ޖިބްރީލްގެފާނު ރަސޫލް ޞޢވ, އަށް އުނަގަންވައި ދެއްވެވި މިދުޢާއަށްވުރެ ރިޒުޤަށް އެދިގެން ކުރަން މަތިވެރި ދުޢާއެއް އެނގިފައެއް ނެތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ޖިބްރީލްގެފާނު ރަސޫލް ޞޢވ, އަށް އުނަގަންވައި ދެއްވެވި މިދުޢާއަށްވުރެ ރިޒުޤަށް އެދިގެން ކުރަން މަތިވެރި ދުޢާއެއް އެނގިފައެއް ނެތް-

އެއްރެއަކު ރަސޫލް ﷺ ގެ ދަރިކަނބަލުން ފާޠިމަތިގެފާނުގެ ގަނޑުވަރުކޮޅުގައި ފަަރިއްކުޅުއްވަވާނެ އެއްވެސް އެއްޗެއްނެތި ދަރިދަރިކަލުންނަށްވެސް ދެއްވަވާނެ އެއްވެސް އެއްޗެއް ނެތް ޙާލުކޮޅުގައި ބައްޕާފުޅުގެ ގަނޑުވަރުކޮޅަށް ވަޑައިގެން ކޮންމެވެސް އެއްޗެއް ދެއްވެވުން އެދި ދެންނެވުމަށް ފިރިކަލުން ޢަލީގެފާނު ޢަލީގެފާނު އެދިވަޑައިގެންނެވިއެވެ.

އެހިނދު އެކަމަނާ ރަސޫލް ﷺ ގެ ގަނޑުވަރުކޮޅަށް ވަޑައިގެން ދޮރުކޮޅުގައި ޓަކި ޖެއްސެވިއެވެ. ޓަކި ޖެއްސެވުމާއިއެކު ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވިއެވެ.  "އެއީ ތިމަންކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމާއެވެ. މިފަދަ ވަގުތަކު އެކަނާ ވަޑައިގަންނަވާނީ ވަރަށް ބޮޑުކަމެއް ޖެހިވަޑައިގަތުމުންނެވެ."

ދޮރުކޮޅު ހުޅުވުމުން ވަދެވަޑައިގެން އާދައިގެމަތިން ސަލާމްކުރައްވަވައި ވިދާޅުވީ އެކަމަނާއާއި ދަރިދަރިކަލުންނާއި ފިރިކަލުން ޢަލީގެފާނު ތިއްބެވީ ފަރިއްކުޅުއްވަވާނެ އެއްވެސް އެއްވެސް އެއްޗެއް ނެތިގެން ހައިހޫނުކަމުގައިކަމަށެވެ. 

އެވަގުތު ކޮންމެ ބައްޕައަކަށްނަމަވެސް ކުރާނެ އަސަރުހިތަށް ގެންނާށެވެ. އެއަސަރާއިއެކުވެސް ރަސޫލް ޙަދީޘްފުޅުކުރެއްވެވިއެވެ. "މިއަދު ލިބިވަޑައިގެންނެވި 5 ކަންބަޅިބަކަރި އެބައޮތެވެ. އަދި މިއޮތީ ޖިބްރީލްގެފާނު ތިމަންކަލޭގެފާނަށް އުނގަންނަވައި ދެއްވެވި ދުޢާއެކެވެ. ބޭނުންފުޅު އެއްޗެއް ގެންދަވާށެވެ." 

މިފަދައިން ވިދާޅުވެ ޙަދީޘްފުޅުކުރެއްވެވީ މިދުޢާއެވެ. 

يَا أَوَّلَ الْأَوَّلِيْنَ، وَيَا  آخِرَ الْآخِرِينَ، وَيَا رَاحِمَ الْمَسَاكِينَ، وَيَاذَا الْقُوَّةِ الْمَتِينَ، وَيَا اَرْحَمَ الرَّاحِمِينَ،

އެކުލެވިގެންވާ މާނައީ: "އެންމެ ފުރަތަމަ ކަމުގެ ސިފަ ލިބިވޮޑިގެންވާ އިލާހްއެވެ. އެންމެ ފަސްކަމުގެ ސިފަ ލިބިވޮޑިގެންވާ އިލާހްއެވެ. (އެބަހީ އެއިލާހަށް ފެށުމެއް އަދި ނުމުމެއް ނުވާކަމެވެ.) އަދި އޭ މިސްކީނުންނަށް ރަހުމް ކުރައްވަވާ އިލާހްއެވެ! އަދި އޭ ގަދަފަދަ ބާރުގެ ވެރި އިލާހްއެވެ. އަދި އޭ ރަޙްމްކުރާ މީހުންކުރެ އެންމެ ބޮޑަށް ރަޙުމްވެވޮޑިގެންވާ އިލާހްއެވެ." 

ވިސްނައިލާށެވެ! އެންމެ ލޯބިފުޅުވާ ދަރިކަނބަލުން ފާޠިމަތުގެފާނާއި ދަރިދރިކަލުންނާއި ފިރިކަލުން ތިއްބެވީ އެހަިބޮޑު ހައިހޫނުކަމެއްގައިކަން އެނގިވަޑައިގަންނަވާއިރުވެސް ޙަދީޘްފުޅު ކުރެއްވެވީ 5 ކަންބަޅިބަކަރި ނުވަތަ ދުޢާ ގެންދެވުމަށެވެ. ފާޠިމަތުގެފާނު އިޚްތިޔާރު ކުރެއްވެވީ ދުޢާއެވެ. ގަނޑުވަރުކޮޅަށް ވަޑައިގަތީ ދުޢާހިއްޕަވައިގެންނެވެ. ފިރިކަލުން ޢަލީގެފާނަށްވެސް ހަމަ އެދުޢާއިން ހިތްޕުޅުހަމަޖެހުން ލިބިވަޑައިގެންނެވިއެވެ. 

އަހަރެމެން މިދުޢާގެ ވާހަކަ މިދައްކަނީ ބަނޑުފުރާ ކައިގެން ތިބެއެވެ. ވީމާ ދުޢާގައި ހުރިބަރަކާތާއި ކަރާމާތްތެރިކަން އިޙްޞާޞް ނުކުރެވިދާނެއެވެ. އެކަން އިޙްޞާޞް ކުރެވޭނީ އެފަދަ ހައިހޫނުކަމުގައި ހުރެގެން ދުޢާކުރުމުންނެވެ. ދުޢާއަކީ އެފަދަ ނިކަމެތި ޙާލަތެއް ކުރިމަތި ނުކުރެއްވެވުމެވެ. ނަމަވެސް ކުރިމަތިވެއްޖެނަމަ މިދުޢާކުރާށެވެ! ހިތްހަމަޖެހުން ލިބޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން