ސުލައިމާންގެފާނުގެ ސިޔަރަތު 61: އަނގޮޓިފުޅު ލިބިވަޑައިގަތުމާ ހުރިހާ ބާރުތަކެއް އަލުން ލިބިވަޑައިގަތުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ސުލައިމާންގެފާނުގެ ސިޔަރަތު 61: އަނގޮޓިފުޅު ލިބިވަޑައިގަތުމާ ހުރިހާ ބާރުތަކެއް އަލުން ލިބިވަޑައިގަތުން

ފަހެ صحرة ދެޔޯ سليمان عليه السلام ގެ އަނގޮޓިފުޅު ކަނޑަށް އެއްލާލި ވަގުތު އެކަނޑުގެ މަސްތަކުގެ ތެރެއިން މަހެއް އެއަނގޮޓިފުޅު ކާލައިފި އެވެ. މިއަނގޮޓިފުޅުގެ ސަބަބުން ކަނޑުގެ ހުރިހައި މަސްތަކުގެ ތެރެއިން އެމަހަށް خاصّ ކިޔަމަންތެރި ކަމެއް ދެއްވިއެވެ. 

ދެވަނަ ދުވަހު ހުރިހައި މަސްވެރިން ކަނޑުގެ އައްސޭރިއަށް ދިޔައިރު އެމީހުންނާއި އެކު سليمان ގެފާނުވެސް ވަޑައިގެންނެވި އެވެ. އެދުވަހު މަސްވެރިން ދިޔައީ صخرة ދެޔޯ سليمان ގެފާނުގެ އަނގޮޓިފުޅު އެއްލައިލި ކަނޑުގެ ކައިރި އަށެވެ. އަދި އެބައިމީހުން މަސް ހިފުމުގެ މަސައްކަތް ފަށައިގެންފި އެވެ. 

މަސް ހިފުމުގެ ތެރޭގައި (الله تعالى ގެ ކުޅަދުން ވަންތަ ކަމުން) އެ އަނގޮޓިފުޅު ކާލިމަސް އެމީހުންގެ ދަލުގައި ޖެހިއްޖެ އެވެ. ދެން އެދުވަހުގެ ހަވީރުވުމުން سليمان ގެ ފާނުގެ އުޖޫރައަށް އެމަހާއި އަދިއިތުރު ދެމަސް އެމީހުން ގެނެސްއެކަލޭގެފާނާއި ޙަވާލު ކޮށްފި އެވެ. ދެންފަހެ މިތިންމަހުގެ ތެރެއިން ދެމަސް ވިއްކާލައްވާފައި ދެންއޮތް މަސް އެކަލޭގެފާނުގެ އަނބިކަބަލުންނާއި ކަނޑުއްވަން حوال ކުރައްވައިފި އެވެ. އެކަމަނާ އެމަހުގެ ބަނޑު ފަޅާލެއްވުމާއި އެކު سليمان عليه السلام ގެ އަނގޮޓިފުޅު އެމަހުގެ ބަނޑު ތެރެއިން ފެނިވަޑައިގަންނަވައިފިއެވެ. އަދި އޭގެ ފުރިހަމަ އަލިން މުޅިގޭތެރެ އުޖާލާވެއްޖެ އެވެ. 

އެކަމަނާޔަށް ލިބިވަޑައިގެންނެވި حيران ކަމެއްގެ ބޮޑުކަމުން إختيار އަކާއި ނުލައި ހަޅޭފުޅު ލައްވައި ގަނެވިއްޖެ އެވެ. އެހިނދު سليمان ގެފާނަށް މިއީ އެކަލޭގެފާނުގެ އަނގޮޓިފުޅުކަން އެނގިވަޑައި ގެންފި އެވެ. އަދި އެއަނގޮޓިފުޅު އެކަލޭގެފާނުގެ އިނގިލިފުޅުގައި އަޅުއްވައިފި އެވެ. އެވަގުތު ދޫނި ސޫފާ ސޫތްޕާއި ދެޔޯއިންނާއި إنسان ން އަދި ހުރިހާ مخلوق ންނެއް އެކަލޭގެފާނުގެ އަރިހަށް حاضر ވެއްޖެ އެވެ. އަދި ދުނިޔެއަށް ޖެހޭވައި އެކަލޭގެ ފާނުގެ تخت އެކަލޭގެފާނުގެ އަރިހަށް ގެނެސްދީފި އެވެ. 

އެހިނދު سليمان ގެފާނު އެކަލޭގެފާނުގެ އަނބި ކަނބަލުންނަށް ވިދާޅުވި އެވެ. 

"އަހަރެންނަކީ سليمان بن داؤود އެވެ." 

މިހެން ވިދާޅުވެފައި އެކަލޭގެފާނުގެ حال ކޮޅު ފެށުނީއްސުރެން بيان ކޮށްދެއްވި އެވެ. އޭގެ ފަހުގައި ވަޔަށް حكم ކުރެއްވުމާއިއެކު އެކަލޭގެފާނާއިއެކު އެ تخت އެކަލޭގެފާނުގެ خاصّ ގަނޑުވަރަށް ގެންގޮސްފިއެވެ. ދެން އެކަލޭގެފާނުންގެ خادم ންނާއި އެންމެހައި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް جمع ވެއްޖެ އެވެ.

- އަދި ނުނިމޭ

މިއަދު އޮންލައިން