ފަންސާސް އަހަރުކުރިން ތާނަ ކިޔަން ނުފަރިތަ ކަތީބުން ރައްޔިތުންނަށް ސިޓީ ކިޔައިދޭ ގޮތަށް ޚުޠުބާކީމާ އުޖޫރަ ޙަލާލުވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ފަންސާސް އަހަރުކުރިން ތާނަ ކިޔަން ނުފަރިތަ ކަތީބުން ރައްޔިތުންނަށް ސިޓީ ކިޔައިދޭ ގޮތަށް ޚުޠުބާކީމާ އުޖޫރަ ޙަލާލުވާނެތަ؟

ހުކުރުކުރައްވާ ބައެއް އިމާމުން އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެލައްވައެވެ. ފަރިތަކުރައްވައެވެ. ނަމަވެސް އަނެއްބައި އިމާމުން ޚުޠުބާ އުރައިން ނަންގަވާކަމަށްވަނީ މިންބަރަށް އަރުއްވައިފައެވެ. 

އެހާލަތުގައި ހަނދާނަށް އަންނަނީ މީގެ 50 ވަރަކަށް އަހަރު ކުރިއެވެ. މާލެއިން (ސަރުކާރުން) ރަށްރަށަށް ސިޓީ ނުވަ އެންގުން ލިޔެފައި ފޮނުވައެވެ. ހުކރު ދުވަހު ރައްޔިތުން އެއްކޮށްފައި އެ ލިޔުން އިއްވައެވެ. ގިނަ ކަތީބުންގެ ފެންވަރު ހުންނަ ގޮތުން ޖުމުލައެއް ކިޔޭނީ 2، 3 ފަހަރުމަތިންނެވެ. ކިޔައި ނިމޭއިރު ކުރިން ކީބައި މީހުން ހަނދާނެއް ނުހުންނާނެއެވެ. 

މިއަދު ހުކުރަށް އެރުނީ އެފަދަ އިމާމަކު ހުކުރުކުރެއްވި މިސްކިތަކަށެވެ. ޚާއްޞަކޮށް ފަހު ޚުޠުބާ ކިޔުއްވަން އިމާމް އުލުއްވި ޙާލުފެނިފައި، އަޑު އިވިފައި ވަރަށް ދެރަވާންޖެހުނެވެ. މިޙާލެއްގައި އުޅުއްވަން ހައްދަވައިގެން ޚުޠުބާ ދިގުވެގެން ދިއުމުން ބަދަލުގައި ކުރުކޮށްލެއްވީ ނަމާދެވެ. ވިދާޅުވީ ޤުރްއާނުގައި އޮންނަ އެންމެ ކުރު ދެސޫރަތެވެ. 

ގިން ބައަކު ޤަބޫލުކުރާ ގޮތުގައި ޚުޠުބާ ކިޔުން މިއަށްވުރެ ފުރިހަމަވާން އެބަޖެހެއެވެ. ކަތީބު ސިޓިކިޔާ ރާގަށް ކިޔަންފެށީމާ ނިދިއާދެއެވެ. އަދި ޚުޠުބާއަކީ އަމިއްލަ ޚުޠުބާއެއް ނޫންނަމަވެސް އަމިއްލައަށް ޚުޠުބާ ކިޔާ ރާގަށް އެފޯރީގައި ކިޔަންޖެހޭ އެއްޗެކެވެ. މީސްތަކުންގެ ސަމާލުކަން ލިބޭނީ އެއިރުންނެވެ. 

ޚުޠުބާ ކިޔުމަކީ ހިލޭ ސާބަހަށް ކޮށްދޭ ކަމެއް ނޫނެވެ. ބޮޑު އުޖޫރައެއް ލިބޭ ކަމެކެވެ. ސުވާލަކީ އެކަން ކުރަންވީ ގޮތަށް ނުކުރިނަމަވެސް އެ އުޖޫރަ ހަމަ ޙަލާލުވާނެތޯއެވެ؟

މިޒަމާނަކީ ކޮންމެ އިމާމަކުވެސް ސްމާތް ފޯނު ގެންގުޅޭ ޒަމާނެވެ. މިސްކިތުގެ އިމާމު ލައްވައި އެދުވަހުގެ ޚުޠުބާ ރެކޯޑްކުރުވައިގެން އިސްލާމިކް މިނިސްޓްރީން އަޑުއަހައިލުން ފަދަ އިންތިޒާމެއް ހަމަޖައްސައިގެން ނަމަވެސް މިކަންކަން އިޞްލާޙްކުރަންޖެހޭ ކަމަށް ގިނަބައަކު ބުނެއެވެ.

މިއަދު އޮންލައިން