ފާހިޝް ޢަމަލުކުރާހިތްވުން މިހައި ބޮޑުވެގެން މިއުޅޭ ސަބަބާ ޙައްލު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ފާހިޝް ޢަމަލުކުރާހިތްވުން މިހައި ބޮޑުވެގެން މިއުޅޭ ސަބަބާ ޙައްލު-!

އަހަރެމެންގެ ޖިންސީ ގުނަވަން، ފާފަކުރުމުން ސަލާމަތްކޮށްފި ނަމަ އެމީހަކު ސުވަރުގެ ވަނުމަށް ޖާމިނުވެވަޑައިގެން ދެއްވަވާނެކަމަށް ޙަދީޘްފުޅުގައި އެބައޮތެވެ. ހަމަ އެޢާއިއެކު އެންމެ ގިނަ ބައަކު ނަރަކައަށް ވަންނާނީ އެމީހުންގެ ދުލާއި ޖިންސީގުނަވަނުގެ ސަބަބުންކަން ވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

ސުވާލަކީ މިކަންކަން މިހެން އެނގެންހުރިއިރުވެސް ވިސްނާ ނުލައި ގިނަބައަކު ފާހިޝް ޢަމަލުކުރާހިތްވަނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލުގެ އެންމެ ކުރުޖަވާބަކީ އޭނާގެ ލޮލެވެ. ލޮލުން ބެލުންތައް ތިރި ނުކުރެވެނީއެވެ. ބެލުންތަކޭ ބުނުމުން އެއީ ހަމައެކަނި މަގުމަތިން ފެންނަ ކަންކަމަށް ދެކެގެންނުވާނެއެވެ. 

އެންމެ ގިނައިން ބެލެނީ ސޯޝަލް މީޑިއާއިންނެވެ. ފޮޓޯތަކާއި ފިލްމްތަކެވެ. އަހުރެންގެ އާދޭހަކީ މިކަމަށް ސަމާލުކަން ދިނުމެވެ. މަގުމަތިން ފެންނަ ނުބައި ކަންކަން ފެނުމުން އިސް ތިރިކުރާފަދައިން ސޯޝަލް މީޑިއާ އާއި ނޫސްމަޖައްލާތަކުން ފެނުމުންވެސް އިސް ތިރިކުރަން އެބަޖެހެއެވެ. 

ބެލޭނަމަ ހިތުގައި ޝައުޤުވެރިކަން އުފެދޭނެއެވެ! ފާޙިޝް ޢަމަލުތައް ކުރެވޭނެއެވެ! ބަލައިލުމަކީ އެހައި ބޮޑު ފާފައެއް ނޫންކަމަސް ބުނެ ޝައިޠޯނާ ބަލަން ހިތްވަރުދޭނެއެވެ. އެބަހަށް ހެއްލި ބެލުމުން ނުބައި އަމަލުތައް ކުރަން ޝައުޤުވެރިވެވެނީއެވެ. އެގޮތުން އުފެދޭ ޝައުޤުވެރިކަމުގެ ތެރެއިން ގިން ބައަކަށް މިއަދު އެދެވެނީ ފާފަފަކުރެވި ނަރަކައަށް ވަދެވުމުންނެވެ. 

ވީމާ މިފަދަ ހުރިހާ މުޞީބާތްތަކުން ސަލާމަތްވެހުރުމަށް ވެސް ފުރަތަމަ ކަމެއްގެ ގޮތުން އިސްލާމް ދީނުގައި ސާބިތުކަން ދެއްވެވުން އެދި ވީހައި ގިނައިން ދުޢާކުރާށެވެ! ﷲ ތަޢާލާ ހަނދުމަކުރުން ގިނަކުރާށެވެ! ސަލާމަތްކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން