ކޮންމެ ދުވަހަކު ޢަޞްރު ވަގުތު މަހާނަފަޅާލާފަ ހިމާރެއްގެ ބޯ ނުކުމެ އަޑުލައްވާ ފަދައިން އަޑުލައްވާފަ އަޑިއަށްދާ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ކޮންމެ ދުވަހަކު ޢަޞްރު ވަގުތު މަހާނަފަޅާލާފަ ހިމާރެއްގެ ބޯ ނުކުމެ އަޑުލައްވާ ފަދައިން އަޑުލައްވާފަ އަޑިއަށްދާ ވާހަކަ-

މިރޭ މިކިޔައިދެނީ އެންމެ ގިނަ ބައަކު މަރުމަތީގައި އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ 4 ކަންތައް ކަމަށް ބައެއް ޢިލްމުވެރިން ބަޔާންކުރައްވަވާފައިވާ 4 ކަންތަކުގެ ވާހަކައެވެ. 

1-  ނަމާދަށް ފަރުވާކުޑަކުރުން 

ނަމާދުކުރުމުގަ ކަންނެތްވުން / ފަރުވާކުޑަކުރެވުން 

މިއީ އަދި ނަމާދު ނުކުރުމެއް ނޫނެވެ. ނަމާދުކުރުމުގައި ކަންނެތްވުމެވެ. ފަރުވާ ކުޑަކުރެވުމެވެ. ދޭންޖެހޭ ސަމާލުކަން ނުދީ ނަމާދުކުރުމެވެ. 

2-  މަސްތުވާތަކެއްޗާ ބަނގުރާ ބޭނުންކުރުން

3-  މައިންބަފައިންނަށް އިޙްތިރާމް ނުކުރުން 

4-  މީސްތަކުން ހިތްދަތިކުރުވައި ތަކްލީފް ޖެއްސުވުން 

މިދަރުސްގެތެރެއިންވެސް އެއްވާހަކައެއް ކިޔައިދޭނަމެވެ. އެއިރުން މަސްތުވުމާއި މައިންބަފައިންނަށް ނުކިޔަމަންތެރިވެ، މައިންބަފައިންދޭ ނަބޭޙަތް ޤަބޫލު ނުކުރުމުގެ ހުރި ނުބައިކަން ވިސްނޭނެއެވެ. 

ޢިލްމުވެރިއަކު އޭނާގެ ފޮތުގައި ލިޔުއްވާފައިވެއެވެ. ބޭކަލަކަށް ވަޑައިގެންނެވުނު ސަހަރަކުން ފެނިވަޑައިގެންނެވި އާދައާ ޚިލާފްކަމެއްގެ ވާހަކައެވެ. 

ކޮންމެ ދުވަހަކުވެސް ޢަޞްރު ވަގުތުގައި މަހާނައެއް އިރައިގެން ގޮސް ޙިމާރެއްގެ ބޯ ފަދަ ބޮލެއް ބޭރަށް ނުކުމެ ޙިމާރެއްގެ އަޑުން 3 ފަހަރު އަދުލައްވާލާފައި އެތެރެއަށް ވަދެއެވެ. މަހާނަ އެހިސާބުން ބަންދުވެގެންދެއެވެ. 

އެކަމާއިބެހޭ ގޮތުން ސަހަރުގެ މީހުންނާއި ސުވާލުކުރުމުން ދެންނެވީ އެމަހާނައިގައި ވަޅުލެވިފައިވާ މީހާއަކީ ކޮންމެ ރެއަކު މަސްތުވެގެންހުރެ ގެއަށްދާ މީހެއް ކަމަށެވެ. ގެއަށް ދިއުމުން އެކަން ނުކުރަން މަންމަ ނަޞޭޙަތް ދިނުމުން ބުނާނެއެވެ. "ޙިމާރުގެ އަޑު ނުލައްވާށެވެ!" 

އެބާކަލަކު ދުނިޔޭގައި އުޅުއްވީ ވަރަށް ކުރީ ޒަމާނުގައެވެ. މިއަދުގެ ޒުވާނުން ދެނީ ހަމައެޖަވާބު ނޫން ހެއްޔެވެ؟ އެމީހުންގެ މިނިވަންކަމާއި ނުބެހެން ނުބުނޭހެއްޔެވެ؟ އަނގަމަޑުންލައިގެން ތިބެން ނުބުނޭހެއްޔެވެ؟ މިބުނެވެނީ ހަމަ އެއްބަސްތަކެއް ނޫންހެއްޔެވެ؟ އޭނާ އެބުނީ އެޒަމާނުގެ ބަހުރުވައިންނެވެ. މިއަދު ބުނަނީ މިޒަމާނުގެ ބަހުރުވައިންނެވެ. ބުނެވެނީ އެއ ޒާތެއްގެ ބަސްތަކެކެވެ.  

ދެން މީސްތަކުން ހިތްދަތިކުރުވައި ތަކްލީފް ޖެއްސުވުމާއިބެހޭ ގޮތުން ބުނެލަން އޮތީ ޣީބަބުނުމާއި ނެތިމޮށުންވެސް އެއީ ހަަމ މީސްތަކުން ހިތްދަތިވާނެ ކަންކަމެވެ. ދަރަންޏަށް ފައިސާނަގައި އަނބުރައިދޭން ބުނި މުއްދަތު ހަމަވިއިރު ދެވޭނެ ތަނަވަސްކަން ހުރެ ނުދިނުމަކީވެސް މީސްތަކުންނަށް ތަކްލީފް ޖެއްސުވުމެވެ. 

މީސްތަކުންނޭވެ! އަހަރެމެންނަށް އޮތީ އެންމެހައި ފާފަތަކުން ސަލާމަތްވެ ތިބުމެވެ. މި 4 ކަންތައް ބަޔާންކުރައްވަވާފައި އެވަނީ އެކަންކަމުގެ ނުބައިކަން ބޮޑުކަމުންނެވެ. އަދި އެކަންކަމަކީ އެކަންކަން ކުރި މީހުން ހިތާމަކުރަންޖެހޭނެ ކަންކަން ކަމުގައިވާތީއެވެ. މަރުމަތީގައިއެކަންކަމުގެ އުނދަގޫފޯރާނެ ކަންކަން ކަމުގައިވާތީއެވެ. އަދި އެފަަދ ފާފަތައް ކުރާ މީހުންގެ ނިމުން ހިތާމަވެރިވާނެތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން