ކޮންމެ ދުވަހަކީވެސް ދުވަހެކެވެ. ކޮންމެ މަހަކީވެސް މަހެކެވެ. ނަމަވެސް ﷲ ތަޢާލާ ވަނީ ވަކި ދުވަސްތަކެއް މަތިވެރިކުރައްވަވައި ޚާއްޞް ކުރައްވަވައިފައެވެ. އަދި ޙުރުމަތްތެރިވެގެންވާ މައްސަރުތަކެއްވެސް ވަނީ ކަނޑައަޅުއްވަވައިފައެވެ.
އެކަން ޤަބޫލުކުރެވޭނީ މުސްލިމުންނަށެވެ. ކާފިރުންނަށް ކޮންމެ ދުވަހަކީވެސް ދުވަހެކެވެ. ކޮންމެ މަހަކީވެސް މަހެކެވެ. ވަކި މައްސަރަކީ ނުވަތަ ވަކި ދުވަހަކީ ޚާއްޞަ ދުވަހެއް ކަމުގައިނުވެއެވެ. ޚާއްޞަ ދުވަހެއް ކަމަސް މިބުނަނީ އަޅުކަންކުރަން ޚާއްޞަ ދުވަހެއްގެ ވާހަކައެވެ.
މިސާލަކަށް ދުނިޔޭގައި އެންމެ ގިނައީ ކްރިސްޓިއަނުންނެވެ. އެމީހުންގެ އެންމެ ޚާއްޞަ ދުވަހަކީ ކްރިސްމަސް ދުވަހެވެ. އެދުވަސް ފާހަގަކުރަން އެމީހުން ކުރާކަމަކީ އެމީހުންގެ ދީނުގައިވެސް ޙަޜާމްވެގެންވާ ކަންކަމެވެ. ރޭގަނޑު ހަތަރުދަމު މަސްތުވަނީއެވެ. އެމަސްތުގައި ދުވާލުގެ ބޮޑު ބައެއްގައި އޮންނަނީ ނިދައިފައެވެ.
މިއީ މުސްލިމުން ވިސްނަން ޖެހޭ ކަމެކެވެ. ﷲ ތަޢާލާ މަތިވެރި ކުރެއްވެވި ދުވަހަކާއި ބައްދަލުވެއްޖެނަމަ އޮތީ ވީހައި ގިނައިން އަޅުކަންކުރުމެވެ. ޙުރުމަތްތެރިކުރެއްވެވި މައްސަރަކާއި ބައްދަލުވިނަމަވެސްމެއެވެ.
މިހާރު ހިނގަމުން މިދަނީ ޙުރުމަތްތެރިކުރެއްވެވި މައްސަރުތަކުގެ ތެރެއިން މުޙައްރަމެވެ. މިމަހުގައިވާ އެންމެ މުހިންމު ދުވަސް، އާޝޫރާ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ގިނަ ބައަކު އެދުވަހު ރޯދަހިފިކަންވެސް ފާހަގަކުރަމެވެ. އެހިސާބުން އަދި ނިންމައިނުލާށެވެ! ރަމަމާން މަހުގެ ރޯދަ ފިޔަވައި އެންމެ މަތިވެރިކަން ބޮޑުވެގެންވަނީ މުޙައްރަމް މަހުގައި ހިފާ ރޯދައެވެ. ވީމާ އެމީހަކަށް ވެވުނު ވަރަކުން އަދިވެސް އިތުރަށް ރޯދަހިފާށެވެ!
Hereupon, one can fast during the month Al-Muharram, that is why it is recommended to observe much of fasting in it, in accordance with the Prophet’s صلَّى الله عليه وسلَّم saying:
“The most superior fasting after (the fasting of) Ramadan is that of Allah’s month of Al-Muharram and the most superior prayer after the obligatory (prayers) is the Night Prayer”
- އިސްލާމީ ތިލަފަތުގެ ދަރުސަކުން