ދޮގުހަދާނަމަ އެމީހަކީ ދޮގުވެރިއެއްކަމުގެ ސިއްކަޖައްސަވާނެ! ތިބާއަށް ތިއަ ހުރެވެނީ ސަލާމަތުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދޮގުހަދާނަމަ އެމީހަކީ ދޮގުވެރިއެއްކަމުގެ ސިއްކަޖައްސަވާނެ! ތިބާއަށް ތިއަ ހުރެވެނީ ސަލާމަތުންތަ؟

ދޮގުހެދުމަކީ ކަނޑައެޅިގެން ޙަރާމްކަމެއް ނަމަވެސް ދޮގުހެދުން ޢާންމުވަމުން ގޮސް ވަރަށް މަދު މީހަކު ފިޔަވައި އެންމެން ކުރާ ކަމަކަށް މިއަދު މިވަނީވެފައެބެ. ދޮގުހަދަން ޖެހިލުންވާ މީހުން އެހައި މަދުވެއްޖެއެވެ. އަދި ދޮގުހެދުމަކީ ފާފައެއް ކަމަށް ޤަބޫލުނުކުރާ މީހުންވެސް ދަނީ ގިނަވަމުންނެވެ. 

"މުސްލިމުންނޭވެ! ދޮގު ހެދުމާއި ދުރުހެލިވާށެވެ! ފަހެ ދޮގު ހެދުމަކީ މުނާފިޤުންގެ ސިފައެކެވެ.! ދޮގު ހެދުމަކީ ސިއްކަ ޖެއްސެވޭ ކަމެކެވެ!"

"ދޮގު ހެދުމަކީ ސިއްކަ ޖެއްސެވޭ ކަމެކެވެ." ބުނެވޭބަހުގެ މާނައަކީ ދޮގު ހަދަމުން ގެންދާނަމަ އެމީހަކީ ދޮގުހަދާ ދޮގު ވެރިއެއް ކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ލިޔުއްވެވޭނެ ކަމާއި އަދި ދޮގު ވެރިއެއް ކަމަށް ސިއްކަ ޖެހުމަކީ އެއީ އެވެ. 

ކަން މިހެންއޮތްއިރު ރާއްޖޭގައި އެންމެ ގިނައިން އެންމެ ބޮޑެތި ދޮގުތައް ހަދާ މަޖިލީހުގައި ދޮގުހެދުމުގެ މޫސުން މިވަނީ އަލުން ފެށިފައެވެ. އެ މަޖިލީހުން ފާސްކޮށްގެން އުޅެނީ މަޖިލީހުގެ މެންބަރުން މަޖިލީހުގައި ދޮގުހެދުމަކީ ހުއްދަ ކަމެއް ކަމަށެވެ. ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރަން މަޖިލީހަށް ހުދަލިބެނީ ﷲ ތަޢާލާއަށްވުރެ ތިމާމެން މިތިބީ މަތީގައިކަމަށް މަޖިލީހުން ޤަބޫލުކުރާތީ ނަމަވެސް މަޖިލީހުގެ އެ ނިންމުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފަށް ބޮޑު މެޖޯރިޓީ ބޭނުންކޮށްގެން ނިންމާފައިވާ ނިންމުމެކެވެ.

މިއަދު އޮންލައިން