އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ- 5

ކިޔުމަށް ހޭދަވާނީ 48ސ
އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ- 5

ޢަލީ އިޙްޞާން ފިރާޤް

ދީންވެރި ތަޤްވާވެރި ދިރިއުޅުއްވުމެއް އުޅުއްވުމަށްފަހު އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ  އަވަހާރަވީ މުޢާވިޔަތުގެފާނުގެ ޚިލާފަތުގެ ދުވަސްވަރު ހިޖުރައިން ފަންސާސްވަނަ އަހަރުއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅުން ފަސްދޮޅަސްފަސް އަހަރުފުޅެވެ. 

އެކަމަނާ އަވަހާރަވީ ތަރިކައިގެ ގޮތުގައި އެއްލައްކަ ދިރުހަމު ދޫކުރައްވައިފައެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި އެކަމަނާއަށް ބޮޑުދައިތަ ކިޔާ ޔަހޫދީއަކަށް ދިނުމަށް އެކަމަނާ ވަނީ ވަޞިއްޔަތް ކުރައްވައިފައެވެ. ނަމަވެސް މީސްތަކުން އެބައި އޭނާއަށް ދޭން ދެކޮޅު ހެދިއެވެ. އެކަން ޢައިޝަތުގެފާނަށް އެނގިވަޑައިގެން ވިދާޅުވިއެވެ. [އޭ މީސްތަކުންނޭވެ. މާތްﷲ އަށް ބިރުވެތިވާށެވެ. ޞަފިއްޔާ އެދިވަޑައިގެންފައިވާ ގޮތުގެ މަތީން އެކަމަނާގެ ވަޞިއްޔަތް ފުރިހަމަ ކުރާށެވެ.] ދެން އެކަމަނާގެ ވަޞިއްޔަތް ފުރިހަމަ ކުރެވުނެވެ.

މާތްﷲ، އުއްމުލް މުއުމިނީން ޞޮފިއްޔާ ރަޟިޔަﷲ ޢަންހާ އަށް ރުއްސުންލައްވާށިއެވެ! އާމީން

- ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން