ދިރިހުންނަވަނިކޮށް ބިލާލްގެފާނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ ޚަބަރު ލިބިވަޑައިގެންނެވި ޢަމަލު- ތިބާއަށްވެސް ނުކުރެވެންވީ ކީއްވެ؟ ޝައިޚް އަބޫބަކުރު ޒައުދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ދިރިހުންނަވަނިކޮށް ބިލާލްގެފާނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ ޚަބަރު ލިބިވަޑައިގެންނެވި ޢަމަލު- ތިބާއަށްވެސް ނުކުރެވެންވީ ކީއްވެ؟ ޝައިޚް އަބޫބަކުރު ޒައުދް

ސުވަރުގެ ލިބޭނީ ސުވަރުގެ ލިބުން އެދި ގަދައަޅައި މަސައްކަތް ކުރި ބައަކަށެވެ. އެކަމަށް ދޭން ޖެހޭ ސަމާލުކަން ދީގެން ގަދައަޅައި މަސައްކަތްކުރި ބައަކަށެވެ. ސުވަރުގެ ހާޞިލްކުރަން މަސައްކަތްކުރާ މީހާ ކަންނެތް ވެގެން ނުވާނެއެވެ. ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ. އަބަދުވެސް އެކުރާ މަސައްކަތެއްގައި ދެމިހުންނަން ވާނެއެވެ.

މިޢްރާޖެގެ ދަތުރުފުޅުގައި ރަސޫލް (ﷺ) އަށް ވަނީ ބިލާލްގެފާނުގެ ފިޔަވަޅުފުޅުގެ އަޑު ސުވަރުގެއިން އިވިވަޑައިގެންފައެވެ. ބިލާލްގެފާނު ސުވަރުގެއިން ފެނިވަޑައި ނުގެންނެވި ނަމަވެސް ފިޔަވަޅުފުޅުގެ އަޑުފުޅުން ފާހަގަކުރެއްވެވުނީ ވަރަށް ބޮޑު ސަބަބެއް އޮތުމުންނެވެ. އެއީ މަގުމަތީގެ އަޑުތައް ވަރަށް މަޑު ފަތިސް ވަގުތު ކޮންމެ ރެއަކު މަސްޖިދުއްނަބަވީގައި ބަންގިގޮވަން ބިލާލްގެފާނު ވަޑައިގަންނަވާ ފިޔަވަޅުފުޅުގެ އަޑުފުޅު ކޮންމެ ރެއަކު ރަސޫލް (ޞޢވ) އަށް އިވިވަޑައިގަންނަވާތީއެވެ.

ކޮންމެއަކަސް ބިލާލްގެފާނަށް އެފަދަ މަތިވެރި ދަރަޖައެއް ލިބިވަޑައިގަތީ ކޮން އަމަލުފުޅެއް ކުރައްވަވާތީތޯ ރަސޫލް (ޞޢވ) ބިލާލްގެފާނާއި ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި ބިލާލްގެފާނު ދެންނެވީ އެފަދަ ޢަމަލެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް އެއް ކަމެއް ވަރަށް ޤަވާއިދުން ކުރައްވަވާ ކަމަށާއި އެ އަމަލަކީ ޤަޟާ ޙާޖަތް ކުރައްވަވައިފިނަމަ (ވުޟޫ ގެއްލިއްޖެ ނަމަ) ކޮންމެ ފަހަރަކު ވުޟޫ ކުރައްވަވައިގެން 2 ރަކްޢަތް ނަމާދެއް ކުރެއްވެވުން ކަމަށެވެ.

ބިލާލްގެފާނުގެ ބަސްފުޅުން އެނގިގެންދަނީ އެންމެ ޢަމަލެއްގައި ނަމަވެސް ސާބިތުކަމާއިއެކު ދެމިހުރުމުގެ މުހިންމުކަމެވެ. އެކަމުގެ ސަބަބުން އެމީހަކަށް ސުވަރުގޭގެ މަތިވެރި ދަރަޖަތަކަށް ވާޞިލުވެވިދާނެ ކަމެވެ.

މުސްލިމުންގެ ތެރެއިންވެސް އެންމެންނަށް ސުވަރުގެ ނުލިބޭނެކަން އެބަ އެނގެއެވެ. ކުރެވޭ ފާފައިގެ ސަބަބުން ނަރަކައިގައި އެކި މުއްދަތަށް ތިބެން ޖެހޭނެ ބައަކުވެސް މުސްލިމުންގެ ތެރޭގައި ވެއެވެ. އެހެންކަމުން ސުވަރުގެ ލިބޭނީ ކޮން ބައަކަށް ކަމާއިމެދު ގިނަ ބައަކު ސުވާލު ކުރެއެވެ.

 

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން