ބިރު ނުގަނެވިގެން ތިއަ އުޅެނީ ﷲ ތަޢާލާގެ ކޯފާ އަރައިހަމަނުކުރާތީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ބިރު ނުގަނެވިގެން ތިއަ އުޅެނީ ﷲ ތަޢާލާގެ ކޯފާ އަރައިހަމަނުކުރާތީހެއްޔެވެ؟

މީސްތަކުން ފާފައެއް ކުރާއިރަށް ﷲ ތަޢާލާ ކޯފާއެއް ނުފޮނުއްވަވައެވެ. އެގޮތަށް ކޯފާ ފޮނުއްވަވާނަމަ ދުނިޔޭގައި ހަމައެކަކަށްވެސް ނުހުރެވޭނެއެވެ. ނަމަވެސް އިމެއްނެތި ފާފަތައް ކުރަމުން ގެންދާނަމަ ﷲ ތަޢާލާގެ ކޯފާ އައިސް އެމީހަކާއި ނުވަތަ އެބައަކާއި އަރައިހަމަކުރާނެއެވެ!

އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އަދި އެއިރުން ސަލާމަތްކަން ހޯދަން ދާނެ ތަނެއްވެސް ނުއޮންނާނެއެވެ! ސަލާމަތްކަން ދެވޭނެ ބައަކުވެސ ނުތިބޭނެއެވެ.

ނޫޙޫގެފާނުގެ ޤައުމުގެ މީހުންނަށް ކޯފާ ފޮނުއްވެވީ ހަމަ ކުއްލިއަކަށް ނޫނެވެ. މީސްތަކުންނަށް ނޫޙުގެފާނު ދީނަށް ގޮވާލައްވާތާ 950 އަހަރުވީފަހުންނެވެ.

ﷲ ގެ ވަޢުދުފުޅު އެމީހުންގެ މައްޗަށް ޙައްޤުވިއެވެ. އުޑުން ވާރޭވެހެން ފެށިއެވެ. ހުއްޓުމެއް ނެތް ގޮތުގައެވެ. އުޑު ހީވަނީ ކޯރެއް ހެންނެވެ. ބިން ގަނޑުން ވެސް ފެން ނުކުންނަން ފެށިއެވެ. ފެންތައް އެމީހުން ވަށައިގެން ޖަމާވާން ފެށިއެވެ. އޭގެ ތެރެއިން އެކަކަށް ވެސް ނުނިކުމެވޭ ގޮތަށެވެ. ނޫޙުގެފާނަށް އެހިނދު ﷲ ވަޙީކުރެއްވިއެވެ.

)قُلْنَا احْمِلْ فِيهَا مِن كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ الْقَوْلُ وَمَنْ آمَنَ ۚ وَمَا آمَنَ مَعَهُ إِلَّا قَلِيلٌ([1]

މާނަ: “ކޮންމެ އެއްޗަކުން (އަންހެން، ފިރިހެން) ދެ ޖިންސުގެ ދޭއްޗާ އަދި ހަލާކުވެ ނެތިދިއުމުގެ ބަސްފުޅު، އިސްވެގޮސްފައިވާ މީހަކު ފިޔަވައި، ކަލޭގެފާނުގެ އަހުލުވެރިންނާއި، އީމާންވެގެން ތިބި މީހުން އެ ނާކޮޅަށް ލައްވާށެވެ! މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި އީމާންވެގެން ނުވެއެވެ.”

އެއްވެސް އިންސާނަކަށް އަދި ޙަޔަވާނަކަށް މި ތޫފާނުން ސަލާމަތުގެ އައްސޭރިއަކަށް ދިއުމުގެ ބާރެއް ނެތެވެ. ﷲ އިރާދަކުރެއްވި ފަރާތަކަށް މެނުވީ އެވެ. އެއީ ނޫޙުގެފާނާއި އެކަލޭގެފާނުގެ ނައުކޮޅުގައި ތިބި އީމާންވި މަދު ބަޔެކެވެ.

ނައުކޮޅު ދުވަމުން ދިޔައީ އުސްވެގެންވާ ފަރުބަދަތަކެއް ފަދަ ރާޅުތަކުގެ ތެރޭގައެވެ. ނޫޙުގެފާނުގެ ދަޢުވަތަށް ކާފިރުވީ މީހުން ﷲ ގެ އަޛާބުން ފިލަން މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކު ސަލާމަތްވުމަށް ދާނެ އެއްވެސް ތަނެއް އެމީހުންނަކަށް ނުފެނުނެވެ.

_________________

މަޞްދަރު: قصص النبيين للأطفال

މިއަދު އޮންލައިން