ޤިޔާމަތް ދުވަހު މީސތްކުންގެ މައްޗަށް ޝަފާޢަތްތެރިވެވަޑައިގަންންވާނެ ހަމައެކަނި ރަސޫލް ބޭކަލަކީ އަހުރެމެންގެ ލޮބިވެތި ނަބިއްޔާ މުޙައްމަދު (صلّى الله عليه وسلّم) އެވެ. މާތް الله ގެ إذن ފުޅު ލިބިވަޑައިގަތުމުން آخرة ދުވަހު ކީރިތި ރަސޫލާ (صلّى الله عليه وسلّم) شفاعة ތެރިވެ ވަޑައިގެން ދެއްވާނެއެވެ.
މާތް الله ރުއްސުންލެއްވި أبوهريرة ގެ ފާނު ދެންނެވިއެވެ. قيامة ދުވަހު ކަލޭގެފާނުގެ شفاعة ގެ ސަބަބުން އެންމެ ބައްޖަވެރިވާނީ ކާކުތޯއެވެ؟
އެ ހިނދު ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ މިފަދައިންނެވެ.
مَنْ قَالَ لاَإِلَهَ إلاَّ الله خَالِصًا مِنْ قَلْبِهِ أَوْ نَفْسِهِ – البخارى –
މާނައީ: "އެއީ ހިތުގެ އަޑިން ނުވަތަ ނަފްސުން إخلاص ތެރި ކަމާއެކު لاَإِلَهَ إلاَّ الله ކީ މީހާއެވެ."
ވީމާ ޝަފާޢަތަކީ އިޚްލާޞްތެރިންނަށް ލިބޭނެ އެއްޗެކެވެ. އެކަލާނގެ އިޛްނަފުޅާލައިގެން ނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން