އެ ނުބައިކަން ބޮޑު ސިޙުރުވެރިން ސުވަރުގެ ގެންދެވީ ކުރި އެންމެ ސަޖިދައަކުންނެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އެ ނުބައިކަން ބޮޑު ސިޙުރުވެރިން ސުވަރުގެ ގެންދެވީ ކުރި އެންމެ ސަޖިދައަކުންނެވެ!: މުފްތީ މެންކް

މީސްތަކުންނޭވެ! ވިސްނައިލާށެވެ! މޫސާގެފާނަށް ސިހުރުހަދަން ފިުއަޢުނު ގެނައި ސިޙުރުވެރިން ކުރީ އެންމެ ސަޖިދައެކެވެ. އިތުރު ސަޖިދައެއް ކުރުމުގެ ފުރުޞަތު ނުލިބި އެމީހުން ޞަލީބަށް އެރުވުނީއެވެ. ބައަކަށް ލިބޭނެ އެންމެ ބޮޑެތި އަނިޔާތަކުގައި ދުނިޔެ ދޫކުރީއެވެ. 

ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ﷲ ތަޢާލާ ވަނީ އެމީހުންނަށް ސުވަރުގެ ދެއްވަވައިފައެވެ. ކުރި އެންމެ ސަޖިދައަކާއި ގުޅިގެންނެވެ. ސުވާލަކީ އެސާބިތުކަންމަތީގައި އަހަރެމެންނަށް އެންމެ ސަޖިދައެއްވެސް ކުރެވިއްޖެއެވެ. އެ އިޚްލާޞްތެރިކަން އަހަރެމެންގެ ކިބައިގައި އެބަހުރިހެއްޔެވެ؟ 

އަހަރެމެންގެ ދިރިއުޅުމަށް މިވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ. ސަޖިދަކުރުން ގިނަކުރަންޖެހިފައެވެ. އެއްވެސް ފާފައެއް ނުކުރަން ނިޔަތް ގަނެގެން ހުންނަ މީހާއަށް ވެސް ަގުމައްޗަށް ނުކުމެވިއްޖެ މިދަނީ ބައިވަރު ފާފަތައް ކުރެވެމުންނެވެ. ދުނިޔޭގެ ކަންކަން ބަދަލުވެފައި މިވަނީ އަޅާ ކޮންމެ ފިޔަވަޅަކާއިއެކު އެތައް ބައިވަރު ފާފަތަކެއް ކުރެވޭނެ ގޮތަށެވެ. ވީއިރު ސަޖިދަކުރުން ގިނަ ނުކޮށް އާޚިރަތް ހޯދޭނީ ކިހިނަކުން ހެއްޔެވެ؟ 

" އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ." (ވައްޟުޙާ: 5) 

ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމުން ހަމަ އަހަރެމެންނަށްވެސް ދެއްވަވާނެތެވެ! ދުނިޔޭގައި އެކަން ނުފެނުނުނަމަ އާޚިރަތް ދުވަހުނަމަވެސް ދެއްވަވަވާނެތެވެ. ނަމަވެސް ލިބޭނީ އެކަމަށް އެދިގެން މަސައްކަތްކުރި މީހަކަށެވެ. 

މީސްތަކުންނޭވެ! މާޒީގައި ކުރެވިފައިވީ ކަންކަމަށް ނުވެސް ވިސްނާށެވެ. އެންމެ ސަޖިދައެއް ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ކުރަން މަސައްކަތްކުރާށެވެ! ތިބާއަށްވެސް ހަމަ ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން