ބުދަ ދުވަހަކީ މިއަހަރުގެ އާޝޫރާ ދުވަސްކަމަށްވުމުން ރޯދަ 3 ގޮތަކަށް 3 ޓީމެއް އެބަ މަސައްކަތްކުރެއެވެ. ފުރަތަމަ ޓީމަކީ މާދަމާ (އަންގާރަ) އާއި ބުދަ ދުވަހު (އާޝޫރާ ދުވަހު) ރޯދަހިފާ ޓީމެވެ.
ދެވަނަ ޓީމާމަކީ ބުދަ އަދި ބުރާސްފަތި ދުވަހު ރޯދަ ހިފާ ޓީމެވެ. އެ ޓީމުން ބުނަނީ ބުރާސްފަތި ދުވަހަކީ ސުންނަތް ރޯދަ ހިފަމުން އަންނަ ދުވަހަކަށްވާތީ ބުރާސްފަތި ދުވަހު "އެއްދޮނުގަ ދެ ބުޅި" ޖަހާލާނީކަމަށެވެ.
ދެން އޮތީ 3 ވަނަ ޓީމެވެ. 3 ވަނަ ޓީމުގެ މީހުން 1 ވަނަ ޓީމާއި އަދި 2 ވަނަ ޓިމާއި ވެސް އެއްބަހެއް ނުވެއެވެ. އެމީހުން ބޭނުންވަނީ އެންމެ ފުރިހަމަކޮށްލާށެވެ. އެއީ އަންގާރަ ދުވަހާއި ބުދަ ދުވަހު އާޝޫރާ ރޯދަ ހިފާފައި ބުރާސްފަތި ދުވަހު ސުންނަތް ރޯދަވެސް ހިފާށެވެ. ވީމާ 3 ވަނަ ޓީމުގެ މީހުން މާދަމާއިން ފެށިގެން ވިދިވިދިގެން 3 ދުވަހު ރޯދަހިފާނެއެވެ.
3 ވަނަ ޓީމުގެ ގިނަ މީހުން މިއަދުވެސް ތިބީ ރޯދަހިފައިގެންނެވެ. އެއީ ހޯމަ ދުވަހުގެ ރޯދައެވެ! ވީމަ އެމީހުން ވިދިވިދިގެން 4 ދުވަހު ރޯދަ ހިފާނެއެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި ލިޔުންކޮޅު އެކުވެރިންނާއި ގާތްތިމާގެ އެންމެންނަށް ވެސް ޝެއާކޮށްލާށެވެ! އެންމެންނަށްވެސް ހިތްވަރުދެށެވެ. އެކަމަށް ދެއްވަވާނެ ޘަވާބާއި ދަރުމަ ހާދަމަތިވެރިވާނެއެވެ! އިން ޝާ ﷲ