ރެޑްވޭވުން ވިއްކަމުންދާ 3 އެނދު ހިމެނޭ، ކުޑަކުދިންގެ ބަންކް ބެޑަށް ޑިމާންޑް ބޮޑުވެ، ޕްރީ އޯޑަރ ކުރައްވަން ބޭނުންފުޅުވާ ކަސްޓަމަރުންނަށް އެ ފުރުސަތު ރެޑްވޭވުން ހުޅުވާލައިފިއެވެ.
ރެދްވޭވުން ބުނެފައިވަނީ 6،990ރުފިޔާއަށް ޕްރީ އޯޑަރ ކޮށްލެވޭ މި އެނދަކީ ފެންވަރު ރަނގަޅު އަދި މާރކެޓުގައި ހުރި މިބާވަތުގެ އެދަށްވުރެ އެތަށްގުނައެއް އަގުހެޔޮ އެނދެއް ކަމަށް ކަސްޓަމަރުން ޤަބޫލުކުރާ ކަމަށެވެ. އަދި މިހާރު އޯޑަރު ކުރުމުން މި ފެށޭ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުގައި ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށެވެ.
2 ސިންގަލް އެނދާއި ޑަބަލް އެނދެއް ހިމެނޭ ގޮތަށް ހުންނަ މި ބަންކް ބެޑްގެ ނޫ އަދި ފިޔާތޮށި ކުލަ މިހާރު ކަސްޓަމަރުންނަށް ޕްރީ އޯޑަރ ކުރެވޭނެއެވެ. ބުކް ޝެލްފެއްވެސް ހިމެނޭ މި އެނދަށް ބޭނުންވާ ގޮދަޑިވެސް ވަކިން ބައްލަވައިގަތުމަށް ރެޑްވޭވުން ލިބެން ހުންނާނެއެވެ.
ޕްރީ އޯޑަރ ކުރައްވަން ބޭނުންފުޅުނަމަ ރެޑްވޭވްގެ ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާއެކު އެކަން ކުރެވިގެންދާނެއެވެ. އަދި ރެޑްވޭވް ފަރުނީޗަރ ވިއްކަމުންދާ ފިހާރަތައް ކަމަށްވާ ރެޑްވޭވް ލިވިންގް، ރެޑްވޭވް ޕެވިލިއަން އަދި ރެޑްވޭވް މެގަމޯލް (ހުޅުމާލެ) އިން ލިބިގެންދާނެއެވެ. އަދި 9194499 މިނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކޮށް ޕްރިއޯޑަރވެސް ކޮށްލެވޭނެއެވެ.