ރެޑްވޭވް ފިހާރަތަކުން ތުރުކީގެ މަޝްހޫރު ބެސްލަރ ޕާސްތާ ވަރަށް ހެޔޮއަގުގަ ވިއްކަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ރެޑްވޭވް ފިހާރަތަކުން ތުރުކީގެ މަޝްހޫރު ބެސްލަރ ޕާސްތާ ވަރަށް ހެޔޮއަގުގަ ވިއްކަން ފަށައިފި

ރެޑްވޭވް ފިހާރަތަކުން ތުރުކީގެ މަޝްހޫރު ބެސްލަރ ޕާސްތާ ވަރަށް ހެޔޮއަގުގަ ވިއްކަން ފަށައިފި އެވެ.

1960ވަނަ އަހަރު އުފެދިގެން އައި ބެސްލަރ ކުންފުންޏަކީ ތުރުކީގައި ފާހަގަކޮށްލެވޭ، ވަރަށް ވަރުގަދަ ކުންފުންޏެކެވެ. އެސޯސިއޭޝަން އޮފް ޕްރޮޓެކްޝަން އޮފް އޯލް ކޮންޒިއުމަރސްގެ "ގޯލްޑެން ބްރޭންޑް" އެވޯޑް އަދި ތުރުކީގެ ފުޑް އެންޑް އިންޑަސްޓްރީ އެމްޕްލޮޔަރސް ޔޫނިއަންގެ އެންމެ ކާމިޔާބު ކުންފުނީގެ އެވޯޑް ބެސްލަރއަށް ލިބިފައިވާކަމީ މިކަމުގެ ހެއްކެކެވެ. ބެސްލަރ ޕާސްތާ ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްދީފައިވަނީ ރެޑްވޭވް އިންނެވެ.

ބެސްލަރ ކުންފުނީގެ ދަށުން އެކި ބްރޭންޑްތައް އެފެދިގެން އައިއިރު، ބެސްލަރއަކީ މި ކުންފުނީގެ މައިގަނޑު ބްރޭންޑެވެ. މި ބްރޭންޑްގެ 5 ބާވަތެއްގެ ޕާސްތާ މިހާރު ރެޑްވޭވްއިން ލިބެންހުރި އިރު، 500ގްރާމް މިޕެކެޓް ރީޓެއިލްކޮށް ވިއްކަމުންދަނީ ހަމަ އެންމެ 11 ރުފިޔާއަށެވެ. އެގޮތުން 100% ވީޓްއިން އުފައްދާފައިވާ މި ޕާސްތާގެ އެލްބޯ، ފުސިލީ، ޕެންނޭ، ޝެލްސް އަދި ސްޕެގެޓީ ޕާސްތާ ލިބިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުންވެސް ބެސްލަރ ކުންފުނީގެ ބްރޭންޑެއް ކަމަށްވާ ސަންޓާ ސޯފިއާ ބްރޭންޑުގެ ޕާސްތާއިން ލަޒާނިއާ ޝީޓް އަދި ޓްރައިކަލާރ ޕާސްތާ އެހާމެ ހެޔޮއަގުގައި ރެޑްވޭވްއިން ލިބިވަޑައިގަންނަވާނެއެވެ.

ޕާސްތާއަކީ ބަތަށްވުރެ ގިނައިން ޕްރޮޓީންއާއި ފައިބާރ ލިއްބައިދޭ، ގިނަ ދިވެހިންނަށް ކަމުދާ އާންމުކޮށް ކެއުމުގައި އެކުލެވޭ އެއްޗަކަށްވެފައި މިވާ ދަނޑިވަޅުގައި، ރެޑްވޭވް މިތައާރަފްކޮށްދީފައިވަނީ ފެންވަރު ރަނގަޅު އަދި އެހާމެ އަގުހެޔޮ ބްރޭންޑެއްކަމުގައި އެކުންފުނިން މައުލޫމާތު ދެއެވެ. އެގޮތުން ޕާސްތާއަށް ލޯބިކުރައްވާ ފަރާތްތަކަށް ބެސްލަރ ބްރޭންޑަކީ ޔަގީނުންވެސް އެންމެ ރަނގަޅު އެއް ބްރޭންޑަށް ވެގެންދާނެކަމުގައި އެކުންފުނިން މައުލޫމާތު ދެއެވެ.

 

މިއަދު އޮންލައިން