ރަނގަޅު ބާއްޖަވެރި ޙަޔާތަކަށް އެދޭމީހާ އެކަނިވެރިވެއްޖެ ނަމަ އޮތީ ބިރުވެތިކަން އިތުރުކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 22ސ
ރަނގަޅު ބާއްޖަވެރި ޙަޔާތަކަށް އެދޭމީހާ އެކަނިވެރިވެއްޖެ ނަމަ އޮތީ ބިރުވެތިކަން އިތުރުކުރުން-

ނަޙްލު ސޫރަތުގެ 97 ވަނަ އާޔަތުގައިވެއެވެ.

(مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ) 

މާނައަކީ: "مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.".

މިއާޔަތުގައި އެވަނީ އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް ޞާލިޙް ޢަމަލުކުރުމުން އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް ދެއްވަވާނެކަމަށެވެ. ވީމާ ކައިވެނިރޫޅޭއިރަށް އެއީ ލިބުނު ބޮޑު މިނިވަންކަމެއްކަމަށް ދެކިގެން ޝައިޠޯނާގެ ބަސް ޤަބޫލުކޮށްގެން ނުކުމެ ޝައިޠޯނާ އެބުނާ ގޮތަށް އެބުނާ މިނިވަންކަމުގެ ބޭނުން ހިފީމާ ރަޙްމަތުގެ އޮޑީގައި ފައިތިލަ ހަރުކޮށްގެން އެމީހަކަށް ހުރެވޭނީ ކޮންގޮތަކުން ހެއްޔެވެ؟ 

ނިސާ ސޫރަތުގެ 124 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. 

(وَمَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَـٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا) 

މާނައަކީ: "އަދި، مؤمن އަކު ކަމުގައި ވެގެންހުރެ، ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ހެޔޮ عمل ކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އަދި، ކިތަންމެ ކުޑަ މިންވަރަކުންވިޔަސް އެއުރެންނަށް އަނިޔާއެއް ނުކުރައްވާހުށްޓެވެ".

މިދެ އާޔަތަށް ބަލާށެވެ! ކަންކަން އަންގަވާފައި އެވަނީ ވަކި މީހަކަށް ނޫނެވެ. އަންހެނުންނަށާއި ފިރިހެނުންނަށެވެ. ވީމާ އަންހެނަކަށް ފާފައެއް ކުރެވިއްޖެނަމަ ދުނިޔެވަރަށް ބޮޑުކަމަކަށް ހަދާފައި ފރިހެނުން ހަމަ އެ ޢަމަލުކުރުން ކަމަކަށްނުވާގޮތަށް ވިސްނުންވެސް ހުއްޓައިލާށެވެ. 

ފާފަކުރުމުން ޢަޛާބު ދެއްވެވުމުގަ އާއި ހެޔޮ ޢަމަލުކުރުމުން ޘަވާބު ދެއްވެވުމުގައި ޛައްރެއްގެ މިންވަރުވެސް ތަފާތު ނުކުރައްވަވާނެކަން ޤުރްއާނުން އޮތީ ސާބިތުވެ ފެންނާށެވެ! ވީމާ ސުވަރުގެ އެދޭ މީހުން މިކަންކަމަށް ވިސްނަންވާނެއެވެ! ކޮންމެ ޙާލަތެއްގައިވެސް ފާފަނުކުރުމަށެވެ. ދުނިޔެއާއި އާޚިރަތުގައބާއްޖަވެރިކަން ލިބޭނީ އެއިރުން ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން