ހެނދުނު ގެއިން ވުޟޫކޮށްގެން އިސްޓާކީނަށް އަރައިގެން ދިއުމުން އެދުވަހުކުރާ އެހެން ވުޟޫތަކުގަ އިސްޓާކީނުގަ ފެންފުހުމުން ފުދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ހެނދުނު ގެއިން ވުޟޫކޮށްގެން އިސްޓާކީނަށް އަރައިގެން ދިއުމުން އެދުވަހުކުރާ އެހެން ވުޟޫތަކުގަ އިސްޓާކީނުގަ ފެންފުހުމުން ފުދޭނެ!

އޮފީހަށްދާއިރު ފުރިހަމަ ވުޟޫއަކުން ވުޟޫކުރުމަށްފަހު އިސްޓާކީނަށް އަރައިގެން ދިއުމުން 24 ގަޑި އިރު ވަންދެން ވުޟޫ ކުރާއިރު އިސްޓާކީނުގައި ފެން ފުހުމުގެ ފުރުޞަތު ލިބޭނެއެވެ.

މާނައަކީ އޮފީހަށްދާއިރު ފުރިހަމަ ވުޟޫއަކުން ވުޟޫކުރުމަށްފަހު އިސްޓާކީނަށް އަރައިގެން ދިއުމުން 24 ގަޑި އިރު ވަންދެން ވުޟޫ ކުރާއިރު އިސްޓާކީނުގައި ފެން ފުހުން ހުއްދަވާނެއެވެ.

ޝަރުޠަކީ އިސްޓާކީނުން ތަނބިކަށި ނިވާވެފައި ހުރުމެވެ.

އެ 24 ގަޑިއިރުގެ ތެރޭގައި އިސްޓާކީނު ބާލައިފިނަމަ ދެން އިސްޓާކީނުގައި ފެން ފުހެވޭނީ އަނެއްކާވެސް ވުޟޫއެއްކުރުމަށްފަހު އިސްޓާކީނަށް އެރުމުންނެވެ.

--ޝައިޚް ޢަލީ ޒައިދު

 

މިއަދު އޮންލައިން