ފާފަކުރެވިދާނެތީ އަހަރެމެން އެންމެންވެސް ބިރުގަންނަމުއެވެ. ފާފަކުރެވިދާނެތީ ބިރުގަންނަފަދައިން ނުބައި އެކުވެރިންނާއިމެދު ބިރުގަންނަން ޖެހޭނެއެވެ. ނުބައި އެކުވެރިން ގެންގުޅެވޭނަމަ، އެމީހުންނާއިއެކުގަ އުޅެވޭނަމަ އެމީހުން ކުރާ ޒާތުގެ ކަންކަން ކުރެވުމާއި އެމީހުން ކުރާ ކަންކަމުގައި ބައިވެރިވެވުން އޮންނާނީ ދާދި ގާތުގައެވެ.
އަދި ކީއްހެއްޔެވެ؟ އެއީ ދިރިއުޅުމަށްވެސް ވަރަށް ނުބައި އަސަރުތައް ކުރާ ކަމެކެވެ. ޢާއިލީ ދިރިއުޅުން ބަރުބާދުވެގެންދާ ކަމެއްވެސްމެއެވެ. ވީމާ އެމީހާގެ މުޅި ދިރިއުޅުމަށްވެސް އެކަމުގެ އަސަރުކުރާނެއެވެ.
"ނުބައި މީހަކު ތިބާގެ އެކުވެރިއަކަށް ނުހަދާށެވެ. ތިބާގެ ކިބައިގައި ހުރި ހެޔޮކަން ދާދި އަވަހަށް ނެތި ހިނގައިދާނެއެވެ. އެފަދަ މީހަކާ އެކުވެރިކަން ބޭއްވުނަތީ ޤިޔާމަތް ދުވަހުން ހިތާމަކުރަން ޖެހިދާނެއެވެ."
--ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
މިބަސްފުޅާއިއެކު ޝައިޚް ޓްވީޓްކުރައްވާފައިވާ އާޔަތް- (ވީޑިއޯ):
<blockquote class="twitter-tweet"><p lang="dv" dir="rtl">ނުބައި މީހަކު ތިބާގެ އެކުވެރިއަކަށް ނުހަދާށެވެ. ތިބާގެ ކިބައިގައި ހުރި ހެޔޮކަން ދާދި އަވަހަށް ނެތި ހިނގައިދާނެއެވެ. އެފަދަ މީހަކާ އެކުވެރިކަން ބޭއްވުނަތީ ޤިޔާމަތް ދުވަހުން ހިތާމަކުރަން ޖެހިދާނެއެވެ. <a href="https://t.co/tyiEQzubpU">https://t.co/tyiEQzubpU</a></p>— Ali Zahir bin Saeed (@alizahirsaeed) <a href="https://twitter.com/alizahirsaeed/status/1173940879318343680?ref_src=twsrc%5Etfw">September 17, 2019</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>