މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނު އަލްޚައްޠާބު رضي الله عنه ވިދާޅުވެފައިވެއެވެ.
"لَا حَظَّ فِي الإِسْلامِ لِمَنْ تَرَكَ الصَّلاة މާނައީ: "ނަމާދު އަޅާ މީހާއަށް އިސްލާމްކަމުގެ އެއްވެސް ހެވެއް ނުވެއެވެ".
ރަސޫލާ ﷺ ޙަދީޘް ކުރެއްވެވިއެވެ. "ގިޔާމަތްދުވަހުގައި އަޅާގެ ޢަމަލުތަކުން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ އޭނާގެ ނަމާދާއި ބެހޭ ގޮތުންނެވެ. އެކަން ރަގަޅުވެއްޖެނަމަ ކާމިޔާބުވެ ސަލާމަތްވީއެވެ. އެކަން ފަސާދަވެއްޖެނަމަ ގެއްލި ހަލާކުވީއެވެ".
"ހައްދަވާގެންގުޅުއްވާ އިލާހްއެވެ! އަޅަމެންނަކީ ނަމާދު އޭގެ ވަގުތުގައި ގާއިމްކުރާ ބައަކު ކަމުގައި ލައްވާފާންދޭވެ. އަދި އަޅަމެންގެ ދަރިފަސްކޮޅަކީވެސް އެފަދަ ބަޔަކު ކަމުގައި ލައްވާފާންދޭވެ. އާމީން"
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް