ދެކަނޑު ދެމެދުގަ ހުރަހެއްވާކަމަށް ސައިންސްވެރިންވެސް ޤަބޫލުކޮށްފި! އެއްވެސް މޮޅުކަމެއް ހުރިނަމަ ދެން އެހުރަސް ދައްކަންވީނު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ދެކަނޑު ދެމެދުގަ ހުރަހެއްވާކަމަށް ސައިންސްވެރިންވެސް ޤަބޫލުކޮށްފި! އެއްވެސް މޮޅުކަމެއް ހުރިނަމަ ދެން އެހުރަސް ދައްކަންވީނު؟

ދެން މިރިޕޯޓުގައި މިބަލައިލަނީ ހެޔޮ ފެނުގެ ކޯރާއި، ލޮނުފެނުގެ ކަނޑު، އެކަތި އަނެކަތީގެ މައްޗަށް ގަދަވުމެއް އަރާރުމެއްނެތި ލައްވަވާފައި ވާ ޢަޖާޢިބުން ފުރިގެންވާ ނިޒާމަށް.  

ތަފާތުގިނަ ދިރާސާތަކަކަށްފަހު ސައިންސްވެރިންނަށް އަދިއަދަށް ދާންދެންވެސް މިކަމުގައި ސާފުޖަވާބެއް ހޯދިފައި ނުވޭ. އެގޮތުން މާނަވީ ނުވަތަ ޙިއްސީ ވިއަސް، ކޮންމެވެސް ހުރަހެއް އެދެމެދުގައިވާކަމަށް މިއަދުގެ ސައިންސް ވަނީ އިއްތިފާޤުވެފައި.  

މި ދެމަޚްލޫޤު އެކުނުވެ ވަކި ޙުދޫދެއްގެތެރޭގައި އޮތުމަށް ލާޒިމް ކުރީ ކޮންކަމެއްތޯ! އާދެ ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަލްފުރްޤާން ސޫރަތު ގައި ބަޔާން ކުރައްވާފައިވަނީ މިފަދައިން.

وَهُوَ الَّذِى مَرَجَ الْبَحْرَيْنِ هَذَا عَذْبٌ فُرَاتٌ وَهَذَا مِلْحٌ أُجَاجٌ, وَجَعَلَ بَيْنَهُمَا بَرْزَخً وَحِجْرًا مَّحْجُورًا (سورة الفرقان 53) 

މާނައީ: "އަދި އެކަލާނގެއީ، ދެ ކަނޑު އެއްކުރެއްވެވި(އެބަހީ: ކޯރުފެނާއި ކަނޑުގެ ލޮނުގަނޑު އެކުއެކުގައި ހިނގާ ގޮތް ލެއްވެވި) ރަސްކަލާނގެއެވެ. މިއީ މީރުކަންބޮޑު މީރު ފެނެވެ. އަދި މިއީ ލޮނިކަންގަފަ ލޮނުފެނެވެ! އަދި އެކަލާނގެ އެދެ ކަނޑު ދެމެދުގައި، ހުރަހެއް ލައްވަވައި، އަދި އެ ދެމެދު މަނާކުރަނިވި ފަރުދާއެއް ލެއްވެވިއެވެ." (سورة الفرقان 53) 

ރަސޫލާ ﷺ ދިރިއުޅުއްވި ރަށްކޮޅުން މިފަދަކަނޑެއް އެކަލޭގެފާނަށް ފެނިވަޑައިގަތުމުގެ ފުރުޞަތެއް ނެތްއިރު ދުނިޔޭގެ ނިސްބަތުން ވެސް މިފަދަ ކަނޑުތައް މަދުއިރު، ޤުރްއާނަކީ ރަސޫލާ ﷺ  އަމިއްލަފުޅަށް ގެންނެވި އެއްޗެއް ކަމުގައިވާނަމަ މިފަދަ ޢިލްމީ ޙަޤީޤަތްތައް އެކަލޭގެފާނު ބަޔާން ކުރައްވާނީ ކިހިނެއްތޯ!  

- މަޢްލޫމާތު: ނަޞޭޙަތް

މިއަދު އޮންލައިން