އިތުބާރުކުރެވޭ ސެލޫންތަކުން ނޫނީ ޚިދުމަތް ނުހޯދާށެވެ! އިސްތަށްޓަށް ސަމާލުވާންޖެހެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އިތުބާރުކުރެވޭ ސެލޫންތަކުން ނޫނީ ޚިދުމަތް ނުހޯދާށެވެ! އިސްތަށްޓަށް ސަމާލުވާންޖެހެއެވެ!

އިތުބާރުކުރެވޭ ސެލޫންތަކުން ނޫނީ ޚިދުމަތް ނުހޯދާށެވެ! އިސްތަށްޓަކީ ސިހުރުހަދަން ސިހުރުވެރިން ބޭނުންކުރާ އެއްޗެކެވެ. ވީމާ ކޮންމެ މީހަކުވެސް އިސްތަށްޓަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ.  

އަހަރެމެންގެ ލޮބުވެތި ޞާޙިބާ މުޙައްމަދު ﷺ އަށްވެސް އެފަދަ ސިހުރެއް ޖެހިވަޑައިގަތެވެ. ސިހުރުވެރިއަކު އިތުރު ޞާޙިބާ ﷺ ގެ އިސްތަށިފުޅެއްގައި 11 ގޮށްޖަހައިގެން ސިހުރުހެދިއެވެ. އަދި އެސިހުރު އިތުރު ޞާޙިބާ އަށް ޖެހިވަޑައިގަތެވެ. 

އެސިހުރުގެ ކަންކަން ﷲ ތަޢާލާ ރަސޫލް ﷺ އަށް އެންގެވިހިނދު ޞަޙާބީއަކު ފޮނުއްވަވައިގެން އެ އިސްތަށިފުޅު ގެންނަވައި އޭގައި ޖަހާފައިވާ ގޮށްތައް މުހެލެއްވެވިއެވެ. އެކަން ކުރެއްވެވީ އަލްފަލަޤް އަދި އައްނާސް ސޫރަތް ކިޔަވާ ވިދާޅުވަމުންނެވެ. އެދެ ސޫރަތުގައިވަނީ 11 އާޔަތެވެ. ކޮންމެ ގޮށަކަށް އާޔަތެކެވެ. 

ހެނދުނާއި ހަވީރު (ފަތިސްނަމާދާއި މަޤްރިބް ނަމާދު ވަގުތު) އާޔަތުލް ކުރުސި، އަޚްލާޞް، އަލްފަލަޤް، އަދި އައްނާސް ސޫރަތް 3 ފަހަރު ކިޔަވަންވީ މިފަދަ ކަންކަމުން ރައްކައުތެރިކަން ލިބިގަތުމަށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން