ދިވެހިން އިސްލާމް ދީނުގައި ސާބިތުވެ ތިބުމަށް ކާބަފައިން ދެއްކި ސާބިތުކަން ދައްކަން ޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ދިވެހިން އިސްލާމް ދީނުގައި ސާބިތުވެ ތިބުމަށް ކާބަފައިން ދެއްކި ސާބިތުކަން ދައްކަން ޖެހޭ!

ރާއްޖޭގައި އިސްލާމް ދީނާއި ދެކޮޅަށް ގިނަ ކެންޕޭނުތަކެއް ކުރަމުން ގެންދާއިރު އަޅުގަނޑުމެންގެ ކާބަފައިން ފަދައިން އިސްލާމް ދީނުގައި ސާބިތުވެ ތިބުމަށް ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ. ކާބަފައިން ދެއްކި ނަމޫނާ ބަލައިގަންނަން ޖެހެއެވެ. ކާބަފައިން ކުރި ހިތްވަރު ކުރަންޖެހެއެވެ.

މިއަދު އެފަދަ އަމަލުތައް ކުރަމުން ގެންދަނީ ބޭރުގެ ޖަމާޢަތްތަކުން އެކަންޏެއް ނޫނެވެ. ސީދާ ދައުލަތުގެ ތެރެއިން ވެސް މިފަދަ އެތައް ކަމެއް ދަނީ ފެންނަމުންނެވެ.

ބަނގުރާ ބުއިމުން 27 ރުފިޔާ ދެއްކުމުން ފުދެއެވެ. މަސާޖްޕާލަރުގެ ނަމުގައި ހަށިވިއްކާ ތަންތަން ހިންގަމުން ގެންދާއިރު ސްކޫލްތަކުގެ ޔުނިފޯމަށް ގެނައި ބަދަލަކީ އިސްލާމް ދީން ހުއްދަކުރާ ބަދަލެއް ނޫނެވެ. މިފަދަ އެތައް ކަމެއްގެ ސަބަބުން އިސްލާމް ދީނުގެ ޙުކުމްތައް ރައްޔިތުންނަށް ދަނީ އޮޅެމުންނެވެ.

އެކަން ބަޔާން ކުރައްވައި ޝައިޚް އާދަމް ނިޝާން ވިދާޅުވެފައިވާ މިބަސްފުޅުތަކުގެ ހަނދާން ގިނަގިނައިން އަކުރަން ޖެހެއެވެ.

"ބައްލަވަ! ޕޯޗްގީޒުން ރާއްޖެ ހިފައިގެން ތިބި ދުވަސްވަރު (17 ވަރަކަށް އަހަރުވަންދެން) ރައްޔިތުން ކްރިސްޓިއަން ދީނަށް ވައްދުވަން ކިހައި މަސައްކަތެއް ކުރިތޯ؟ ކާމިޔާބެއް ނުވި ނޫންތޯ؟ މަޖުބޫރުކުރުމުން ވެސް ބަނގުރާ ނުބުއިމުން ގަދަކަމުން ކަރުބުޑަށް އުޅުނު ނޫންތޯ؟" ސުވާލަކުރައްވަމުން ޝައިޚް އާދަމް ނިޝާން ވިދާޅުވީ މިކަންކަމުން ދައްކުވައިދެނީ ދިވެހިންގެ ހިތުގައި އިސްލާމް ދީނަށް އޮތް ލޯބީގެ ބޮޑުކަމާ ސާބިތުކަން ކަމަށެވެ.

 

މިއަދު އޮންލައިން