ނަމަނަމަ މާދަމާގެ ރޯދަ ދޫކޮށްނުލާތި! މިއީ މިއަހަރު ހޯދޭނެ ރަނުގެ މިފަދަ ފަހު ފުރުޞަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ނަމަނަމަ މާދަމާގެ ރޯދަ ދޫކޮށްނުލާތި! މިއީ މިއަހަރު ހޯދޭނެ ރަނުގެ މިފަދަ ފަހު ފުރުޞަތު!

ނަމަނަމަ މާދަމާގެ (އާޝޫރާ ދުވަހުގެ) ރޯދަ ނުހިފައި ދޫކޮށްނުލާށެވެ! އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޡާހިރު މިއަދުނޫހަށް ވިދާޅުވީ މާދަމާއަކީ މުޙައްރަމްގެ 10 ވަނަ ދުވަސްކަމުގައި ކަނޑައެޅުއްވީ ހަނދުބެލުމުގައި ޜާއްޖެއިން ޢަމަލުކުރާ އުޞޫލުތަކަށް ބައްލަވައިގެން ކަމަށެވެ.

މާދަމާގެ ރޯދަ ދޫކޮށްނުލަންވީ ސަބަބު: 

އާޝޫރާ ދުވަހަށްފަހު ރޯދައެއް ހިފާލައިގެން އެއް އަހަރު ދުވަހުގެ ފާފަ ފުއްސެވުން ފަދަ ފުރުޞަތެއް ދެން މިއަހަރު ލިބެން ނެތުމުންނެވެ. 2 އަހަރުގެ ފާފަ ފުއްސަވައިދެއްވާ ޢަރަފާތު ދުވަހު އަޅުގަނޑުމެން މިތިބީ ރޯދަ ހިފައިގެންނެވެ. ވީމާ މިއީ މިއަހަރު ލިބިގެންދާނެ މިފަދަ ފަހު ފުރުޞަތެވެ. 

މަރުވާނެ ދުވަސް ނުއެނގޭއިއރު ދެން އިތުރަށް މިފަދަ މަތިވެރި ފުރުޞަތެއް ނުލިބުމަކީ ވެސް ވަރަށް ގާތް ކަމެކެވެ. 

ސައުދިޢަރަބިޔާއަށް މިއަހަރުގެ އާޝޫރާ ދުވަހަކީ ބުރާސްފަތި ދުވަސްކަމަށްވުމަކީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ސައުދިޢަރަބިޔާގެ ރަސްމީ ޓީވީ ޗެނެލުން މިއަދުވެސް ފެންނަނީ 9 ވަނަ ދުވަހުގެ ގޮތުގައެވެ. އެހެންކަމަސްވާނަމަ މާދައަކީ އާޝޫރާ ދުވަހެވެ. އަންގާރަ ދުވަހާއި ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފުމުން ސައުދިޢަރަބިޔާގެ އާޝޫރާ ދުވަހުވެސް ރޯދަ ހިފުނީއެވެ.

ނަމަވެސް ރާއްޖޭގައި ބުރާސްފަތި ދުވަހު ރޯދަހިފަންވާނީ އާޝޫރާ ދުވަހާއި ވިދިގެން އޮންނަ ދުވަހު ހިފާ ރޯދައިގެ ގޮތުގައެވެ. 3 ވަނަ ރޯދައިގެ ގޮތުގައިވެސް ހިފިދާނެއެވެ. ނުވަތަ ބުރާސްފަތި ދުވަހު ހިފާ ރޯދައިގެ ގޮތުގައެވެ. 

"އާޝޫރާ ރޯދަ ހިފަން ޢިލްމްވެރިން ބަޔާންކުރައްވާ އެންމެ މަތިވެރި ގޮތަކީ ކުރިއަށާއި ފަހަތަށްވެސް 1 ދުވަހު ރޯދަ ހިފައި 3 ރޯދަ ހަމަކުރުމެވެ. ނޫންނަމަ ފަހަތަށް ނުވަތަ ކުރިއަށް 1 ދުވަސް ލައިގެން 2 ރޯދަ ހިފުމެވެ. އެވަރުގެ ކުޅަދާނަކަން ލިބިފައި ނުވާނަމަ އާޝޫރާ ދުވަހު އެކަނިވެސް ރޯދަ ހިފިދާނެއެވެ." ޝައިޚް އިބްރާހީމް ފަރީދް އަހްމަދު

މިއަދު އޮންލައިން