އެކަމެއް ކުރުމުން ތިމާއަށް އެންމެ ފައިދާކުރާނެ ކަންތައް-!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އެކަމެއް ކުރުމުން ތިމާއަށް އެންމެ ފައިދާކުރާނެ ކަންތައް-!: މުފްތީ މެންކް

ތިމާގެ ސަބަބުން އެންމެ މީހަކު އިސްލާމްވީނަމަވެސް އެއީ ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ އަގުހުރި ކަމެކެވެ. ފައިދާކުރާނެ ކަމެކެވެ. އަދި އެކަމަށް މަސައްކަތްކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ކުރެވެން އޮތް ކަމެކެވެ. 

ކޮންމެ މީހަކީ ޢިލްމުވެރިން ފަދައިން ދިނުގެ ވާހަކަދައްކަމުން ޤައުމުތަކަށް ދަތުރުކުރާ މީހަކަށްވާކަށް ނުޖެހެއެވެ. ދީނީ ދަރުސް ދޭ މީހަކަށްވެސް ވާކަށް ނުޖެހެއެވެ. އަދި އެއީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއްވެސް ނޫނެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް މުސްލިމެއްގެ ސިފައިގައި ހުރެވިދާނެއެވެ. އިސްލާމް ދީނުގައިވާ ރިވެތި އަޚްލާޤްގެ މަތީގައި ދިރިއުޅޭ މީހަކަށް ވެވިދާނެއެވެ. އިސްލާމް ދީނުގައިވާ ފަދައިން މީސްތަކުންނާއި މުޢާމަލާތުކުރާ މީހަކަށްވެވިދާނެއެވެ! ބުނާ ބަހުގައި އިތުބާރު ބަހައްޓާ މީހަކަށް ވެވިދާނެއެވެ. 

ތިމާގެ ކިބައިން މިބަޔާންކުރި ސިފަތައް ފެންނަނަމަ އެކަން ބަލައިގަނެ ތިބާފަދަ މީހަކަށްވުމަށްޓަކައި އިސްލާމްވާނެ މީހުން ތިބޭނެއެވެ. އަދި މުސްލިމް އެކުވެރިންގެ ތެރެއިން މީހަކު ތިބާގެ ފުށުން ފެންނަ ކަމެއްގެ ސަބަބުން އޭނާގެ އުޅުން އިޞްލާޙްކުރި ނަމަވެސް އެއީ ތިބާއަށް ކޮނަފްދަ ބޮޑު ރަހްމަތެއް ހެއްޔެވެ؟ 

އަދި ކީއްހެއްޔެވެ؟ ތިބާގެ ޢަމަލުތައް މިބަޔާންކުރި މަގުން މީސްތަކުންނަށް ދެއްކުމުން މީހަކު ބަލައި ނުގަތްނަމަވެސް އެއީ މައްސަލައެއް ނޫނެވެ. ކަންބޮޑުވާންޖެހޭ ކަމެއްވެސް ނޫނެވެ. ތިބާގެ ވާޖިބު އެއޮތީ އަދާކުރެވިފައެވެ. އެކަމަށް ދެއްވަވާނެ ރަޙްމަތް ދެއްވަވާނެތެވެ. ވީމާ މިދިން ނަޞޭހަތުގައި ހިފެހެއްޓުމަށް ނަޞޭޙަތްތެރިވަމެވެ.

މިއަށްވުރެ ފައިދާ ހުރިކަމެއް ކޮބައިހެއްޔެވެ؟ ކޮށްލަން އޮތް ކަމަކީ ތިމާގެ ސިފަ އާއި އަޚްލާޤުން ފުރިހަަމ މުސްލިމެއްކަން މީސްތަކުންނަށް ސާބިތުކޮށްދިނުމެވެ. އެއިރުން އެއޮތީ އެ މަތިވެރި ޢަމަލުކުރެވިފައެވެ! ﷲ ތަޢާލާގެ ދީނަށް ނަޞްރުދީ ކުރިއަރުވަން މަސައްކަތްކުރާ މީހަކަށްވެވިފައެވެ!

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން