ހަމައެކަނި ރަމަޟާން މަހުގެ ރޯދަ ހިފުމަކުން ނުފުދެއެވެ!: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ހަމައެކަނި ރަމަޟާން މަހުގެ ރޯދަ ހިފުމަކުން ނުފުދެއެވެ!: ޝައިޚް ޢަލީ ހައްމުދާ

ރޯދަ ހިފަން ފަރުވާކުޑަނުކުރާށެވެ! ވީހައި ގިނައިން ރޯދަހިފާށެވެ! ރަމަޟާން މަހުގެ ރޯދަ ހިފި މީހުންނަށް މަރުޙަބާ ކިޔަމެވެ. ނަމަވެސް އެވަރަކުން އަދި ނުފުދެއެވެ. ސުންނަތް ރޯދަތައް ހިފުން ގިނަކުރާށެވެ! ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފުމާއި މަހުގެ 13،14،15 ތިން ދުވަހު ރޯދަ ހިފުން އާދަކުރާށެވެ! ސުންނަތް ރޯދަ ހިފުން ގަދަވެގެންވާ ދުވަސްތަކުގައި ރޯދަ ހިފާށެވެ! 

ސުންނަތް ރޯދަ ހިފުމަށްބަލާއިއރު މުޙައްރަމް މަހުގެ ދުވަސްތަކަކީ ޚާއްޞަ ދުވަސްތަކެކެވެ. އާޝޫރާ ދެ ރޯދައަކީ ހަމަ ކޮންމެހެން ހިފުން މުހިންމު ދެ ރޯދައެވެ. އާޝުރާ ދެ ރޯދަ ކަމަށް މިބުނީ އާޝޫރާ ދުވަހާއި އެއިގެ ކުރިއަށް ނުވަތަ ފަހަތަށް އެއް ރޯދަ ލައިގެންނެވެ. 

ޤިޔާމަތް ދުވަހު ތިބާއަށް ޝަފާޢަތްތެރިވާނީ ކީރިތި ޤްރުއާނާއި ރޯދައެވެ! އެމީހަކު ހިފާ ރޯދައެވެ. ޤިޔާމަތް ދުވަހުގެ ދަރުބާރުގައި ރޯދަ ތިމާއަށްޓަކައި ޝަފާއަތްތެރިވާނެއެވެ. ވަކާލާތުކުރާނެއެވެ. އެމީހާ ސުވަރުގެ ވައްދަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސްދަންނަވާނެތެވެ! 

އަމްރް ބުނުލްޢާޞްގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "ރޯދަ ﷲ ގެ ޙަޟްރަތުގައި ދަންނަވާނެތެވެ. އޭނާއަކީ ނުކައި ނުބޮއި ރޯދައަށް ހުރި މީހެކެވެ. ވީމާ އޭނާގެ ފަރާތުން ވާހަކަ ދެންނެވުމުގެ ހުއްދަ ދެއްވެވުން އެދެމެވެ. އަދި އެކަމަށް ﷲ ތަޢާލާ އިޒުނަ ދެއްވަވާނެތެވެ."  

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން