ލުއިލޯނަކީ ގުއިރޯނެއް! ލުއިލޯނު ނަގައިފިނަމަ ޤިޔާމަތް ދުވަހު ގައިން ދުވާނީ ގުއިރޯނުގަ ހުންނަ ތަކެތި ލީމާ ގައިންދުވާ ވަސް- ޖެހޭނީ ބިންމަތީގަ ފުރޮޅެން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 36ސ
ލުއިލޯނަކީ ގުއިރޯނެއް! ލުއިލޯނު ނަގައިފިނަމަ ޤިޔާމަތް ދުވަހު ގައިން ދުވާނީ ގުއިރޯނުގަ ހުންނަ ތަކެތި ލީމާ ގައިންދުވާ ވަސް- ޖެހޭނީ ބިންމަތީގަ ފުރޮޅެން-

ރިބާ: ވަރުގަދަ އިންޒާރެއް

وَأَحَلَّ اللهُ الْبَيْعَ وَحَرَّمَ الرِّبَا)

އެއީ މީގެ 1400 އަހަރަށްވުރެ ކުރި. މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ﷺ ބަޔާންކޮށްދެއްވަމުން ގެންދެވީ ޤިޔާމާތުގެ ޢަލާމާތްތައް. އެކަލޭގެފާނު ޚަބަރު ދެއްވަމުން ގެންދެވި ކަންތައްތަކެއް މިއުއްމަތުގެ މީހުން ފަހުޒަމާނުގައި ދެކޭނެކަމުގައި. ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވޭ، މުދާ ހޯދީ ޙަލާލުގޮތުގައިތޯ ނުވަތަ ޙަރާމްގޮތުގައިތޯ ބަލާނުލާ ޒަމާނެއް މީސްތަކުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ. މި ބަސްފުޅާމެދު ތިބާ ކުޑަކުޑަ ވަގުތުކޮޅަކަށް ވިސްނަވާލައްވާ. މިއަދު މީސްތަކުންވަނީ މުދާހޯދާ ޖަމާކުރުމާ ބައްކުރުމުގައި ޙަލާލުތޯ ނުވަތަ ޙަރާމްތޯ ބެލުން ދޫކޮށްލާފައި. ވައްކަންކުރުމާ، ފޭރުމާ ހަށިވިއްކުމުން އެއްބަޔަކު ފައިސާ ހޯދަމުން ދަނީ. އަނެއްބަޔަކު މަސްތުވާތަކެތި ވިއްކުމާ، ބަނގުރަލާ އޫރުމަހުން ނަފާހޯދަމުން ގެންދަނީ. ރިޝްވަތު ހިފުމާއި މަކަރާ ޙީލަތުން އަނެއްބަޔަކު ޖީބުތައް ފުރަމުން ދާއިރުގައި، ހުއްދަނޫން ތަފާތު ކުޅިވަރުތަކާ މިއުޒިކީ ޙަރަކާތްތަކުން މިއުޒިކުން ލިބޭ މަންފާއިން އަނެއްބަޔަކު މަންފާ ހޯދަމުން ގެންދަނީ. ހަމަ މިގޮތަށް ބޭންކުތަކުން ތަފާތު ނަންނަމުގައި ދޫކުރަމުންދާ ބަރު އަދި ލުއި ލޯނުތަކުގެ ނަމުގައި ރިބާގެ ނުރައްކާތެރި މުޢާމަލާތަށް ގިނަބަޔަކު މިއަދު މިވަނީ ހުށަހެޅިފައި. 

ޤިޔާމަތުގެ ޢަލާމާތްތައް ބަޔާންކުރައްވާ އިތުރު އެކަލޭގެފާނު ހަދީޘްކުރެއްވި، ޤިޔާމަތާ ދެމެދުގައި ރިބާ ފާޅުވާނެއެވެ. އެގޮތުން ސުވާލަކީ ރިބާ ކާމީހާޔަކީ ކޮބައިތޯ؟ ރިބާ ކާމީހާޔަކީ މީހުންނަށް ދަރަނި ދީފާއި އެދަރަނި އަނބުރާ އަދާކުރާއިރު އިތުރު އެއްޗެއް އެމީހެއްގެ އަތުން އިތުރު އެއްޗެއް އަތުލާ މީހާ. 

މިޒަމާނަށް ބަލާއިރު ތަފާތު އެކި ބޭނުންތަކަށް ބޭންކުތަކުން ލޯނު ދީފައި އަދާކުރާއިރު، ވަކި ޕަސެންޓެއް އިންޓަރަސްޓްގެ ގޮތުގައި ދައްކަންޖެހޭ، ދެއްކުން އެއީ ސާފު ރިބާ. އެމުޢާމަލާތެއްގައި ހިމެނޭ ހުރިހާ ފަރާތްތަކަށް މި އުއްމަތުގެ މާތް ނަބިއްޔާގެ ދޫފުޅުން ލަޢުނެތް ދެއްވާފައިވާ މުޢާމަލާތެއް. ޞަޙީހީ މުސްލިމުގައި އައިސްފައިވާ ޙަދީޘް ބަސްފުޅެއްގެ މާނާގައިވޭ. 

ރިބާ ކާމީހާޔާ، ރިބާ ދޭމީހާޔާ، އެ ލިޔާމީހާއާ އެކަމަށް ހެކިވެރިވާ ދެމީހުންނަށް ރަސޫލުﷲ ﷺ ލަޢުނެތް ދެއްވިއެވެ. އަދި ޙަދީޘްކުރެއްވި، މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ. އެހެންކަމުން ރިބާ ނައްތާލުމަކީ އެތައް ސަބަބުތަކަކާހުރެ އިސްލާމީ އިޤްތިޞާދީ ނިޒާމުގެ އެއްމެ މުހިއްމު 1 މަޤުޞަދު. 

އޭގެ ފާފައިގެ ބޮޑުކަމާ، ދުނިޔެމަތީގައި އަދި އާޚިރަތުގައިވެސް ނިކަމެތި ކަމާ އަބާއްޖަވެރިކަން އޭގެ ސަބަބުން ލިބިގެން ދާތީވެ، ކީރިތި ޤުރުއާނުގައި ރިބާގެ އަހުލުވެރިން ޤިޔާމަތް ދުވަހު ތެދުވާނެ ގޮތް ބަޔާންކުރައްވާ ސިފަކޮށްފައިވަނީ ޝައިޠާނާ އެބައިމީހުންގެ ގައިގައި ބީހުމުގެ ސަބަބުން އަވަލާފައިވާ ބައެއްގެ ގޮތުގައި. ކީރިތި ޤުރުއާނުގެ ގަދަ ޢަމުރުފުޅުން ރިބާގެ އެއްމެހާ މުޢާމަލާތްތައް ހަރާމްކުރައްވާފައިވޭ. އަދިއުއްމަތުގެ ހުރިހާ ޢިލްމުވެރިންގެ އިޖުމާޢު އެކަމުގެ މައްޗަށް ގެންނަވާފައިވޭ. 

ހިތާމައަކީ މިފަދަ ނުރައްކާތެރި ގޮތަކަށް ޢަމުރުފުޅުތައް އައިސްފައިވާއިރުވެސް، މީސްތަކުން މި ރިބާގެ މުޢާމަލާތްތަކާމެދު ފަރުވާކުޑަކޮށްފައިވާކަން. ވިޔަފާރިއެއް ފެށުމަށް، ނުވަތަ ކޮންމެވެސް ޢިލްމެއް އުނގެނުމަށް، ނުވަތަ ގެދޮރު ޢިމާރާތްކުރުމަށް ރިބާގެ ލޯނުތަކުގައި ސޮއިކުރަމުން ދަނީ ރިޒުޤުދެއްވާ އިލާހުގެ އަމުރުފުޅަށް ބެލުމެއްނެތި. އެތައްބަޔަކު ބަނގުރޫޓުވެ، އެބައިމީހުންގެ މުދާތައް އަތުލެވި މި ރިބާގެ އަލިފާނުގެ މަޅީގައި ޖެހެމުންދާތަން ކޮންމެ ދުވަހަކު ލޯކުރިމަތިން ފެންނަމުންދާއިރުވެސް މީސްތަކުން މިވަނީ ޙަރާމް އިންތައް ފަހަނައަޅައި ގޮސްފައި. 

ކަމަކީ الله سبحانه وتعالى އާއި،  رسول الله  ﷺ  ގެ ފަރާތުން އެރިބާ ހުއްޓާނުލައިފި ނަމަ ހަނގުރާމަކުރުން އަމުރު ކުރައްވަފާނެ ކަމުގެ ޚަބަރު ޤުރްއާނުގައި ދެއްވާފައިވާ ނުރައްކާތެރި ކަމެއް. (يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ * فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ)

ލޮބުވެތި އަޚުންނާއި އުޚްތުން، ރިބާގެ މިބޮޑު ފާފައިގެ މައްޗަށް އަރައިގަތުމުގެ ކުރީގައި ތިބާ ވިސްނަވާ. ﷲ ގެ ދަރުބާރާއި ތިބާ ބައްދަލުކުރާއިރު ދުނިޔެ މަތީގައި ރިބާގެ މުޢާމަލާތުގެ ތެރޭގައި ތައުބާނުވެ ވަނިކޮށް މަރުވެފައި ވާ ޙާލު ތިބާ ބައްދަލުކުރަން ޖެހިއްޖެނަމަ ދައްކާނީ ކޮން ޢުޛްރެއްތޯ؟ ޙަރާމް ފައިސާއިން ތިބާގެ ބަނޑު ފުރަމުން ނުދޭ. އަދި ތިބާގެ އަނބިދަރިންނަށް ޙަރާމް ތަކެތި ކާންދީ ނުހަދާ، އަދި ތިބާ ބޯހިޔާވަހިކަން ހޯދާ އެތަނެއްގައި ތިޔަ ނިދާ ތަނަކީ ޙަރާމްފައިސާއިން ބިނާ ކޮށްފައިވާ ތަނެއް ކަމުގައި ނުހަދާ.  إسراء  އާއި،  معراج ގެ ރޭގައި އިތުރު އެކަލޭގެފާނަށް ފެނިވަޑައިގެން މިމަންޒަރާމެދު ތިބާ ވިސްނަވާ. އެކަލޭގެފާނު ދިގު ޙަދީޘެއްގައި ބަޔާން ކޮށްދެއްވި؛ އަދި ކޯރު ގައި ފަތަމުން ހިލަތައް ދިރުވަމުންދިޔަ މީހާއާއި، މެދު ތިބާ ދަންނާށެވެ. ފަހެ ހަމަ ކަށަވަރުން އެއީ ރިބާކާ މީހާއެވެ. 

މަސްދަރު : ނަޞޭޙަތް

މިއަދު އޮންލައިން