އެންމެ ފައިދާހުރިމަގުން ރޯދަކުރުކޮށްލަން ފަސޭހައިން ކުރެވިދާނެ 2 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
އެންމެ ފައިދާހުރިމަގުން ރޯދަކުރުކޮށްލަން ފަސޭހައިން ކުރެވިދާނެ 2 ކަމެއް-

ރޯދަ ހިފަިގެން ތިބޭއިއރު ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއްވެސް އިޙްޞާޞްކުރެވޭނެއެވެ. އެހެންކަމުން ރޯދަވީއްލަން ގާތްވެގެން އަންނައިރު ބައެއް ކުދިންނަށް ވަރަށް ވަގުތު ދިގުވާހެން ހީވެދާނެއެވެ. ހީވިނަމަވެސް ހިފިރޯދައިގެ ޘަވާބުކޮޅު ދޫކޮށްލަން ޓީވީ ނުބަލާށެވެ! މާނައަކީ ﷲ ތަޢާލާ ހުއްދަދެއްވަވާފައިވާ އިންތަކުގެ ބޭރުން މަންޒަރުދައްކާ ޓިޥީ ޕްރޮގްރާމަތައް ނުބަލާށެވެ. 

ހަވީރުވުމުން ނުވަތަ އިރުއޮއްސެން ކައިރިވުމުން ފުރަތަމަކަމަކަށް ހިތްވަރުކޮށްލައިގެން 10 މިނިޓްތެރޭ 10 އަޅުން މިނިވަންކުރާށެވެ! މާނައަކީ 10 އަޅުން މިނިވަންކުރިކަމުގެ ޘަވާބު ލިބިގަންނާށެވެ! ތިބާގެ ފަތުގައި 100 ހެޔޮކަން ލިޔުއްވަވައި ފާފައިގެ ފަތުން 100 ފާފަ ފުއްސަވައިލައްވަވަން ފުރުޞަތު ހޯދާށެވެ. ހަމަ ވަރަށް ކުޑަކުޑަ ޢަމަލަކުންނެވެ. 

100 ފަހަރު ކިޔައިގެން 10 އަޅުން މިނިވަންކުރުމުގެ ޘަވާބު ލިބޭ 100 ހެޔޮކަން ލިބޭ 100 ފާފަ ފުހެވޭ:

لَا إِلَهَ إِلَّا اللهُ, وَحْدَهُ لَا شَرِيكَ لَهُ, لَهُ المُلْكُ وَلَهُ الْحَمْدُ, وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ

الله މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވެއެވެ. އެއީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ. ވެރިކަންވަނީ އެއިލާހަށެވެ. އަދި އެންމެހާ ޙަމްދެއްވެސް ވަނީ އެއިލާހަށެވެ. އަދި އެއިލާހު ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. 

ދެންވެސް ވަގުތު ދިގުލައި ފޫހިވަނީހެއްޔެވެ؟ ދުނިޔޭގައި ހުރެ ސުވަރުގޭގައި ކަދުރު ރުއް އިންދަން އަވަހަށް ފަށަންވީއެވެ. ކޮންމެ 2 މިނިޓަކުން 100 ރުށް އިނދައިލެވޭނެއެވެ!  

ސުވަރުގޭގައި ކަދުރުރުކެއް އިންދޭނެ 

سُبْحَانَ اللهِ الْعَظِيْمِ وبِحَمْدِهِ 

މަތިވެރިވެވޮޑިގެންވާ މާތް الله ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ. އަދި އެއިލާހަށް ޙަމްދު ލިބިވޮޑިގެންވެއެވެ. 

رواه الترمذي 3456

މިއަދު އޮންލައިން