މިއީ ދަރިން މިސްކިތަށް ގެންދަން ގަދައަޅައި މަސައްކަތްކުރަން ފަށަންޖެހޭ ވަގުތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
މިއީ ދަރިން މިސްކިތަށް ގެންދަން ގަދައަޅައި މަސައްކަތްކުރަން ފަށަންޖެހޭ ވަގުތެއް!

ކޮވިޑުގެ ސަބަބުން މަޖުބޫރުވެގެން ނަމަވެސް މިސްކިތްތަކާއި ދަރިން ދުރުހެލި ކުރެވުނުތާ ދޮޅު އަހަރުވީއެވެ. މިސްކިތްތައް މިހާރު މިވަނީ ހުޅުވާލެވިފައެވެ. ދަރިންގެ ހިތްތަކުގައި މިސްކިތްތަކަށް ލޯބި ޖެއްސުވުމުގެ މަސައްކަތް މިވަނީ އަލުން އައު ހިތްވަރަކާއިއެކު ފަށަންޖެހިފައެވެ.

ބައެއް މިސްކިތްތަކުން ވަރަށް އުފާވެރި މަންޒަރުތައްވެސް ފެނެއެވެ. ދަރިން ގޮވައިގެން ބައްޕައިން ނަމާދަށް ގޮސް ކުދިން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްކުރާތަން ފެނެއެވެ. މިއީ ވަރަށް އުފާވެރި މަންޒަރެކެވެ. ދަރިންގެ ހިތްތަކުގައި ދީނުގެ ކަންކަމަށް ލޯބި ޖެއްސުވާނީ މިސްކިތްތަކަށް ގެންދެވުނުވަރަކުންނެވެ. ނަމާދުކުރަން އަހުލުވެރިކުރުވުނު ވަރަކުންނެވެ.

ތިރީގައި އެވަނީ އިސްލާމީ މްރުކަޒުގެ ކުރީގެ އިމާމް ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެފައިވާ ބަސްފުޅެކެވެ.

ބިންމަތީގައި، ﷲ އެންމެ ލޯބިވެވެވޮޑިގަންނަވާ އެންމެ އަމާންތަނަކީ މިސްކިތްތަކެވެ. އެއީ އެކަލާނގެއަށް އަޅުކަންކޮށް، ދީނީ ދަރުސްތައްދެވި، އަޑުއަހައި، އިންސާނާގެ ނަފުސު ޠާހިރުކުރާ ތަނަކަށްވާތީއެވެ.

އަދި ބިންމަތީގައި އެކަލާނގެ އެންމެ ނުރުއްސަވާތަނަކީ ބާޒާރެވެ. އެއީ، މަކަރުހެދުމާއި، އޮޅުވާލުމާއި، ދޮގު ވާހަކަދެއްކުން ފަދަ ނަހީކުރައްވާފައިވާ ކަންތައް ކުރެވޭ ތަނަކަށްވާތީއެވެ.

ވީމާ، މިސްކިތުގެ ދައުރު އިތުރަށްފުޅާކޮށް، ދަރިންގެ ހިތްތަކުގައި މިސްކިތުގެ ލޯބި ޖައްސައި، މިސްކިތުގެ އަހުލުވެރިންނަށްވަމާ ހިނގާށެވެ!

 

މިއަދު އޮންލައިން