އާސަންދަ އެމްޕެނަލް ކުރެވިފައި ނުވާ ނުވަތަ އާސަންދައިގެ ވިނަވި ޕޯޓަލް މެދުވެރިކޮށް ނޫންގޮތަކަށް ގެނެވޭ ރިކްއެސްޓްތަކާމެދު 2021 އޮގަސްޓް 26 ވީ ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރާނެގޮތް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.
އައ.ޖީ.އެމް.އެޗުން ބުނެފައިވަނީ އޯޕީޑީގައިވާ ކިއު ސިސްޓަމް އިން ޖީ.އޯ.ޕީ.ޑީ އަށް މެމޯ ހެއްދުމަށް ނަންބަރު ދޫކުރެވޭނީ ހުކުރުދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ކަމަށާއި ކިއު ނަންބަރު ޖެހުމުން މެއިން ކައުންޓަރުން ޖެނެރަލް އޯ.ޕީ.ޑީ އަށް ދެއްކުމަށް މެމޯ ދޫކުރެވޭނެ ކަމަށެވެ.
މީގެއިތުރުން އާސަންދަ އެމްޕަނަލް ކުރެވިފައި ނުވާ ނުވަތަ އާސަންދައިގެ ވިނަވި ޕޯޓަލް މެދުވެރިކޮށް ނޫންގޮތަކަށް ގެނެވޭ ރިކުއެސްޓްތައް ޖެނެރަލް އޯ.ޕީ.ޑީ އިން އައި.ޖީ.އެމް.އެޗްގެ ރިކުއެސްޓެއް ގޮތަށް ބަދަލުކުރެވި ސިސްޓަމަށް އަޕްލޯޑު ކުރެވޭނެ ކަމަށާއި ޓެސްޓު ހެދުމަށް ކަނޑައެޅިފައިވާ ޑިޕާޓްމަންޓަކުން ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ނުވަތަ މެމޯ (ލެބޯރަޓަރީގެ ހިދުމަތެއްނަމަ މެއިން ކައުންޓަރުން) ހެއްދުމަށް އައި.ޖީ.އެމް.އެޗުން ވަނީ ބުނެފައެވެ.