެކަމުގެ ބަދަލު ހިތްޕެވުމަށް ވެސް އެކަމަނާ ވަނީ قصد ކުރައްވާފަ އެވެ. 

سليمان ގެފާނު މިކަން ހަނދުމަފުޅެއް ނެތެވެ. އެހެންވެ އެއްވެސް خيال އެއްނެތި ވިދާޅުވި އެވެ. އެންމެ ރަނގަޅެވެ. ގޮއްފުޅަނގި ހޯއްދަވައިގެން قربان ކުރައްވާށެވެ. ދެން އެކަމަނާ ގޮއްފުޅަތްގެއް ހޯއްދަވައިގެން حسد ވެރި ގޮތެއްގައި قربان ކުރައްވައިފި އެވެ. މިއީ އެކަމަނާ ކުރެއްވި ދެވަނަ ކުށެވެ. ފުރަތަމަ ކުށަކީ އެކަމަނާގެ ބައްޕާފުޅުގެ ސިފައިގައި ބުދު ހައްދަވައިގެން އެއަށް އަޅުކަން ކުރެއްވުމެވެ. މިކަމުގެ ސަބަބުން سليمان ގެފާނު އެތައްދުވަސް ތަކެއް ވަންދެން مصيبة ގައީ އުޅުއްވަން ޖެހިވަޑައިގެންނެވި ކަމަށް ބައެއް علم ވެރިން ބުނުއްވައެވެ.

- އަދި ނުނިމޭ

މިއަދު އޮންލައިން