މިހަފްތާގެ ބުދަ ދުވަހަކީ މިއަހަރުގެ އާޝޫރާ ދުވަހެވެ. އަންގާރަ ދުވަހުން ފެށިގެން އާޝޫރާ ރޯދަ ހިފަން ފަށަންވީއެވެ. އަންގާރަ ދުވަހަކީ އާޝޭރާ ދުވަހުގެ ކުރިއަށް އޮތް ދުވަހެވެ. ވީމާ އަންގާރަ ދުވަހާއި ބުދަ ދުވަހު ނުވަތަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފައިމީހަކަށް އެކަމުގެ ފައިދާ ލިބޭނެއެވެ. އިން ޝާ ﷲ!
ޤަޟާކުރަން ޖެހިފައިވާ ރޯދައެއް ނަމަވެސް ހިފާށެވެ! ދެ ފައިދާ އެކުގައި ލިބިގަންނާށެވެ! ފާއިތުވި އަހަރުގެ ފާފަތައް ފުއްސަވައި ދެއްވެވުމަކީ ކުޑަކަމެއް ކަމަށް ނުދެކޭށެވެ! މިފަދަ ފުރުޞަތުތަކަކީ މަދުން ލިބޭ ފުރުޞަތުތަކެކެވެ. ވީމާ ފުރުޞަތުގެ ބޭނުން ހިފާށެވެ.
މީގެ ކުރިން ވެސް ވާނީ ހަމަ މިމޭރުމުން ނަޞޭޙަތްތެރިވެފައެވެ. ދީނުގެ ކަންކަންކަމުގައި އޮތީ ގިނަގިނައިން ހަނދާންކޮށްދިނުމެވެ. އެހެންކަމުން އެންމެ ފަހު ވަގުތުވެސް ހަނދާންކޮށްދިނީއެވެ. --ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް