މިއީ ފަޤީރުންގެ ދަރަނިތައް މާފުކޮށް ދީލަތިކަން އެންމެ ބޮޑަށް އިތުރުކޮށް އެހީތެރިވާންވީ ވަގުތު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މިއީ ފަޤީރުންގެ ދަރަނިތައް މާފުކޮށް ދީލަތިކަން އެންމެ ބޮޑަށް އިތުރުކޮށް އެހީތެރިވާންވީ ވަގުތު!: މުފްތީ މެންކް

މިވަގުތު ފެންނަނީ ވަރަށް އުފާވެރި ވަގުތުކޮޅެއްގެ ގޮތުގައެވެ. ގިނަ ޤައުމުތަކެއްގައި ކޮވިޑުގެ ނުރައްކައުތެރިޙާލަތުން ވަނީ އަރައިގަނެވިފައެވެ. އާމްދަނީ ހޯދަން މަސައްކަތްތައް ވަނީ ފެށިފައެވެ. ކޮވިޑުގެ ނުރައްކައުތެރި ޙާލަތުގައި ކުރިމަތިވި މާލީ ދަތިތަކުން އަރައިގަތުމަށް ދަނީ މަސައްކަތްކުރެވެމުންނެވެ. 

ވިސްނައިލާށެވެ! ގިނަ ބައަކު އަދިވެސް ތިބީ ވަރަށް ބޮޑަށް ދަރަނިވެރިވެފައެވެ. ލޮކްޑައުންގެ ޙާލަތުގައި ނުދެއްކުނު ކުލިތަކާއި ބިލްތައް އަދިވެސް ހުރީއެވެ. ދިރިއުޅުމަށް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރާނެ ފައިސާ އަދިވެސް އުޅެނީ ނުލިބިގެންނެވެ. ވީއިރު ވެފައިވާ ދަރަނިތައް އަދާކުރާނީ ވެސް ކިހިނަކުން ހެއްޔެވެ؟ 

އެންމެންވެސް ފައިސާ ބޭނުންވާނެއެވެ. މުއްސަނދިންވެސް ފައިސާ ބޭނުންވާނެއެވެ. ފައިސާ ބޭނުން ނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ! ސަރުކާރުތަކުންވެސް ފައިސާ ބޭނުންވާނެއެވެ. ނަމަވެސް މިވަގުތު އެންމެންވެސް ކޮށްދޭންވީ ކަމަކީ ދަރަނިވެރިންނަށް ލުއިދިނުމެވެ. ކިރިޔާވެސް ކޮށްދެވެން އޮތްނަމަ ދަރަނިން ބައެއް ނަމަވެސް މާފުކުރާށެވެ! ފަޤީރުންނަށް ިންދެމިލެވޭނީ އެއިރުންނެވެ. 

ދަތިހާލުގައިވާ މީހެއްގެ ދަތިކަން ފިލުވައިދީފިނަމަ އެމީހަކަށް ދިމާވާ ދަތިކަން ﷲ ތަޢާލާ ފިލުއްވަވައި ދެއްވަވާނެތެވެ. ދަތިޙާލުގައިވާ މީހެއްގެ ޙާޖަތް ދުނިޔޭގައި ފުއްދައިދިން މީހަކަށް ޤިޔާމަތް ދުވަހު އެމީހާގެ ޙާޖަތެއް ފުއްދަވައި ދެއްވަވާނެކަމަށް އޮތް ބަސްފުޅަށް ވިސްނައި އެފުރުޞަތު ލިބިގަންނަން މަސައްކަތްކުރާށެވެ. ދުނިޔޭގައި ލިބެން އޮތް 1 މިލިއަން ޑޮލަރަށްވުރެ އެކަމުގެ ފައިދާ މާބޮޑުވާނެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން