ހުކުރު ދުވަހުގައި ޤިޔާމަތުގެ ތާޅަފިލީގެ އަޑު އަތުވެދާނެކަމަށް ބިރުން ސަމާލުކަން ދީގެން ޖަނަވާރުތައް ތިބެއެވެ. އަޅުގަނޑުމެންނަށް ކުރެވެނީ ކޮންކަމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ހުކުރު ދުވަހުގައި ޤިޔާމަތުގެ ތާޅަފިލީގެ އަޑު އަތުވެދާނެކަމަށް ބިރުން ސަމާލުކަން ދީގެން ޖަނަވާރުތައް ތިބެއެވެ. އަޅުގަނޑުމެންނަށް ކުރެވެނީ ކޮންކަމެއް؟

ހުކުރު ދުވަހުގައި ޤިޔާމަތުގެ ތާޅަފިލީގެ އަޑު އަތުވެދާނެކަމަށް ބިރުން ސަމާލުކަން ދީގެން ޖަނަވާރުތައް ތިބެއެވެ  . ޤިޔާމަތާއިމެދު ޖަނަވާރުންގެ ހުންނަ ހޭވެރިކަންވެސް އަޅުގަނޑުމެންގެ ގިނަ އިންސާނުންގެ ނުހުރެއެވެ. 

ޤިޔާމަތް ދުވަހުން އެންމެންގެ ބަހަކަށްވާނީ ނަފްސީ ނަފްސީއެވެ. މިއުންމަތުގެ ނަބިއްޔާ ފިޔަވައެވެ. އެކަލޭގެފާނުގެ ޙަދީޘްކުރައްވާނީ އުންމަތީ އުންމަތީއެވެ.  ރަޙްމަތުގެ ނަބިއްޔާގެ މައްޗަށް ސަލަވާތް ކިޔުން ގިނަކުރާށެވެ!

ރަސޫލާ ﷺ ޙަދީޘް ކުރެއްވެވިއެވެ. "ހަމަކަށަވަރުން, ތިޔަބައިމީހުންގެ ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ދުވަހަކީ ހުކުރު ދުވަހެވެ. އެދުވަހުގައި ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ހަމަކަށަވަރުން, ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނަށް ހުށަހެޅޭނެއެވެ". 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން