އޭގެ ފަހުގައި صيدون ރަސްގެފާނު (عنكبود) ގެ ދަރިކަނބަލުން އެކަމަނާގެ ބައްޕާފުޅުގެ ސިފާއިގައި ބުދު ހައްދަވައިގެން އެބުދަށް އަޅުކަން ކުރައްވާތީ އެކުށަށް އެކަމަނާއާއި އެކަމަނާގެ ކަނީޒުންތައް قتل ކުރައްވައި މަސްތައް އަންދާ ލައްވައިފިއެވެ. އަދި شهر صيدون އާއި ހަނގުރާމަކުރައްވާ އެޝަހަރު ވީރާނާ ކޮށްލެއްވި ދުވަހު صحرة ދެޔޯ އެޝަހަރުން ޖާދޫގެ ފޮތްތަކެއް ގެނައިކަމަށް ވެއެވެ.
އޭނާ އެފޮތްތަކުގެ ބޭނުންކޮށްގެން سليمان ގެފާނުގެ ސިފަ ޖެހިގެން يمينة އަށް އޮޅުވާލައިގެން އޭނާގެ އަތުން خاتم سليمان އާދެ! سليمان ގެފާނުގެ އަނގޮޓިފުޅު އަތުލައިގަތީއެވެ. އަދި އޭނާ ސާޅީސް ދުވަސްވަންދެން سليمان ގެ ފާނުގެ تخت ގައި ވެރިކަން ކުރަން އިނެވެ. މިކަމުގެ ސަބަބުން مصيبة ގައި ސާޅީސް ދުވަސްވަންދެން އެކަލޭގެފާނަށް އުޅުއްވަން ޖެހިވަޑައިގަތެވެ. އޭގެ ފަހުގައި سليمانގެފާނު އެފޮތްތައް ވީއްދަވައި ކުދިކުދި ކުރެއްވުމަށްފަހު އުއްކަވާލެއްވީއެވެ.
ބުނެވެއެވެ. އޭގެން އެތިކޮޅެއް ހިންދުސްތާނަށް ފޯރިއެވެ. މިހެންވެ އެތަނުގެ އަހުލުވެރިން މިހާތަނަށްވެސް ޖާދޫހެދުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. އޭގެފަހުގައި صخرة ދެޔޯ ހޯއްދަވަން ފައްޓަވައިފި އެވެ. އެކަމަކު އޭނާގެ خبر އެއް ނުވިއެވެ.
- އަދި ނުނިމޭ