އުފާޙާޞިލުކުރުމުގެ ނަމުގަ ނަރަކައިގަ ތިމާ އަންދާނެ ދަރު އެއްކުރާ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އުފާޙާޞިލުކުރުމުގެ ނަމުގަ ނަރަކައިގަ ތިމާ އަންދާނެ ދަރު އެއްކުރާ މީހުން-

ދުނިޔޭގައި ތިބި ޙަރާމް ކަންކަން ކުރުމުން އުފާ ހޯދާ މީހުންނަށް ނުބަލާށެވެ! އެމީހުން އެ ލިބިގަންނަނީ ވަގުތީ އުފަލެކެވެ. އެމީހުން އެ ޖަމާކުރަނީ ނަރަކައިގަ އެމީހުން އަންދާނެ ދަރެވެ. 

އުފާވެރިކަން ލިބިގަންނަންވީ ހެޔޮ ޢަމަލުކުރުމުންނެވެ. އުފާ ހޯދަން ކުރަންވީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމެވެ. ޙަޤީޤީ އުފާވެރިކަން ލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ! 

މީހަކު އޭނާގެ މޮޅުކަން ދައްކަން ވީހައި ގިނަބައަކާއި ޒިނޭކޮށްފާނެއެވެ. އަބަދު މަސްތުވެގެންވެސް ހުރެދާނެއެވެ. ވައްކަންކޮށްގެން ތަނަވަސްކަންވެސް ހޯދައިފާނެއެވެ. އަދި އެކަންކަމުން ލިބޭ އުފަލަކީ އޭނާއަށް ހުރިހާ ހިތްހަމަޖެހުން ލިބިދޭ ކަމެއްކަމުގައިވެސް ދެކިފާނެއެވެ. 

ނަމަވެސް އެއީ މުޅިން ގޯސް ވިސްނުމެކެވެ. އޭނާ މަރުވުމާއިއެކު ނަރަކައިގެ އަލިފާން އޭނާ ޢާއި ބައްދަލުކުރާނެތެވެ. ކައްވަޅު އޭނާއަށް ވެގެންދާނީ ނަރަކައިގެ ވަޅުގަނޑަކަށެވެ. ނަމަވެސް ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކަންކަމުން އުފާ ޙާޞިލުކޮށް ހެޔޮ ޢަމަލުކުރާމީހާއަށް އޭނާގެ ކައްވަޅު ވެގެންދާނީ ސުވަރުގޭގެ ބަގީޗާއަކަށެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން