މަޝްހޫރުވާން ބޭނުންނަމަ މަރުވިނަމަވެސް ޘަވާބު އިތުރުވޭވެ ހުންނާނެ ކަމަކުން މަޝްހޫރުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މަޝްހޫރުވާން ބޭނުންނަމަ މަރުވިނަމަވެސް ޘަވާބު އިތުރުވޭވެ ހުންނާނެ ކަމަކުން މަޝްހޫރުވާށެވެ!

ތިމާއަކީ މަޝްހޫރު މީހަކަށްވުމަށް ގިނަ ބައަކު މަސައްކަތްކުރެއެވެ. މަޝްހޫރުވުމުގައި ދެގޮތެއް އެބަ އޮވެއެވެ. އެއީ ދުނިޔޭގައި މަޝްހޫރުވުމާއި އާޚިރަތަށް ފައިދާކުރާނެ ގޮތަކަށް، ކައްވަޅުގައި އޮންނައިރުވެސް ޘަވާބު އިތުރުވޭވެ ހުންނާނެ ގޮތަކަށް މަޝްހޫރުވުމެވެ. 

ފުޓުބޯޅަ ނުވަތަ އެނޫންވެސް ކުޅިވަރެއް ކުޅެން ނުވަތަ ލަވަކިޔުން، ފިލްމްކުޅުން ފަދަ ކަމަކުން ކިތަންމެ ބޮޑަށް މަޝްހޫރުވި ނަމަވެސް އާޚިރަތަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ނަމަވެސް ޤުރްއާން ކިޔެވުން ފަދަ ކަމަކުން، ނުވަތަ ދީނީ ޢިލްމުވެރިއެއްގެ ގޮތުން ފަދަ ކަމަކުން މަޝްހޫރުވެއްޖެނަމަ އާޚިރަތަށް ފައިދާކުރާނެއެވެ.  

ޤުރްއާން ކިޔެވުމުން މަޝްހޫރުވެއްޖެނަމަ އެމީހަކު ކިޔަވާ ރާގު ރީތިވެ އެރާގަށް ކިޔަވަން ގިނަބައަކު މަސައްކަތްކުރާނެއެވެ. ދީނީ ޢިލްމުވެރިން މަރުވެދިއަ ނަމަވެސް އެމީހުންގެ ދަރުސްތައް މީހުން އަޑުއަހާނެއެވެ. ލިޔެފައިވާ ފޮތްތައް މީހުން ކިޔާނެއެވެ. މިއިން ކޮންމެ ކަމަކީވެސް އެމީހަކު މަރުވި ނަމަވެސް އެމީހަކަށް ޘަވާބު ލިބިލިބި ހުންނާނެ ކަންކަމެވެ.

ކަންމިހެން އޮތްނަމަވެސް ގިނަބައަކަށް ސަމާލުކަން ދެވެނީ ދުނިޔަވީ ފައިދާއަށް މަޝްހޫރުވުމަށެވެ. މިއީ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ. ދުނިޔޭގައި ހޭދަކުރަން މިލިބެނީ ވަރަށް ކުރު މުއްދަތެކެވެ. މަރުވުމުން ދެން އޮތް ހަޔާތަކީ ނިމުމެއްވާ ޙަޔާތެއް ނޫނެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ނުނިމޭނެ ޙަޔާތް ކާމިޔާބުކުރުމަށެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން